Advertisement

އުރަމަތީގައި ގަނޑު ނުހުރެދާނެ، ކެންސަރުގެ އެހެން އަލާމާތްތައް

16 އޮކްޓޯބަރު 2021 - 08:40 0

އާމިނަތު އިބްރާހިމް

އާމިނަތު އިބްރާހިމް


އުރަމަތީގައި ގަނޑު ނުހުރެދާނެ، ކެންސަރުގެ އެހެން އަލާމާތްތައް

16 އޮކްޓޯބަރު 2021 - 08:40 0

އުރަމަތީގެ ކެންސަރު ހުރި މީހަކާ ދިމާ ނުވާތީ، ނުވަތަ އެފަދަ މީހަކު ނޭނގޭތީވެ އުރަމަތީގެ ދުޅަހެޔޮކަމާ މެދު ވިސްނަން ފަރުވާ ނުބެހެއްޓޭނަމަ އެކަން ރަނގަޅުކޮށްލަންވީ ވަގުތަކީ މިއެވެ. ސަބަބަކީ ހީވާ ވަރަށް ވުރެ އާބާދީގައި ކެންސަރު "ދިރިއުޅޭތީ" އެވެ. ހާއްސަކޮށް އުރަމައްޗަށް ޖެހޭ ކެންސަރު ނިސްބަތުން ގިނަވީމަ އެވެ.

އައިޖީއެމްއެޗުން 2019 ވަނަ އަހަރު އާންމުކުރި ތަފާސްހިސާބު ދައްކާ ގޮތުން، އެ އަހަރު، އެ ހޮސްޕިޓަލުގައި އުރަމަތީގެ 149 ސާޖަރީ ކުރިއެވެ. އޭގެ ތެރެއިން 58 ސާޖަރީ ކޮށްފައިވަނީ ކެންސަރު ހުރެގެން، އެކަމަށް ފަރުވާކުރުމުގެ ގޮތުންނެވެ. މިއީ ހަމައެކަނި އައިޖީއެމްއެޗްގެ ނަންބަރުތަކެވެ.

މާނަ އަކީ، ފަރުވާކުޑަކޮށްލާ ވަރަށްވުރެ ހާލަތު ގޯހެވެ.

އުރަމަތީގައި ގަނޑުލުމާއި ކެންސަރުގެ އެހެން އަލާމާތްތައް

ކެންސަރުގެ އަލާމާތް ހުރިތޯ ބަލަން ޗެކުކުރަން ހިތްވަރުދޭއިރު ބޮޑަށް ބާރުއެޅެނީ އުރަމައްޗާއި ކިހިލިފަތްދަށުގައި ގޮށް ނުވަތަ ގަނޑު ހުރިތޯ ގަވާއިދުން ބަލައި ހެދުމަށެވެ. ސަބަބަކީ ގިނަ ފަހަރަށް އުރަމަތީގެ ކެންސަރު ހުންނަ މީހުންގެ ފަރާތުން އާންމުކޮށް މި އަލާމާތް ފެންނާތީ އެވެ. އުރަމަތީގައި ގޮށް ނުވަތަ ގަނޑު ލާފައި ހުރުމަކީ، އުރަމަތީގެ ކެންސަރުގެ އެއް އަލާމާތެވެ. ހުރިހާ ކޭސް އެއްގައި ލަމްޕް ހުރުން ނުވަތަ އެގޮތަށް ފާހަގަކުރުން ލާޒިމެއް ނޫނެވެ.

