Advertisement

ނޯބެލް އިނާމަކީ މުރަޓޯވް އަށް ލިބުނު އައްޑަނައެއް ނޫން: ޕޫޓިން

14 އޮކްޓޯބަރު 2021 - 05:43 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ނޮވަޔާ ގެޒެޓާ ނޫހުގެ އެޑިޓަރު ޑިމިޓްރީ މުރަޓޯވް


ނޯބެލް އިނާމަކީ މުރަޓޯވް އަށް ލިބުނު އައްޑަނައެއް ނޫން: ޕޫޓިން

14 އޮކްޓޯބަރު 2021 - 05:43 0

މޮސްކޯ، ރަޝިއާ (އޮކްޓޯބަރު 13) - ރަޝިއާގެ ނޫސްވެރިޔާ ޑިމިޓްރީ މުރަޓޯވް އަށް ލިބުނު ނޯބެލް ސުލްހައިގެ އިނާމަކީ ގާނޫނާ ހިލާފުވެއްޖެ ނަމަ "ބޭރުގެ އޭޖެންޓެއްގެ" ގޮތުގައި އޭނާ ލޭބަލް ކުރުމާ ދެކޮޅަށް ލިބުނު އައްޑަނައެއް ނޫން ކަމަށް އެ ގައުމުގެ ރައީސް ލެޑިމިއަ ޕޫޓިން ވިދާޅުވެއްޖެ އެވެ.

ނޮވަޔާ ގެޒެޓާ ނޫހުގެ އެޑިޓަރު މުރަޓޯވް އާއި ފިލިޕީންސްގެ ނޫސްވެރިޔާ މާރިއާ ރެސާ އަށް ނޯބެލް ސުލްހައިގެ އިނާމު ލިބުނީ ނޫސްވެރިކަމުގެ މިނިވަންކަމާއި ހިޔާލު ފާޅުކުމުގެ މިނިވަންކަމުގެ ދިފާއުގައި ތަހުގީގީ މަސައްކަތްތައް ކުރާތީ އެކަމުގެ އަގު ވަޒަން ކުރުމުގެ ގޮތުންނެވެ.

މުރަޓޯވް އަށް މި އެވޯޑް ލިބިފައި ވަނީ ރަޝިއާގެ ގިނަ ނޫސްވެރިންނާއި މީޑިއާތަކަކީ "ބޭރުގެ އޭޖެންޓުންގެ" ގޮތުގައި ލޭބަލް ކުރަމުންދާ ދަނޑިވަޅެއްގަ އެވެ.

ރަޝިއާގައި "ބޭރުގެ އޭޖެންޓެއްގެ" ގޮތުގައި ބެލެވިއްޖެ ނަމަ އެ ފަރާތްތަކުން ފަންޑު ހޯދާ ގޮތްތަކާއި، ކުރާ މަސައްކަތްތަކާއި، ސޯޝަލް މީޑިއާ އާއި އެ ނޫން ގޮތްގޮތަށް އާއްމު ކުރާ ކޮންޓެންޓް ކަމާ ބެހޭ އިދާރާތަކަށް ފޯރުކޮށްދޭން ޖެހެ އެވެ. އެހެން ނޫން ނަމަ ޖޫރިމަނާ ކުރާނެ އެވެ.

"އޭނާ ރަޝިއާގެ ގާނޫނާ ހިލާފު ނުވެ، ބޭރުގެ އޭޖެންޓެއް ކަމަށް ލޭބަލް ވާނެ ފުރުސަތު ނުދީފި ނަމަ، މަސައްކަތައިގެން ކުރިއަށް ދާންވީ،" މޮސްކޯގައި އޮތް ފޯރަމެއްގައި ޕޫޓިން ވިދާޅުވި އެވެ.

ނަމަވެސް ނޯބެލް އިނާމަކީ އައްޑަނައެއް ކަމަށް ހަދައިގެން ރަޝިއާގެ ގާނޫނުތަކާ ހިލާފުވެ، "ސަމާލުކަން ހޯދަން އުޅޭ ނަމަ" ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދެއްވި އެވެ.

ކުރީގެ ސޯވިއެޓް ޔޫނިއަން ވެއްޓި 1993 ގައި އުފެއްދި ނޮވަޔާ ގެޒެޓާ އަކީ މިހާރު ރަޝިއާގައި އޮތް މިނިވަން މަދު ނޫސްތަކުގެ ތެރެއިން އެއް ނޫހެވެ.

ފާޑުކިޔާ ފަރާތްތަކުން ބުނަނީ ސަރުކާރުން ނޫސްވެރިންނާ ދެކޮޅަށް ކެމްޕެއިން ހިންގާ ކަމަށާއި ބޭރުގެ އޭޖެންޓުންގެ ގޮތުގައި ލޭބަލް ކުރުމާ އެކު މަސައްކަތް ހުއްޓާލަން މަޖުބޫރު ކުރުވާ ކަމަށެވެ.

އެވޯޑް ލިބުމާއެކު ހުކުރު ދުވަހު މުރަޓޯވް ވިދާޅުވީ އޭގެ ސަބަބުން ރަޝިއާގެ ނޫސްވެރިކަމަށް ކުރާނެ އަސަރާ މެދު ވިސްނޭ ކަމަށެވެ. ހަމަ އެ ދުވަހު އިތުރު ނުވަ މީހުން ބޭރު އޭޖެންޓުންގެ ލިސްޓުގައި ޖަސްޓިސް މިނިސްޓްރީން ހިމެނި އެވެ.