Advertisement

ފިލްމީ ތަރި މުއާޒް އަނެއްކާވެސް އެންސީއޭގެ އިސް މަގާމަކަށް

14 އޮކްޓޯބަރު 2021 - 12:38 0

އަހުމަދުﷲ އަބްދުލްހާދީ

އަހުމަދުﷲ އަބްދުލްހާދީ

މުއާޒް އަބްދުﷲ. ނެޝަނަލް ސެންޓާ ފޯ ދަ އާޓްސްގެ ސީނިއާ އެގްޒެކިޓިވް ޑިރެކްޓަރަކަށް އޭނާ އައްޔަނުކޮށްފައިވަނީ އޮކްޓޯބަރު 13، 2021ގައި. އޭގެ ކުރިން އޭނާ ވަނީ އެ ސެންޓަރުގެ ކޯޑިނޭޓަރެއްގެ ގޮތުގައި މަސައްކަތްކޮށްފަ.


ފިލްމީ ތަރި މުއާޒް އަނެއްކާވެސް އެންސީއޭގެ އިސް މަގާމަކަށް

14 އޮކްޓޯބަރު 2021 - 12:38 0

ފިލްމީ ތަރި އަބްދުﷲ މުއާޒް އަނެއްކާވެސް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓްރީގެ ދަށުން ހިންގާ ނެޝަނަލް ސެންޓާ ފޯ ދަ އާޓްސް (އެންސީއޭ)ގެ އިސް މަގާމަކަށް އައްޔަންކޮށްފި އެވެ.

ކުރީ ސަރުކާރުގައި ވެސް އެންސީއޭގެ ކޯޑިނޭޓަރު ކުރެއްވި މުއާޒް މިފަހަރު އައްޔަނުކޮށްފައިވަނީ އެ ސެންޓަރުގެ ސީނިއާ އެގްޒެކިޓިވް ޑިރެކްޓަރެއްގެ މަގާމަށެވެ.

ހެރިޓޭޖް މިނިސްޓްރީގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު އިސްމާއިލް ނާއިލް ވިދާޅުވި ގޮތުގައި މުއާޒް އެ މަގާމަށް އައްްޔަންކުރީ އިއްޔެގެ ވަގުތެއްގަ އެވެ.

އެންސީއޭގެ ސީނިއާ އެގްޒެކިޓިވް ޑިރެކަޓަރެއްގެ ގޮތުގައި މުއާޒްއަށް މަހެއްގެ މައްޗަށް ޖުމްލަ 25،000 ރުފިޔާ މުސާރައިގެ ގޮތުގައި ލިބޭނެ އެވެ. އޭގެ ތެރޭގައި ބޭސިކް މުސާރައިގެ ގޮތުގައި 15،000 އަދި ލިވިން އެލަވެންސްގެ ގޮތުގައި 10،000 ލިބޭއިރު، ފޯނު އެލަވެންސްގެ ގޮތުގައި 500 ރުފިޔަ ލިބޭނެ އެވެ.

މުއާޒްއަކީ ރާއްޖޭގެ ފިލްމް އިންޑަސްޓްރީގައި ފާހަގަކޮށްލެވޭ ފަރާތެކެވެ. އެކްޓަރެއްގެ ގޮތުގައި 2004 ވަނަ އަހަރުން ފެށިގެން ހަރަކާތްތެރިވުމަށްފަހު މުއާޒް ވަނީ ފަހުން ފިލްމް ޕްރޮޑިއުސަރެއްގެ ގޮތުގައި އަދި ޑިރެކްޓަރެއްގެ ގޮތުގައި ވެސް ހަރަކާތްތެރިވެފަ އެވެ. އޭނާ ވަނީ 2015 ވަނަ އަހަރު ދިން ހަވަނަ ގައުމީ ފިލްމް އެވޯޑްސްގައި އެންމެ މޮޅު ފިރިހެން ސަޕޯޓިން އެެކްޓަރުގެ އެވޯޑް ވެސް ކާމިޔާބު ކުރައްވާފަ އެވެ.

ފިލްމީ ދާއިރާގެ މަސައްކަތަށްފަހު އެންސީއޭގެ ކޯޑިނޭޓަރެއްގެ ގޮތުގައި މުއާ ފުރަތަމަ އައްޔަންކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ކުރީ ކޮޅުގަ އެވެ. އެ މަގާމުގައި ހުންނަވަނިކޮށް 2017 ވަނަ އަހަރު މުއާ ވަނީ މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރު ވެސް ކޮށްފަ އެވެ.

މުއާޒް ހައްޔަރުކޮށްފައިވަނީ އެ އަހަރުގެ ޖޫން 16 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ. އަދި ހައްޔަރުކުރި ތަނުން ހަތަރު ފުޅި ބަނގުރާ ވެސް ފެނުނު ކަމަށް ފުލުހުން ވަނީ އޭރު ބުނެފަ އެވެ.

އެ މައްސަލައިގައި ބަންދުގައި ހުރުމަށްފަހު މުއާ މިނިވަންވެފައިވަނީ ކަފާލާތުގެ ދަށުން އެ އަހަރުގެ ޖޫން މަސް ތެރޭގަ އެވެ. އޭގެ ފަހުން 2018 ވަނަ އަހަރު މުއާ ވަނީ އެންސީއޭގެ ކޯޑިނޭޓަރުގެ މަގާމުން ވަކިކޮށްފަ އެވެ.