Advertisement

ބަޖެޓު ނެތުމުން އެލްޖީއޭގެ ސަރަހައްދީ ޑެކްސްކުތައް އަންނަ އަހަރުވެސް ނުބެހެއްޓޭނެ

14 އޮކްޓޯބަރު 2021 - 13:30 1

ހުސެއިން އަރުބާން ފައްވާޒް

ހުސެއިން އަރުބާން ފައްވާޒް

އަފްޝަން އެލްޖީއޭގެ ބައްދަލުވުމެއްގައި: ބަޖެޓު ނެތުމުން އެލްޖީއޭގެ ސަރަހައްދީ ޑެކްސްކުތައް ބެހެއްޓުމުގެ މަސައްކަތް ވަނީ ފަސްކޮށްފައި - ފޮޓޯ: ދައުލަތުގެ މީޑީޔާ


ބަޖެޓު ނެތުމުން އެލްޖީއޭގެ ސަރަހައްދީ ޑެކްސްކުތައް އަންނަ އަހަރުވެސް ނުބެހެއްޓޭނެ

14 އޮކްޓޯބަރު 2021 - 13:30 1

ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ސަރަހައްދީ ޑެސްކުތައް ރާއްޖޭގެ އެކި ހިސާބުތަކުގައި ގާއިމްކޮށް، އެ އިދާރާގެ ހިންގުން ލާމަރުކަޒު ކުރުމުގެ މަސައްކަތް ބަޖެޓްގެ ދަތިކަމާއެކު އަންނަ އަހަރުވެސް ނުކުރެވޭނެ ކަމަށް އެ އިދާރާގެ ސީއީއޯ އަފްޝަން ލަތީފް ވިދާޅުވެއްޖެ އެވެ.

އަފްޝަން މި ނޫހާ ވާހަކަ ދައްކަވަމުން ވިދާޅުވީ އަންނަ އަހަރު ތެރޭ އެލްޖީއޭގެ ޑެސްކުތައް މަދުވެގެން ރާއްޖޭގެ ތިން ސަރަހައްދެއްގައި ގާއިމްކުރުމަށް މަސައްކަތް ކުރެއްވި ކަމަށެވެ. ނަމަވެސް އަންނަ އަހަރުގެ ބަޖެޓު ދާށިކޮށް އުޅޭތީ، އެ ވިސްނުން ދުރު ރާސްތާގެ ޕްލޭންގައި ހިމަނާފައިވާ ކަމަށް ވިދާޅުވި އެވެ.

އަދި އެލްޖީއޭގެ ސަރަހައްދީ ޑެސްކުތައް ގާއިމްކުރުމުގެ މަސައްކަތް 2022 ވަަނަ އަހަރުގެ ކުރިން ހާސިލުނުވާނެކަން އޭނާ ފާހަގަ ކުރެއްވި އެވެ.

އުންމީދަކީ އެލްޖީއޭގެ ސަރަހައްދީ ޑެސްކުތަކެއް ގާއިމް ކުރުން. އެއީ ދުރުރާސްތާގެ ވިސްނުމެއް. ބަޖެޓުގެ ދަތިކަން ހުރުމުން އަންނަ އަހަރުތެރޭ އެކަމެއް ނުވާނެ

މާލެ ސަރަހައްދު ތޮއްޖެހެމުންދާއިރު، މަޖުބޫރު ހިޖުރަ ކުރުމުގެ ހާސްކަން ނިމުމަކަށް ގެންނަން އެމްޑީޕީއިން ހުށަހެޅި އެންމެ ބޮޑު އެއް ވިސްނުމަކީ ދައުލަތުގެ ހިންގުން ލާމަރުކަޒު ކުރުމުގެ ވިސްނުމެވެ. ރަށުގައި ތިބެގެން ވަޒީފާ އަދާ ކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ދީގެން ދައުލަތުގެ މުއައްސަސާތައް ހިންގުމެވެ. ވުޒާރާތަކުގެ ސަރަހައްދީ ގޮފިތަކެއް ގާއިމް ކުރުމެވެ.

ލާމަރުކަޒީ ނިޒާމުގެ ދިރާސާގައި ފެށުނީއްސުރެން އުޅުއްވާ އަފްޝަން ގެންދެވީ ކައުންސިލްތަކުގެ ބެލެނިވެރި ފަރާތް ކަމަށްވާ އެލްޖީއޭގެ އިދާރީ ހިންގުން ލާމަރުކުރުމަށް ގިނަ މަަސައްކަތްތައްކެއް ކުރައްވަމުންނެވެ. މުވައްޒަފުންނާ މަޝްވަރާކޮށް، އެމީހުންގެ ހިޔާލު ވެސް ހޯދައްވާފައިވެ އެވެ.

އަފްޝަން ވިދާޅުވި ގޮތުގައި ބައެއް މީހުން މާލޭގައި ތިބިގެން މަސައްކަތް ކުރަން ބޭނުންވާއިރު، އަނެއްބައި މީހުން ބޭނުންވަނީ ރަށުގައި ތިބެގެން މަސައްކަތް ކުރެވޭނަމަ އެ ފުރުސަތުގެ ބޭނުން ހިފާށެވެ. އެއީ މާލޭގައި ދިރިއުޅުމަށް ކުރާ ހަރަދު އެތައް ގުނައަކަށް ބޮޑުވާތީ އެވެ. މާލެ ދޫކޮށް ރަށަށް ނުދާން ބައެއް މުވައްޒަފުން ބޭނުންވާ ސަބަބަކީ ރަށްޓެހިން ގެއްލި ފޫހިވެދާނެތީ ކަމަށް ފާހަގަ ކުރައްވަ އެވެ.

އަފްޝަން ވިދާޅުވީ ކޮވިޑްގެ ބަލިމަޑުކަމުގެ ހާލަތުގައި ގެއިން ނުވަތަ ކޮންމެ ތަނަކުން ވެސް ނުވަތަ ރަށުން މަސައްކަތް ކުރެވޭނެ މާހައުލެއް ގާއިމް ކުރުމުން އެއީ ކުރެވިދާނެ ކަމެއް ކަމުގައި ފެނުނު ކަމަށެވެ.

އޭނާ ގަބޫލު ކުރައްވާ ގޮތުގައި މާލެ ސަރަހައްދަށް ހިޖުރަ ކުރަން މަޖުބޫރުވުމުގެ ސަގާފަތުގެ ސަބަބުން މާލޭގެ އަމަންއަމާންކަމަށް އަސަރުކޮށް މާލޭ ރައްޔިތުންގެ ހައްގުތައް ގެއްލިގެންދެ އެވެ. އަދި މާލޭގެ އާބާދީއަށް ހެޔޮ ބަދަލުތަކެއް ގެނެވޭނެ އެންމެ ބޮޑު ވިސްނުމަކީ ސަރަހައްދީ ތަރައްގީގެ ވިސްނުމެވެ. އެއީ ރާއްޖޭގެ ބައެއް އެހެެން ސަރަހައްދުތައް ތަރައްގީ ކުރުމުން މާލެއަށް ލުޔުއް ލިބޭނެތީކަން އަފްޝަން ފާހަގަކުރެއްވި އެވެ.