Advertisement

ބަރަހަނާ ފޮޓޯތައް ލީކްކުރިކަމަށް ތުހުމަތުކުރާ މީހާ ޝަރީއަތް ނިމެންދެން ބަންދަށް

13 އޮކްޓޯބަރު 2021 - 13:02 0

ހުސެއިން އަރުބާން ފައްވާޒް

ހުސެއިން އަރުބާން ފައްވާޒް

ކުރިމިނަލް ކޯޓުގައި: ބަރަހަނާ ފޮޓޯ ލީކްކުރި މީހާ ޝަރީއަތް ނިމެންދެން ބަންދަށް: ފޮޓޯ: ހުސެއިން ޝަޔާހް/ އަދަދު


ބަރަހަނާ ފޮޓޯތައް ލީކްކުރިކަމަށް ތުހުމަތުކުރާ މީހާ ޝަރީއަތް ނިމެންދެން ބަންދަށް

13 އޮކްޓޯބަރު 2021 - 13:02 0

ސޯޝަލް މީޑިއާއަށް އެކި މީހުންގެ ބަރަހަނާތައް ފޮޓޯތައް އަޅައިގެން ގްރޫޕްތައް ހިންގި ކަމުގެ ތުހުމަތުވާ މީހާ ޝަރީއަތް ނިމެންދެން ބަންދުކޮށްފި އެވެ.

މި މައްސަލާގައި ދައުވާކޮށްފައިވާ މއ. އިސްޕަންޖުގެ، މުހައްމަދު މަސާއިދު ބިން ސަމީއުއަށެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މިދިޔަ މަހުގެ 18 ވަނަ ދުވަހެވެ.

އޭނާ މީގެކުރިން ހުރީ 15 ދުވަހުގެ ބަންދެއްގަ އެވެ.

މިއަދު ކުރިމިނަލް ކޯޓުގައި އޮތް މަސާއިދުގެ ބަންދު މަޖިލީހުގައި މައްސަލަ ބައްލަވާ ގާޒީ ނިންމަވާފައިވަނީ އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރުމަށެވެ.

ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓާ އަހްމަދު ޝަފީއު ވިދާޅުވި ގޮތުގައި މަސާއިދު ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވަނީ، ބަންދުން ދޫކޮށްލައިފިނަމަ، އޭނާގެ ފަރާތުން މުޖުތަމައުއަށް ނުރައްކަލެއް ކުރިމަތިވުމުގެ އިތުރުން، ހެއްކަށް ނުފޫޒު ފޯރުވުމުގެ އިހުތިމާލް އޮތީމަ އެވެ.

މަސާއިދުގެ މައްޗަށް އުފުލާފައިވާ ދައުވާތައް

  • އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގެ ތިން ދައުވާ
  • އޮރިޔާން ކާޑު ފެތުރުމުގެ ކުށުގެ ތިން ދައުވާ.
  • އެނގިހުރެ ހުއްދަނޫން ގޮތުގައި މައުލޫމާތު ހޯދުމުގެ ކުށުގެ ދައުވާ.
  • އެނގިހުރެ ހުއްދަނޫން ގޮތުގައި މައުލޫމާތު ހޯދަން އުޅުމުގެ ކުށުގެ ދައުވާ.
  • އަދުލުއިންސާފު ގާއިމުކުރުމަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާ
  • އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރުހިންގުމުގެ ކުށުގެ ދައުވާ
  • އެނގިހުރެ ހުއްދަނޫން ތަނަކަށް ވަނުމުގެ ކުށުގެ ދައުވާ.

ފުލުހުން ބުނެފައިވާ ގޮތުގައި އޭނާ ގެންގުޅުނު ހާޑްޑްރައިވަކުން މިލިއަނެއްހާ ފޮޓޯ ފެނިފައިވެ އެވެ. އޭނާގެ އަތުން ފުލުހުން ޖުމްލަ 10 ހާޑްޑްރައިވް ހޯދި އެވެ.

މިދިޔަ ބަންދު މުރާޖާގެ އަޑުއެހުމުގައިވެސް ދައުލަތުން އެދުނީ ޝަރީއަތް ނިމެންދެން އޭނާ ބަންދުކުރުމަށެވެ. އެހެންނަމަވެސް އެފަހަރު ގާޒީ ނިންމެވީ 15 ދުވަހަށް އޭނާ ބަންދުގައި ބަހައްޓާށެވެ.