Advertisement

ތުލުސްދޫ ކުނި ކޮށީގައި ރޯވެ އަނދަނީ

14 އޮކްޓޯބަރު 2021 - 20:26 1

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

ކ ތުލުސްދޫ


ތުލުސްދޫ ކުނި ކޮށީގައި ރޯވެ އަނދަނީ

14 އޮކްޓޯބަރު 2021 - 20:26 1

ކ. ތުލުސްދޫ ކުނިކޮށީގައި މިއަދު ހަވީރު ރޯވި އަލިފާން ކޮންޓްރޯލް ނުވުމުން، އެމްއެންޑީއެފްގެ އެހީތެރިކަމަށް އެދިއްޖެ އެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ވެފައެއް ނުވެ އެވެ.

އާންމުން ދިރިއުޅޭ ސަރަހައްދާ ކައިރީގައި އޮންނާތީ ތުލުސްދޫ ކުނި ކޮށީގައި އަލިފާން ޖެހުމަކީ މަނާ ކަމެކެވެ.

ތުލުސްދޫ ކައުންސިލްގެ ރައީސް އަސްލަމް މޫސާ "އަދަދު"އަށް ވިދާޅުވީ ވިދާޅުވީ، ހަވީރު އަލިފާން ރޯވުމުން ބާލިދީގައި ފެން ޖަހައިގެން އިރުއޮއްސުނުއިރު އަލިފާން ނިއްވާލެވުނު ކަމަށެވެ.

މި ދުވަސްވަރަކީ މޫސުން ގޯސް ދުވަސް ވަރަކަށްވުމުން ވައިގަދަވެ, އަނެއްކާވެސް މިރޭ 7:15 ހާއިރު އަލިފާން ރޯވެ ހުޅު ބޮޑުވާން ފެށީ ކަމަށާއި އެހެންވެ އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއުގެ އެހީތެރިކަމަށް އެދިފައިވާނެ ކަމަށް އަސްލަމް ވިދާޅުވި އެވެ.

އެމްއެންޑީއެފުން ބުނީ ތުލުސްދޫ ކުނި ކޮށީގައި އަލިފާން ރޯވެ އަނދަމުން ދާތީ އެ އަލިފާން ނިއްވުމަށް ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

އަސްލަމް އިތުރަށް ވިދާޅުވީ، ހަވީރު ކުނި ކޮށި ބަންދު ކުރި ފަހުން އަލިފާން ރޯވީ ބަޔަކު އެތަނުގައި އަލިފާން ޖެހުމުން ކަމަށް ބެލެވޭ ކަމަށެވެ.