Advertisement

މިހާރުގެ އެވްރެޖުން ދައްކަނީ މި އަހަރު 1.2 މިލިއަން ޓޫރިސްޓުން އަންނާނެ ކަމަށް

12 އޮކްޓޯބަރު 2021 - 16:17 0

އުދުމާ މަހްމޫދް

އުދުމާ މަހްމޫދް

ރާއްޖެ އައި ފަތުރުވެރިންތަކެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ރިސޯޓުތަކަށް ދިއުމަށް ލޯންޗަށް އަރަނީ. -- ފޮޓޯ:ހުސައިން ޝަޔާހް/އަދަދު


މިހާރުގެ އެވްރެޖުން ދައްކަނީ މި އަހަރު 1.2 މިލިއަން ޓޫރިސްޓުން އަންނާނެ ކަމަށް

12 އޮކްޓޯބަރު 2021 - 16:17 0

މިހާރު ދުވާލެއްގެ މައްޗަށް ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ނިސްބަތަށް ބަލައި، މި އަހަރު ނިމޭއިރު 1.2 މިލިއަން ފަތުރުވެރިން އަންނާނެ ކަމަށް ބެލެވެ އެވެ.

ސަރުކާރުގެ މި އަހަރުގެ އަމާޒަކީ ރާއްޖެއަށް 1.1 މިލިއަން ފަތުރުވެރިން ގެނައުމެވެ.

ޓޫރިޒަމް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން، އޮކްޓޯބަރު 11 ވަނަ ދުވަހުގެ ނިޔަލަށް 915,303 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފަ އެވެ.

އެގޮތުން ބަލާއިރު، ދުވާލެއްގެ މައްޗަށް އެވްރެޖުކޮށް ރާއްޖެ އަންނަނީ 3,223 ފަތުރުވެރިންނެވެ.

މިހިނގާ އޮކްޓޯބަރު މަހަށް ބަލާއިރު، ފުރަތަމަ 11 ދުވަހު އެކަނިވެސް 44,441 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރާތްކޮށްފަ އެވެ.

މިދިޔަ މަހު 114,896 ފަތުރުވެރިން ރާއްޖެ އައިސްފައިވާ އިރު، އެ މަހު ދުވާލެއްގެ މައްޗަށް އެވްރެޖުކޮށް 3,830 ފަތުރުވެރިން ވަނީ ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފަ އެވެ.

އަހަރުގެ މިހާތަނަށް މަހެއްގެ ތެރޭގައި އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައި ވަނީ އޯގަސްޓު މަހު އެވެ. އެއީ 143,599 ފަތުރުވެރިންނެވެ. އެއީ ދުވާލެއްގެ މައްޗަށް 4,632 ޓޫރިސްޓުންނެވެ.

އަހަރު ފެށިގެން އައި އިރު އެއް މަހަށްވުރެ އަނެއް މަހު ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ދިޔައީ އިތުރުވަމުންނެވެ.

ނަމަވެސް، އަހަރުގެ މެދު ތެރޭގައި ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު މަދުވެގެން ދިޔަ ނަމަވެސް ޖުލައި މަހުން ފެށިގެން ފަތުރުވެރިން އަންނަ އަދަދު ވަނީ އަނެއްކާވެސް އިތުރުވާން ފަށައިފަ އެވެ.

އަހަރުގެ މިހާތަނަށް ރާއްޖެއަށް އައި ފަތުރުވެރިންގެ ތެރޭގައި އެންމެ ގިނައީ އިންޑިއާގެ ޓޫރިސްޓުންނެވެ.