Advertisement

އަފްގާން މިސްކިތެއްގައި އަނެއްކާވެސް ބޮން ގޮއްވައި 41 މީހުން މަރުވެއްޖެ

16 އޮކްޓޯބަރު 2021 - 13:57 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ކަންދަހާރްގައި ހުންނަ ފާތެމިއޭ މިސްކިތަށް ދިން ހަމަލާގައި ލިބުނު ގެއްލުންތައް ބަލަނީ.


އަފްގާން މިސްކިތެއްގައި އަނެއްކާވެސް ބޮން ގޮއްވައި 41 މީހުން މަރުވެއްޖެ

16 އޮކްޓޯބަރު 2021 - 13:57 0

ކަންދަހާރް، އަފްގާނިސްތާން (އޮކްޓޯބަރު 15) - އަފްގާނިސްތާނުގެ ދެކުނުގައި އޮންނަ ކަންދަހާރް ސިޓީގައި އިއްޔެގެ ހުކުރު ނަމާދާ ދިމާކޮށް ޝިއައީ މިސްކިތަކަށް ދިން ހަމަލާއެއްގައި 41 މީހުން މަރުވެ، 70 މީހުންނަށް އަނިޔާވެއްޖެ އެވެ.

ފާތެމިއޭ މިސްކިތުގައި އެއްޗެއް ގޮވި ސަބަބު އަދި ސާފެއް ނުވެ އެވެ. ނަމަވެސް މިދިޔަ ހަފުތާގެ ހުކުރު ދުވަހު ވެސް އިސްލާމިކް ސްޓޭޓް (އައިއެސް) ޓެރިރަސްޓު ގްރޫޕުން އުތުރު ކުންދޫޒް ސިޓީގެ ޝިއައީ މިސްކިތަކަށް މިފަދަ ހަމަލާއެއް ދީފައި ވެ އެވެ.

އިއްޔެ ދިން ހަމަލާގެ ޒިންމާ ވެސް އުފުލީ އައިއެސް އިންނެވެ. ހަމަލާ ދިނީ އައިއެސްގެ މެމްބަރުން އަމިއްލަ އަށް މަރުވެގެންނެވެ.

ސިއްހީ އޮފިޝަލުންނާއި ކަންދަހާރް ޕްރޮވިންސްގެ އޮފިޝަލުން ބުނީ ގޮވުން ހިނގި މިސްކިތަށް 15 އެމްބިއުލާންސް ދާން ޖެހުނު ކަމަށެވެ. މިސްކިތުގެ ފޭސްބުކް އެކައުންޓުން ވަނީ ލޭ ހަދިޔާ ކުރާނެ މީހުންގެ އެހީ އަށް އެދިފަ އެވެ.

މަންޒަރު ދުށް މީހުން ބުނީ މިސްކިތުގައި ތިން ގޮވުމެއް ހިނގި ކަމަށެވެ. އެއީ މައި ދޮރާށި ކައިރީގައި ގޮވުމަކާއި ދެކުނު ސަރަހައްދުން އަދި ވުޟޫ ކުރަން ޖަމާވާ ސަރަހައްދުން ގޮވުންތަކެކެވެ.

ތާލިބާން ސަރުކާރުގެ އިންޓީރިއާ މިނިސްޓްރީގެ ތަރުޖަމާނު ގާރީ ސައީދު ހޮސްތީ ކުރި ޓްވީޓެއްގައި ބުނީ މި ހާދިސާއާ ގުޅިގެން ހިތާމަ ކުރާ ކަމަށާއި ތަހުގީގު ފަށާފައިވާ ކަމަށެވެ.

ހަރުކަށި ފިކުރުގެ އައިއެސް އިން މީގެ ކުރިން ވެސް ވަނީ ޝިއައީންނަށް އަމާޒުކޮށް ގިނަ ހަމަލާތަކެއް ދީފަ އެވެ. އަފްގާނިސްތާނުގެ މެޖޯރިޓީއަކީ ސުންނީ މުސްލިމުންނެވެ. މިދިޔަ ހަފުތާގެ ހަމަލާ އަށް ފަހު ތާލިބާނުން ވަނީ ޝިއައީންނަށް ރައްކާތެރިކަން ދޭނެ ކަމަށް ވައުދުވެފަ އެވެ.