Advertisement

އަރަބިއްޔާ އިމާރާތުގައި ރެނދު، ބެލެނެވެރިން ކަންބޮޑުވެފައި

14 އޮކްޓޯބަރު 2021 - 10:15 1

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

އަރަބިއްޔާ ސްކޫލުގެ މައި ތަނބެއްގައި ރެނދުލާފައި: އެޑިޔުކޭޝަނުން ބުނީ އެ ތަން މަރާމާތު ކުރުމަށް ބަޔަކު ހޯދަން ވަރަށް އަވަހަށް އިއުލާން ކުރެވޭނެ ކަމަށް-- ފޮޓޯ: ޒަމްޒަމްފާރިޝް/ ޓުވިޓާ


އަރަބިއްޔާ އިމާރާތުގައި ރެނދު، ބެލެނެވެރިން ކަންބޮޑުވެފައި

14 އޮކްޓޯބަރު 2021 - 10:15 1

އަރަބިއްޔާ ސުކޫލް ހިންގަމުން އަންނަ އިމާރާތް ބާވެ، ރެނދުލާފައިވާތީ ބެލެނިވެރިން އަނެއްކާވެސް ކަންބޮޑުވުން ފާޅުކޮށް ޝަކުވާކުރަން ފަށައިފި އެވެ.

އަރަބިއްޔާ ސުކޫލު ހިންގަމުން އަންނަ އިމާރާތުގެ ފުލް އިންސްޕެކްޝަނެއް ހަދާފައިވާ ކަމަށާއި އެ އިމާރާތުގެ މަރާމާތުގެ މަސައްކަތް ކުރަން ޖެހިފައިވާކަމަށް އިންސްޕެކްޝަނުން ފާހަގަވެފައިވާ ކަމަށް މި އަހަރުގެ ކުރީކޮޅު އެޑިއުކޭޝަން މިނިސްޓްރީން ވެސް ވަނީ ބުނެފަ އެވެ. ނަމަވެސް އެކަމަށް އަމަލީ މަސައްކަތެއް ފެށިފައެއް ނުވެ އެވެ.

އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ރިޔާޒް "އަދަދު" އަށް ވިދާޅުވީ މިނިސްޓްރީން މިހާރު އެ ތަނުގެ އެސެސްމެންޓުތައް ދެ ފަހަރެއްގެ މަތިން ހަދައިފައިވާ ކަމަށެވެ. އަދި ޕްލޭނިން މިނިސްޓްރީގެ އިންޖިނިއަރުން ލައްވާ ވެސް އެ ތަނުގެ އެސިސްމެންޓުތައް ހަދާފައިވާ ކަމަށް ވިދާޅުވި އެވެ.

ރިޔާޒް ވިދާޅުވީ އެ ތަން މަރާމާތު ކުރުމަށް ބަޔަކު ހޯދަން ވަރަށް އަވަހަށް އިއުލާން ކުރެވޭނެ ކަމަށެވެ.

އެކަމާ ގުޅިގެން ވާހަކަ ދައްކާލި އެ ސްކޫލުގެ ބައެެއް ބެލެނިވެރިން އަންނަނީ، ސްކޫލުގެ އިމާރާތުގެ ހާލަތާ މެދު ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުންނެވެ. ބެލެނިވެރިން ހިއްސާކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުން، އިމާރާތުގެ ފާރުތަކުގައި ވަރަށް ބޮޑަށް ރެނދުލައި، ވަނީ ވީރާނާވާން ފަށައިފަ އެވެ.

ސޯޝަލް މީިއާގައި ކަންބޮޑުވުން ފާޅުކުރި ބެލެނިވެރިޔަކު ބުނީ، އޭނާގެ ދެކުދިން އެ ސްކޫލުގައި ކިޔަވާ ކަމަށާއި، ސްކޫލުގެ ތަނބު ތަކުން ބައިބައި ވެއްޓެމުން އަންނަ އިރު، ނެއްޓިގެން އަންނަ ކޮންކްރީޓު ގަނޑެއްގެ ދަށުގެ ކުއްޖެއްގެ ފުރާނައަށް ނުރައްކާވުމުގެ ފުރުސަތު އޮތް ކަމަށެވެ.

އަރަބިއްޔާ ސްކޫލު އެންމެ ފުރަތަމަ ހިންގީ އީޕީއެސް ކުރިން ހުރި އިމާރާތުގަ އެވެ. އޭގެ ފަހުން މަޖީދީ މަގުގައި ޓާޓާ ފްލެޓުތައް އަޅާފައި ހުރި ތަނާއި މަންދު ކޮލެޖު ހިންގި އެމްއީއެސް އިމާރާތުގައި ވެސް އަރަބިއްޔާ ސްކޫލު ހިންގި އެވެ.

މިހާރު އެ ސްކޫލު ހިންގާ އާ އިމާރާތް އެއްކޮށް ނިމުމުން އެ ތަނަށް ބަދަލުވީ ޖެނުއަރީ، 2013 ގަ އެވެ.