Advertisement

ސްކުއިޑް ގޭމްގެ ތަރި ޖަންގް ހޯ-ޔޮން މަޝްހޫރުވެ، ލުއިވިތޯންގެ އެމްބެސެޑަރަކަށް

11 އޮކްޓޯބަރު 2021 - 08:36 0

އާމިނަތު އިބްރާހިމް

އާމިނަތު އިބްރާހިމް


ސްކުއިޑް ގޭމްގެ ތަރި ޖަންގް ހޯ-ޔޮން މަޝްހޫރުވެ، ލުއިވިތޯންގެ އެމްބެސެޑަރަކަށް

11 އޮކްޓޯބަރު 2021 - 08:36 0

"ސްކުއިޑް ގޭމް"ގެ ތަރި، ޖަންގް ހޯ-ޔޮން، ދުނިޔޭގެ އެންމެ އަގުބޮޑު އެއް ފެޝަން ބްރޭންޑް، ލުއިވިތޯންގެ ގްލޯބަލް އެމްބެސެޑަރަކަށް ހަމަޖައްސައިފި އެވެ.

ނެޓްފްލިކްސްގެ ބޮޑެތި ރިކޯޑުތަކެއް މުގުރަމުން އަންނަ ސްކުއިޑް ގޭމް ގައި ޖަންގް ކުޅުނީ، ސައި-ބިއޮކް ނުވަތަ "ޕްލޭޔާ 67" ގެ ރޯލެވެ. ޝޯ ގައި ވިނިން ޕްލޭޔާ އަށް ދޭ ފައިސާގެ ބިޔަ އިނާމު ނުލިބި އެންމެ ފަހު ވަގުތު ޖަންގް މަރުވެ އެވެ. ހުރިހާ ފައިސާ އެއް ހޯދަނީ، "ޕްލޭޔާ 218" ގެ ކެރެކްޓާ އިން ފެންނަ ޕަކް ހައި-ސޫ އެވެ.

ސްކުއިޑް ގޭމް ގެ މާސިންގާ ކާމިޔާބީއާ އެކު، ކާސްޓުގައި ހިމެނޭ ތަރިންނަށް ބޮޑު ސަމާލުކަމެއް ލިބެމުން އަންނަ އިރު، އެންމެ ގިނަ ބައެއްގެ ސަޕޯޓް ލިބިފައިވާ ކެރެކްޓާ އަކީ ވެސް ޖަންގް އެވެ. އޭނާގެ އިންސްޓަގްރާމް ފޮލޯވަރުންގެ އަދަދު ވަނީ، ސީރީޒް ރިލީޒް ކުރި ފަހުން 15.6 މިލިއަނަށްވުރެ މައްޗަށް އަރާފަ އެވެ.

ހަތާވީސް އަހަރުގެ ޖަންގް، ސްކުއިޑް ގޭމް އިން މުނިފޫހިފިލުވުމުގެ ދާއިރާ އަށް ނިކުރުމުގެ ކުރިން އުޅުނީ މޮޑެލް ކުރުމުގަ އެވެ. އޭނާ ވަނީ ލުއިވިތޯންގެ ސްޕްރިންގް-ސަމާ 2017 ވަނަ ޝީ ގައި ވެސް މޮޑެލް އެއްގެ ގޮތުގައި ރަންވޭ އަށް އަރާފަ އެވެ. އެހެންކަމުން ލުއިވިތޯން ފަދަ ވަރުގަދަ ބްރޭންޑަކާއެކު ފުރަތަމަ ފަހަރަށް ބްރޭންޑް އެމްބެސެޑަރެއްގެ ހައިސިއްޔަތުން ފެޝަންގެ ދުނިޔެއަށް ނިކުތުމުގެ ޗާންސު ލިބުމަކީ ލިބުނު ބޮޑު ޝަރަފެއް ކަމަށް ޖަންޖް ބުނެފައިވެ އެވެ.

ސްކުއިޑް ގޭމް ރިލީޒް ކުރި ތާރީހުން ފެށިގެން މިއަދާ ހަމައަށް، ޖަންގް ވެފައިވަނީ އިންސްޓަގްރާމްގައި އެންމެ ގިނަ މީހުން ފޮލޯކުރާ ކުރި ސައުތު ކޮރެއާ ގެ ތަރިއަށެވެ.