Advertisement

ސިޓީ ކައުންސިލުން އިންތިޒާމު ކުރީ މެޗު ބަލަން، ޝޯ ބޭއްވުމާ ދެކޮޅު

13 އޮކްޓޯބަރު 2021 - 11:05 1

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

މާލޭ މޭޔަރު ޑރ. މުހައްމަދު މުއިއްޒު--- ފޮޓޯ: ހުސެން ޝަޔާހު/ އަދަދު


ސިޓީ ކައުންސިލުން އިންތިޒާމު ކުރީ މެޗު ބަލަން، ޝޯ ބޭއްވުމާ ދެކޮޅު

13 އޮކްޓޯބަރު 2021 - 11:05 1

މިހާރު ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕް މުބާރާތުގައި މިރޭ އިންޑިއާ އާއި ރާއްޖެ ބައްދަލުކުރާ މެޗުން މޮޅުވެ، ފައިނަލުން ޖާގަ ކަށަވަރުވެއްޖެނަމަ ފައިނަލް މެޗާ ހަމައަށް މާލޭގައި މިއުޒިކް ޝޯ ބޭއްވުމަށް ސިޓީ ކައުންސިލުން ތާއީދު ނުކުރާ ކަމަށް މާލޭ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ކުޅިވަރާބެހޭ މިނިސްޓަރު އަހުމަދު މަހްލޫފް ވިދާޅުވެފައިވަނީ މިއަދު ހަވީރުން ފެށިގެން ކާނިވަލުގަ މެޗު ބެލުން އަދި މިޔުޒިކް ޝޯ ގެންދަން ރޭވިފައިވާ ކަމަށެވެ.

އެގޮތުން، މިރޭ އިންޑިއާ އަތުން ރާއްޖެ މޮޅުވެއްޖެނަމަ، ފައިނަލް މެޗާ ހަމައަށް ކޮންމެ ރެޔަކު ޝޯ ބާއްވާގޮތަށް ހަމަޖެހިފައިވާ ކަމަށްވެސް އޭނާ ވަނީ އިއުލާނުކުރައްވައިފަ އެވެ.

އަދި މަހުލޫފް ވިދާޅުވި ގޮތުގައި، މިއުޒިކް ޝޯ ބާއްވާނީ އުރީދޫއާއި ސިޓީ ކައުންސިލާއި އެފްއޭއެމް ގުޅިގެން ކަމަށެވެ. އަދި އެއީ މެޗާ ގުޅިގެން ފޯރި ނަގައި، ގިނަ ބަޔަކަށް ބައިވެރިވުމުގެ ފުރުސަތު ދިނުމަށް ބާއްވާ ޝޯއެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ނަމަވެސް މަހްލޫފްގެ އެ ވާހަކަތައް ދޮގުކުރައްވައި، މުއިއްޒު ވިދާޅުވީ ސިޓީ ކައުންސިލުން އިންތިޒާމް ކޮށްދިނީ މެޗަށް ނުވަދެވޭ ފަރާތްތަކަށް އެއް ތަނެއްގައި ތިބެ މެޗު ބެލުމުގެ އިންތިޒާމް ކަމަށެވެ.

ނަމަވެސް، ސިޓީ ކައުންސިލުން އިންތިޒާމު ކުރާ މިއުޒިކް ޝޯއެއް ނޯންނާނެ ކަމަށްވެސް ވިދާޅުވި އެވެ.

މުއިއްޒު މިހެން ވިދާޅުވެފައިވަނީ މިޔުޒިކް ޝޯ ބޭއްވުމާ ދެކޮޅަށް އާންމުންގެ ގިނަ ބަޔަކު ހިތްހަމަ ނުޖެހުން ފާޅުކުރަމުން އަންނަ ދަނޑިވަޅެއްގަ އެވެ.

އެގޮތުން، އެއްބަޔަކު ބުނަމުން އަންނަނީ އެއީ ރައްޔިތުންގެ ފައިސާ އިސްރާފު ކުރުން ކަމަށެވެ.

އަދި މިވަގުތު މިއުޒިކް ޝޯ ބޭއްވުމަކީ އެހާ މުހިއްމު ކަމެއްތޯ ވެސް އަނެއް ބަޔަކު ގެންދަނީ ސުވާލު ކުރަމުންނެވެ.