Advertisement

އިޒްރޭލާއި އެމެރިކާ އަދި ޔޫއޭއީގެ ބޮޑު ބައްދަލުވުމެއް ބާއްވަނީ

13 އޮކްޓޯބަރު 2021 - 12:41 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އިޒްރޭލުގެ ފޮރިން މިނިސްޓަރު ޔެއާ ލަޕިދް އާއި އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސް ނެންސީ. -- ފޮޓޯ: އޭއެފްޕީ


އިޒްރޭލާއި އެމެރިކާ އަދި ޔޫއޭއީގެ ބޮޑު ބައްދަލުވުމެއް ބާއްވަނީ

13 އޮކްޓޯބަރު 2021 - 12:41 0

ވޮޝިންޓަން، އެމެރިކާ (އޮކްޓޯބަރު 13) - އިޒްރޭލާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަދި އެމެރިކާގެ އެންމެ އިސް ޑިޕްލޮމެޓުންގެ ބޮޑު ބައްދަލުވުމެއް ފަށަން ތައްޔާރުވެއްޖެ އެވެ.

ތިން ގައުމުގެ އޮފިޝަލުން ބައްދަލުކުރާ އިރު، އެމެރިކާގެ ރައީސް ޖޯ ބައިޑެން ބޭނުންވެވަޑައިގަންނަވަނީ ޔޫއޭއީ އާއި އިޒްރޭލުގެ ޑިޕްލޮމެޓިކް ގުޅުން އިތުރަށް ފުޅާ ކުރެވޭނެ ގޮތްތައް ހޯދުމަށެވެ.

ބުދަ ދުވަހު ފަށާ ބައްދަލުވުމުގެ އެންމެ ބޮޑު މައުޟޫއަކަށް ވާނީ އިރާނުގެ މައްސަލަ ކަމަށް ބެލެވެ އެވެ. މިދިޔަ އަހަރު އަބްރަހަމް އެކޯޑްސްގެ ދަށުން ޔޫއޭއީ އިން އިޒްރޭލާ އެކު ގުޅުން ގާއިމް ކުރި މައިގަނޑު އެއް ސަބަބަކީ ވެސް އިރާނުގެ މައްސަލަ ބޮޑުވަމުން ދިޔުމެވެ.

އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް އެންޓޮނީ ބްލިންކެން މިއަދު ބައްދަލުކުރައްވާނީ އިޒްރޭލުގެ ފޮރިން މިނިސްޓަރު ޔެއާ ލަޕިދް އާއި ޔޫއޭއީގެ ފޮރިން މިނިސްޓަރު ޝެއިހް އަބްދުﷲ ބިން ޒައިދު އަލް ނަހްޔާންއާ އެވެ.

ތިން ބޭފުޅުން އެކުގައި އަދި ވަކިވަކިން ސީދާ ބައްދަލުވުންތައް ބާއްވަން ތައްޔާރުވެފައި ވާއިރު، މިދިޔަ މަހު ވަނީ ވާޗުއަލްކޮށް މިފަދަ ބައްދަލުވުންތަކެއް ބާއްވާފަ އެވެ.

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އިސް ނެންގެވުމަށް ފެށި އަބްރަހަމް އެކޯޑްސްގެ ދަށުން ޔޫއޭއީގެ އިތުރުން، ބަހްރެއިން އަދި މޮރޮކޯ އިން ވެސް އިޒްރޭލާ އެކު ގުޅުން ގާއިމްކުރި އެވެ.

ޓްރަމްޕާއި ބައިޑެން ގިނަ ކަންކަމުގައި ހިޔާލު ތަފާތުވި ނަމަވެސް، އަބްރަހަމް އެކޯޑްސް އަކީ ބައިޑެން ތައުރީފް ކުރައްވާފައިވާ އެއްބަސްވުމެކެވެ.

ސްޓޭޓް ޑިޕާޓްމަންޓުގެ އިސް އޮފިޝަލަކު ވިދާޅުވީ އަބްރަހަމް އެކޯޑްސްގެ ސަބަބުން "ސުލްހަވެރި މެދުއިރު މައްޗެއް ގާއިމްކުރަން ފަސޭހަ ވާނެ" ކަމަށެވެ.

"މިއީ އިޒްރޭލާއި ފަލަސްތީނުގެ ދެ ދައުލަތް ގާއިމް ކުރުމުގެ ހައްލުގެ ބަދަލުގައި ގެނައި އެއްޗެއް ނޫން. އުއްމީދަކީ ގުޅުންތައް އިއާދަކޮށްގެން، އިޒްރޭލާއި ފަލަސްތީނުގެ މައްސަލައިގެ ހައްލަކާ ހަމައަށް ދިޔުމަށް ކުރިއެރުން ހޯދުން."

އަބްރަހަމް އެކޯޑްސްގައި ސެޕްޓެމްބަރު 15، 2020 ވަނަ ދުވަހު ސޮއިކުރެއްވީ ޓްރަމްޕާއި، އިޒްރޭލުގެ ކުރީގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި ބަހްރެއިންގެ ފޮރިން މިނިސްޓަރު އަބްދުލް ލަތީފް އަލް ޒަޔާނީ އަދި ޔޫއޭއީގެ ފޮރިން މިނިސްޓަރު ޝެއިހް އަބްދުﷲ އެވެ.