Advertisement

އިތުރު ތަހުގީގަށް މަހުމޫދުގެ ހަށިގަނޑު މާލެއަށް

15 އޮކްޓޯބަރު 2021 - 08:42 0

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

މަހުމޫދުގެ ހަށިގަނޑު މާލެ ގެނެސް އައިޖީއެމްއެޗަށް ވައްދަނީ. -ފޮޓޯ: އަދަދު


އިތުރު ތަހުގީގަށް މަހުމޫދުގެ ހަށިގަނޑު މާލެއަށް

15 އޮކްޓޯބަރު 2021 - 08:42 0

މަރާލާ ވަޅަކަށް އެއްލާލާފައި އދ. ދަނގެތިން ފެނުނު އެ ރަށު މޮނަލާޒު, މަހުމޫދު އަބޫބަކުރުގެ ހަށިގަނޑު ޓެސްޓުތަކެއް ހެދުމަށް މާލެއަށް ގެނެސްފި އެވެ.

މަހުމޫދަކީ އެ ރަށުގައި ކެފޭއެއް ހިންގާ ވިޔަފާރިވެރިއެކެވެ. ރަށުން ތުހުމަތު ކުރާ ގޮތުގައި އޭނާ މަރާލާފައިވަނީ އއ. ތޮއްޑޫއަށް ނިސްބަތްވާ ދެ މީހުންނެވެ. ރައްޔިތުން ނުކުމެ އެ ދެ މީހުން ހޯދައި ފުލުހުންނާ ވަނީ ހަވާލުކޮށްފަ އެވެ.

އޭގެފަހުން އެމީހުން ތިބީ ފުލުހުންގެ ހިމާޔަތުގަ އެވެ. އެއަށްފަހު ރޭ ވަނީ އަންހެނަކުވެސް ފުލުހުންގެ ހިމާޔަތަށް އެދިފަ އެވެ. އޭނާ އަކީވެސް ތޮއްޑޫއަށް ނިސްބަތްވާ މީހެކެވެ.

ނަމަވެސް, މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ. މަހުމޫދު މަރާލި މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންގެ ފޮރެންސިކް ޓީމެއް ވެސް ވަނީ ހަވީރު ގޮސްފަ އެވެ.

އާއިލާއިން ވަނީ މި ނޫހަށް އެކަން ކަށަވަރު ކޮށްދީފަ އެވެ. އާއިލާއިން ބުނީ މަހުމޫދުގެ ހަށިގަނޑު އައިޖީއެމްއެޗަށް ގެނެސް ޓެސްޓުތައް ހަދަމުންދާ ކަމަށާއި އެއަށްފަހު އަނބުރާ ދަނގެއްޗަށް ހަށިގަނޑު ގެންދާނެ ކަމަށެވެ.

"އަދަދު"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މަހުމޫދުގެ ހަށިގަނޑު އައިޖީއެމްއެޗަށް ގެނައީ ސީޓީ ސްކޭން ހެދުމަށެވެ.

އޭނާ ވަޅުލުމަށް ހަމަޖެހިފައި ވަނީ ދަނގެތީގައި ކަމަށް ވެސް އާއިލާއިން ބުންޏެވެ.

މިހާރު ފުލުހުންގެ ފޮރެންސިކް ޓީމެއް އެ ރަށުގައި އަންނަނީ ހަރަކާތްތެރިވަމުންނެވެ.

މަހުމޫދުގެ ހަށިގަނޑު ފެނުނީ އިއްޔެ ހެނދުނުން ފެށިގެން ހޯދަމުން ދަނިކޮށް މަރާލުމަށްފަހު ބޮލަށާއި ދެފަޔަށް ސުތުލި ގޯންޏެއް އެރުވުމަށްފަހު ވަޅަކަށް އެއްލާލާފައި އޮއްވާ ހަވީރު އެވެ.