Advertisement

ޕީސީއޯއެސް އަށް ޓެސްޓުކުރަންވީ ވަގުތު ދެނެގަންނާނީ ކިހިނެއް؟

11 އޮކްޓޯބަރު 2021 - 09:13 0

އާމިނަތު އިބްރާހިމް

އާމިނަތު އިބްރާހިމް


ޕީސީއޯއެސް އަށް ޓެސްޓުކުރަންވީ ވަގުތު ދެނެގަންނާނީ ކިހިނެއް؟

11 އޮކްޓޯބަރު 2021 - 09:13 0

އޯވަރީގައި ސިސްޓު އުފެދޭ ވާހަކަ، އާބާދީގައި މި މައްސަލަ ހުންނަ އަންހެނުންގެ ނިސްބަތާ ގާތަށް ވެސް އަދި ނުދެއްކެ އެވެ. މީގެ އެންމެ ބޮޑު ސަބަބަކީ އަންހެނުންގެ ސިއްހަތާއި، ދަރިމައިވުމުގެ ސިއްހަތާ ގުޅިފައިވާ ވާހަކަތައް ދައްކަން އަދިވެސް މީހުން ޖެހިލުންވުމެވެ. އެފަދަ ވާހަކަތައް ހިއްސާކުރަން ލަދު ގަތުމެވެ. އެކަމަކު މި ފަދަ މައްސަލަތަކުގައި ބަލީގެ ވޭންތަކާއި ދުރު މުޖުތަމައެއް ބިނާކުރެވޭނީ ހިއްސާކޮށްގެންނެވެ. ކިރިޔާ ވެސް ޝައްކު އުފެދޭ ޒާތުގެ އަލާމާތެއް ހަށިގަނޑުން ފެންނަ ނަމަ ނުވަތަ އެފަދަ އުނދަގުލެއް ވާނަމަ ލަސްނުކޮށް ޑޮކްޓަރަށް ދައްކައިގެންނެވެ.

ޕޮލިސިސްޓިކް އޯވޭރިއަން ސިންޑްރޯމް ނުވަތަ އޯވަރީގައި ސިސްޓު އުފެދުމަކީ އަންހެނުންގެ ސިއްހަތަށް ގިނައިން ދިމާވާ މައްސަލައެކެވެ. މިއީ، އަންހެންމީހާގެ ހަށިގަނޑުގައި އަންހެން ހޯމޯން އުފައްދާ މިންވަރު ދަށްވެ، ރަހިމުގައި އުފުލިފައި ހުންނަ މަސްގަނޑުތަކެއް ކަހަލަ ސިސްޓުތަކެއް އުފެދުމަށް މެދުވެރިވުމެވެ. އަދި ހޯމޯންސްއަށް އެ އަންނަ ބަދަލުގެ ސަބަބުން ސިސްޓު އުފެދިފައިވާ އޯވަރީއިން މާ ގިނައިން ޓެސްޓޮސްޓަރޯން ނުވަތަ ފިރިހެން ހޯމޯން އުފެދެން މެދުވެރިވުމެވެ.

ގިނަ ފަހަރަށް އޯވަރީގައި ސިސްޓު ހުރެ، އެކަން ނޭނގި ވެސް ހުރެދާނެ އެވެ. އެކަމަކު އާންމުކޮށް ހަށިގަނޑުގެ އެތެރޭގައި ގޯސްކޮށް ކަމެއް ހިނގާނަމަ ބޭރުފުށުން އެކަން ފާހަގަކުރެވޭނެ ކޮންމެވެސް ކަހަލަ އަލާމާތްތަކެއް ފެންނަން ހުންނާނެ އެވެ.

މި ހިމަނާލަނީ އޯވަރީގައި ސިސްޓު ހުންނަ މީހެއްގެ ހަށިގަނޑުން ފާހަގަކުރެވިދާނެ، މި ބައެއް ބަލީގެ އަލާމާތްތަކެވެ.

މި ކަންކަން ކިޔާލުމާއެކު ހަނދާނުގައި ބަހައްޓަންވީ ކަމަކީ، ކޮންމެ މީހެެއްގެ ހަށިގަނޑު ތަފާތުވާނެ ކަމެވެ. ސިއްހީ މައްސަލަ ތަކުގައި އެކި މީހުންގެ ހަށިގަނޑު ބައްޔަށް ރިއެކްޓު ކުރާ ގޮތާއި ފެންނަ އަލާމާތުތައް ވެސް ތަފާތުވާނެ އެވެ. އެހެންކަމުން، އެއްވެސް ކަމެއްގައި "ސެލްފް ޑައިގްނޯސް" ކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫނެވެ. ފައިނަލް ނިންމުމަކާ ހަމައަށް އަންނަން ވާނީ ޑޮކްޓަރަކާ ވާހަކަ ދައްކާލުމަށްފަހު އެވެ.

ޕީސީއޯއެސްގެ ބައެއް އަލާމާތްތައް

- ޕީރިއަޑް އިރެގިއުލާ ވުން (ޕީރިއަށް މަދުން ވުން، އެއްގޮތަކަށް ވެސް ނުވުން، ނުހުއްޓައި މަސް ދުވަސް ނުވަތަ އެއަށްވުރެ ގިނަ ދުވަހަށް ލޭ އައުން)

- ކަރުގެ ފަހަތާއި ކަރުދަށާއި ކިހިލިފައްޗާއި ތަންތަން އާދަޔާހިލާފަށް ކަޅުވެފައި ހުރުން

- މާބަނޑުވުމުގައި ދަތި ކުރިމަތިވުން ނުވަތަ ބައިގެން ދިއުން

- މޫނުގައި އޮށާޅަ ނެގުމާއި ހަށިގަނޑުގެ ބައެއް ގުނަވަންތަކުގައި އިސްތަށި ގިނަވުން

- މަތިމަހާއި ދަތްދޮޅި ފަދަ ގުނަވަންތަކުގައި އިސްތަށި ގިނަވުން

- އަވަސް އަވަހަށް މޫޑް ބަދަލުވުން

- ބައެއް ގަޑި ތަކުގައި، ހާއްސަކޮށް ނިދާ ވަގުތު ތަކުގައި ނޭވާލާން އުނދަގޫވެ ފިކުރު ބޮޑުވުން

ޕޮލިސިސްޓިކް އޯވޭރިއަން ސިންޑްރޯމްއަކީ ހިތުގެ ބައްޔާއި ހަކުރު ބައްޔަށް މަގުފަހި ކުރުވާ ކަމެއް ކަމެވެ. އެހެންކަމުން ގަވާއިދުން ކަސްރަތު ކުރުމަކީ މުހިއްމު ކަމެކެވެ. އޯވަރީގެ ސިސްޓު ހުރިކަމަށް ޝައްކުވާ ނަމަ ސްކޭނެއް ހަދާލުމުން ވެސް އެކަން ޔަގީން ވެދާނެ އެވެ.