Advertisement

އިންޑިއާ ވިސާ ހޯދުމުގައި އަވަސް ހައްލެއް ލިބޭނެ: ޝާހިދު

9 އޮކްޓޯބަރު 2021 - 20:36 0

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން


އިންޑިއާ ވިސާ ހޯދުމުގައި އަވަސް ހައްލެއް ލިބޭނެ: ޝާހިދު

9 އޮކްޓޯބަރު 2021 - 20:36 0

އިންޑިއާ ވިސާ ހޯދުމުގައި ދިވެހިންނަށް ހުރި ދަތިތަކަށް އަވަސް ހައްލެއް ލިބޭނެކަމުގެ ޔަގީންކަން ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ދެއްވައިފި އެވެ.

ޒަމާނުއްސުރެ އިންޑިއާއަށް ވިސާ ނެތި ދިވެހިންނަށް ދެވެ އެވެ. އެކަމަކު އޭރު ވެސް މެޑިކަލް ކަންކަމުގައި ވިސާ ނަގަން ޖެހެ އެވެ. އޭގެ ފަހުން މި ސަރުކާރު އައިސް 2019 ވަނަ އަހަރު އިންޑިއާއާ އެކު ހެދި އެއްބަސްވުމުގެ ދަށުން މެޑިކަލް ކަންކަމުގައި ވެސް ވިސާ ނެތި ދަތުރުކުރެވޭ ގޮތް ހަމަޖެހުނެވެ.

އެކަމަކު ކޮވިޑާ އެކު އިންޑިއާ ބަންދުކުރުމުން، ދިވެހިންނަށް ކުރިން ލިބެމުން އައި ވިސާ ހުއްޓުނީ އެވެ. އެހެންވިޔަސް މެޑިކަލް ކަންކަމުގައި ދިއުމަށް ވިސާ ދޫކުރެ އެވެ. އެ ވިސާ ހޯދަން ކޮންމެ ދުވަހަކު ގިނަ އަދަދެއްގެ ބަޔަކު ހުށަހަޅާތީ، އެ އަދަދަށް ވިސާ ޖަހައި ނުދެވި ވިސާ ކިއޫ ވަނީ ދިގުވެފަ އެވެ. އެކަމާ ބައެއް ދިވެހިން އަންނަނީ ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ.

މިނިސްޓަރު ޝާހިދު ވިދާޅުވީ، ދިވެހިންނަށް އިންޑިއާ ވިސާ ލިބުމުގައި ދަތިތަކެއް ހުރިކަން އެމަނިކުފާނުގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

އިންޑިއާގެ ބޯޑަރުތައް ބަންދުކުރިފަހުން އެގައުމުން ވިސާ ލިބުމުގައި ދަތިތަކެއް ހުރިކަން ފާހަގަކުރައްވައި މިނިސްޓަރު ޝާހިދު ވިދާޅުވީ، ދިވެހިންނަށް އިންޑިއާ ވިސާ ލިބޭނެ ފަސޭހަ އިންތިޒާމްތަކެއް ހަމަޖެއްސުމަށް އިންޑިއާ ސަރުކާރާއެކު މަޝްވަރާތައް ކުރިއަށްދާ ކަމަށާއި އަވަސް ހައްލެއް ލިބޭނެ ކަމަށެވެ.

މީގެ ދެ އަހަރު ކުރިން ހެދި އެ އެއްބަސްވުމުގެ ދަށުން ދިވެހިންނަށް ވިސާއަކާ ނުލާ އިންޑިއާއަށް ދަތުރުކުރުމަށް ފަހު 90 ދުވަހުގެ މުއްދަތަކަށް އިންޑިއާގައި މަޑުކުރެވޭނެ އެވެ.

ހައި ކޮމިޝަނުން މިހާރު އަމަލުކުރާ ގޮތަކީ އޮންލައިންކޮށް ވިސާ ފޯމް ހުށަހެޅުމުން، ވިސާ ޖެހުމަށް ހައި ކޮމިޝަނަށް އައުމަށް ވަކި ދުވަހަކާއި ގަޑިއެއް ކަނޑައަޅައި އެޕޮއިންޓްމަންޓް ދޫކުރަނީ އެވެ. އެކަމަކު ކޮންމެ ދުވަހަކު ވިސާ ޕްރޮސެސްކުރެވޭ އަދަދަށް ވުރެ އިތުރަށް ހުށަހަޅާތީ، ކޮންމެ ދުވަހަކު ވެސް އަނެއް ދުވަހަށް ބޮޑު ބެކްލޮގެއް އިތުރުވެ އެވެ. އޭގެ ސަބަބުން އެޕޮއިންޓްމަންޓް ލިބެން ނަގާ މުއްދަތު ދިގުވެ އެވެ.

ހައި ކޮމިޝަނަނުން ބުނެފައި ވަނީ އިމަޖެންސީކޮށް ދަތުރުކުރަން ޖެހޭ މީހުންނަށް ހާއްސަ އުސޫލެއްގެ ދަށުން އާޖެންޓް ވިސާ ޖައްސައިދެމުން އަންނަ ކަމަށެވެ.