Advertisement

100 ކިލޯގެ ޑްރަގާއެކު 10 މީހެއް ހައްޔަރުކޮށްފި

14 އޮކްޓޯބަރު 2021 - 12:51 0

ހުސެއިން އަރުބާން ފައްވާޒް

ހުސެއިން އަރުބާން ފައްވާޒް

ފުލުހުން އަތުލައިގަތް 100 ކިލޯގެ ހިރޯއިން - ފޮޓޯ: ފުލުހުން


100 ކިލޯގެ ޑްރަގާއެކު 10 މީހެއް ހައްޔަރުކޮށްފި

14 އޮކްޓޯބަރު 2021 - 12:51 0

ފުލުހުން ހިންގި ބޮޑު އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަނެ, 10 މީހަކު ހައްޔަރުކޮށްފި އެވެ.

ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވި ގޮތުގައި, މިދިޔަ 24 ގަޑިއިރު ތެރޭ ޑްރަގް އެންފޯސްމެންޓް ޑިޕާޓްމެންޓް، ޑްރަގް އިންޓެލިޖެންސް، މެރިން ޕޮލިސް އަދި ފޮރެންސިކްސް ގުޅިގެން ބޮޑު އޮޕަރޭޝަނެއް ހިންގި އެވެ.

އެ އޮޕަރޭޝަނުގައި 10 ތަނެއް ބަލާފާސްކޮށް 100 ކިލޯއާ ގާތްކުރާ އަދަދަކަށް ހެރޮއިން އަތުލައިގަނެފައިވާ ކަމަށް ހަމީދު ވިދާޅުވި އެވެ.

ހަމީދު ވިދާޅުވީ އެ އޮޕަރޭޝަން ގާތުން ބައްލަވަމުން ގެންދެވި ކަމަށާއި ބޮޑު އޮޕަރޭޝަނެއް ކާމިޔާބު ކުރެވުނީތީ ފުލުހުން ކުރި މަސައްކަތަށް ތަރުހީބު ދެއްވާ ކަމަށެވެ.

މި އޮޕަރޭޝަން ހިންގި ސަރަހައްދުތަކާއި، މީހުން ހައްޔަރުކުރީ ކޮން ތަނަކުން ކަމެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.