އެހެންވީމަ، ކެންސަރުގެ އަލާމާތެއް ހުރިތޯ ބަލަން އުރަމަތި ޗެކު ކުރާއިރު، ލަމްޕް ގެ އިތުރަށް ބަލަންވީ ކަންކަން މި އާޓިކަލް ގައި ހިމަނާލާނަމެވެ. އެވެއާނަސް އޮކްޓޫބަރު ގައި ކޮންމެ އަހަރަކު މި ހަނދާނެއް ކޮށްދޭއިރު، އަމިއްލަ ރައްކާތެރިކަމާއި ދުޅަހެޔޮ ކަމަށްޓަކައި، ކުޑަ ވަގުތުކޮޅެއް ހުސްކޮށްލައިގެން މިފަދަ ކަމެއް ފާހަގަކުރެވެން ހުރިތޯ ބަލައިލާށެވެ.

- އުރަމަތީގެ ސައިޒާއި ބައްޓަމަށް ބަދަލެއް އައިސްފައި ހުރިތޯ ބެލުން

- އާންމުކޮށް އުރަމަތީގައި ހުންނަ ގޮށްތަކަށް ވުރެ ބޮޑުކޮށް ހަރުކޮށް ހުންނަ ގޮށެއް ނުވަތަ ތަންގަނޑެއް ހުރިތޯ ބެލުން

- ހަންގަނޑަށް ބަދަލެއް އައިސްފައި ނުވަތަ ޑިމްޕަލްއެއް ގޮތަށް ތަންކޮޅެއް ވަޅު ވަދެފައި ހުރިތޯ ބެލުން

- ކުލައަށް ބަދަލެއް އައިސްފައި ހުރިތޯ ބެލުން

- ރަތްވެފައި ނުވަތަ ދުޅަވެފައި ހުރިތޯ ބެލުން. ނުވަތަ ފާރުވެފައި ހުރުން.

- ނިޕްލް އަށް ބަދަލެއް އައިސްފައި ހުރިތޯ ބެލުން

- އާދަޔާ ހިލާފަށް އުރަމަތިން ދިޔާ އެއްޗެއް އާދޭތޯ ބެލުން

- ކިހިލިފަތްދޮށާއި އެއްކޮށް އުރަމަތީގައި ތަދު ހަރުލާފައި ހުންނަތޯ ބެލުން

- ކިހިލިފަތްދޮށް ނުވަތަ އުރަރަމައްޗާ ދިމާލުން މަތި ދުޅަވެފައި ހުރިތޯ ބެލުން

އަލާމާތްތައް ހުރިތޯ ބަލަން އުރަމަތި ފާސްކުރާނީ ކިހިނެއް؟

ސްޓެޕް 1

ކެންސަރުގެ އަލާމާތެއް ހުރިތޯ ބަލަން އައިޖީއެމްއެޗް އިން ތައްޔާރުކޮށްފައިވާ ގްރެފިކް އިމޭޖް އެއް


ކެންސަރުގެ އަލާމާތެއް ހުރިތޯ ބަލަން އައިޖީއެމްއެޗް އިން ތައްޔާރުކޮށްފައިވާ ގްރެފިކް އިމޭޖް އެއް


ސްޓެޕް 2


ސްޓެޕް 3

ކެންސަރުގެ އަލާމާތެއް ހުރިތޯ ބަލަން އައިޖީއެމްއެޗް އިން ތައްޔާރުކޮށްފައިވާ ގްރެފިކް އިމޭޖް އެއް


މިގޮތަށް ޗެކުކުރުމަށްފަހު ކިރިޔާ ވެސް ޝައްކުކުރެވޭ ކަންތައްތަކެއް، ނުވަތަ ކަމެއް ފާހަގަކުރެވިއްޖެ ނަމަ ލަސްނުވެ ޑޮކްޓަރަކަށް ދައްކާލަންވާނެ އެވެ. ހާއްސަކޮށް އާއިލާގެ ތެރޭގައި ކެންސަރު ޖެހިފައިވާ މީހުން ތިބި ނަމަ ބޮޑަށް ސަމާލުވާން ވާނެ އެވެ. މަދުވެގެން މަހަކު އެއް ފަހަރު މިކަހަލަ އަލާމާތްތަކަށް ޗެކް ކޮށްލުމަކީ މުހިންމު ކަމެކެވެ.