Advertisement

މެސީ ހިލޭ ކުޅެދޭނެ ކަމަށް ބާސެލޯނާ އިން އުއްމީދުކުރި

9 އޮކްޓޯބަރު 2021 - 07:42 1


މެސީ ހިލޭ ކުޅެދޭނެ ކަމަށް ބާސެލޯނާ އިން އުއްމީދުކުރި

9 އޮކްޓޯބަރު 2021 - 07:42 1

ބާސެލޯނާ (އޮކްޓޫބަރު 9) - މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ބާސެލޯނާ ދޫކޮށް ދިއުމުގެ ބަދަލުގައި އެ ޓީމަށް ހިލޭ ކުޅެދޭން ލިއޮނަލް މެސީ މަޑުކުރާނެ ކުމުގެ އުއްމީދެއް އޮތް ކަމަށް ބާސެލޯނާގެ ރައީސް ޔޮއާން ލަޕޯޓާ ވިދާޅުވެއްޖެ އެވެ.

ބާސެލޯނާގެ ރައީސް ލަޕޯޓާއާ އެކު މިދިޔަ މެއި މަހު ބޭއްވި ބައްދަލުވުންތަކަށް ފަހު މެސީ ބާސެލޯނާގައި އިތުރު ފަސް އަހަރަށް މަޑުކުރަން ނިންމީ 50 ޕަސެންޓް ކުޑަ މުސާރައެއް ލިބޭ ގޮތަށް ކްލަބްގެ މާލީ ހާލަތަށް ބެލުމަށް ފަހު އެވެ.

މެސީ ލައްވައި އާ ކޮންޓްރެކްޓެއްގައި ސޮއިކުރަން ބާސެލޯނާ އިން ބެލިއިރު، އެންމެ ބޮޑު މައްސަލަ އަކަށް ދިމާވީ ބާސެލޯނާގެ ހުރިހާ ކުުޅުންތެރިިންގެ ޖުމްލަ މުސާރަ އިންތިހާ އަށް ބޮޑުވެފައިވުމެވެ. ލަލީގާގެ މުސާރަ އޮނިގަނޑަށް ފައްތައިގެން މެސީ މަޑުކުރެވޭނެ އެއްވެސް ގޮތެއް ނެތިގެން ބާސެލޯނާ އަށް ޖެހުނީ އޭނާ ދޫކޮށްލާށެވެ.

ބާސެލޯނާގެ ރައީސް ލަޕޯޓާ އިއްޔެ ސްޕެއިނުގެ ރޭޑިއޯ އަކަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ މެސީ ވެސް ބާސެލޯނާގައި މަޑުކުރަން ބޭނުންވި ކަމަށެވެ.

އެކަަމަކު، ޕީއެސްޖީން މެސީ އަށް ލިބިފައި އޮތް ހުށަހެޅުމުގެ ޕްރެޝަރާއި ބާސެލޯނާ އިތުރު މާލީ އަދަވަޅަކަށް ވައްޓާލަން އެއްވެސް ފަރާތަކުން ބޭނުންނުވި ކަމަށް ލަޕޯޓާ ވިދާޅުވި އެވެ.

މިދިޔަ ސީޒަނުގެ ކޮޕަ ޑެލް ރޭ ފައިނަލަށް ފަހު ލަޕޯޓާ (ކ) އާއި މެސީ.


"އަހަރެން ހީކުރިން މެސީ ނިންމުން ބަދަލުކޮށް ބާސެލޯނާ އަށް ހިލޭ ކުޅެދޭން މަޑުކުރާނެ ކަމަށް. މެސީ ހިލޭ ކުޅެން ހުރި ނަމަ ލަލިގާގެ ވެސް މައްސަލައެއް ނޯންނާނެ. އެކަމަކު، އަހަރެން ބޭނުމެއް ނުވި މެސީ ފެންވަރުގެ ކުޅުންތެރިއަކު ގާތުގައި އެ ގޮތަށް ހަދަން ބުނަން،" ލަޕޯޓާ ވިދާޅުވި އެވެ.

ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހަ ފަހަރެއްގެ މަތިން ހޯދާފައިވާ މެސީ ޕީއެސްޖީ އަށް ބަދަލުވީ ތިން އަހަރުގެ ކޮންޓްރެކްޓެއްގަ އެވެ. މެސީ އަށް ޕީއެސްޖީން އަހަރަކު މުސާރައިގެ ގޮތުގައި 35 މިލިއަން ޑޮލަރު ލިބޭނެ އެވެ. ސޮއިކުރިއިރު ވެސް ބޯނަހެއްގެ ގޮތުގައި މެސީ އަށް 35 މިލިއަން ޑޮލަރު ދިނެވެ.

ޔޫރަޕްގެ ވަރުގަދަ އިންވެސްޓްމަންޓް ކުންފުނި ސީވީސީ ކެޕިޓަލް އިން ސްޕެނިޝް ލީގު (ލަލީގާ)ގެ 10 ޕަސެންޓް ހިއްސާ ތިން ބިލިއަން ޑޮލަރަށް ގަންނަން އެއްބަސްވި ޑީލަށް ބާސެލޯނާ އިން ތާއީދުކުރިނަމަ މެސީ ބާސެލޯނާގައި މަޑުކުރެވޭނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

އެ ޑީލްގައިވާ ގޮތުން ސްޕެނިޝް ލީގުގެ ހިއްސާ ވިއްކާލަނީ ކުރިއަށް އޮތް 50 އަހަރަށެވެ. ބާސެލޯނާ އާއި ރެއާލް މެޑްރިޑް އަދި އެތުލެޓިކް ބިލްބާއޯ އިން އެ ޑީލަށް ނޫނެކޭ ބުނީ ދުރު ވިސްނުމަކަށް ބަލާއިރު، އެއީ ސްޕެއިނުގެ ކްލަބްތަކަށް ގެއްލުން ލިބޭނެ ޑީލަކަށްވާތީ އެވެ.

ލަޕޯޓާ ވަނީ ބާސެލޯނާގެ ކޯޗު ރޮނާލްޑް ކޫމަންއާ އެކު ކުރިއަށްދާން ނިންމާ އެންމެ ބޮޑު ސަބަބަކީ މިހާރު އޮތް ބާސެލޯނާގެ ސްކޮޑުގައި ތިބި ޒުވާން ކުޅުންތެރިންނަށް އޭނާގެ ފުރިހަމަ އިތުބާރު އޮތުމުން ކަމަށެވެ.