Advertisement

ކޮވިޑާއެކު ޑިޖިޓަލް ރާއްޖެއަކަށް ކުރާ ދަތުރުވީ ހަލުވި: ވޯލްޑް ބޭންކް

7 އޮކްޓޯބަރު 2021 - 18:37 0

އުދުމާ މަހްމޫދް

އުދުމާ މަހްމޫދް

ރާއްޖޭގައި ބްރޯޑްބޭންޑް އަދި މޯބައިލް އިންޓަނެޓުގެ ހިދުމަތްދޭ އެންމެ ބޮޑު އެއް ކުންފުނި، އުރީދޫ މޯލްޑިވްސްގެ މައި އޮފީސް. -- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު


ކޮވިޑާއެކު ޑިޖިޓަލް ރާއްޖެއަކަށް ކުރާ ދަތުރުވީ ހަލުވި: ވޯލްޑް ބޭންކް

7 އޮކްޓޯބަރު 2021 - 18:37 0

ކޮވިޑުގެ ސަބަބުން، ރާއްޖެ ޑިޖިޓަލް ދުނިޔޭގައި ކުރިއެރުންތަކެއް ހޯދި ކަމަށް ވޯލްޑް ބޭންކުން ބުނެފި އެވެ.

ރާއްޖޭގެ ބްރޯޑްބޭންޑް އަދި މޮބައިލް އިންޓަނެޓުގެ ހިދުމަތް މިހާރު ވަނީ ވަރަށް ފުޅާވެފަ އެވެ. 2019 ވަނަ އަހަރު އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖޭގެ އާބާދީގެ 63 އިންސައްތަ މީހުން އިންޓަނެޓްގެ ހިދުމަތް ބޭނުންކުރެ އެވެ.

މިއީ ދެކުނު އޭޝިއާ، އަދި މި ސަރަހައްދުން ބޭރުން ވެސް ރާއްޖެ ފަދަ ގައުމުތަކަށް ވުރެ މަތީ އަދަދެއް ކަމަށް ވޯލްޑް ބޭންކުން ފާހަގަކުރެ އެވެ.

މީގެ ސަބަބުން ކޮވިޑް-19އާ އެކު ޑިޖިޓަލް ރާއްޖެއަކަށް ބަދަލުވަމުން އައި ބަދަލުވުމުގެ ދުވެލި ދިޔައީ އިތުރުވެގެން ކަމަށް ވޯލްޑް ބޭންކުން އެންމެ ފަހުން އާންމު ކުރި ސަރަހައްދީ އިގްތިސާދީ އަޕްޑޭޓް ރިޕޯޓުގައި ވަނީ ބުނެފަ އެވެ.

ވޯލްޑް ބޭންކުން ވަނީ ޑިޖިޓަލް ޓެކްނޮލޮޖީތަށް ބޭނުންކުރުމުގައި ގޮންޖެހުންތައް ފާހަގަކޮށްފަ އެވެ. އެގޮތުން ސިޔާސަތުތައް ބައްޓަންކޮށްފައި ހުރި ގޮތުން ކުރިމަތިވާ ގޮންޖެހުންތަކާ ގާނޫނީ ގޮތުން ހުރި ގޮންޖެހުންތަކަށް ހައްލު ހޯދަންޖެހޭ ކަމަށް ވަނީ ބުނެފަ އެވެ.

މީގެ އިތުރުން ޑިޖިޓަލް ދުނިޔެއަކަށް ބަދަލުވާއިރު ހުރިހާ ދިވެހިން ޓެކްނޮލޮޖީގެ އާ ވަސީލަތްތަކުގެ ބޭނުންކުރަން ޖެހޭ ކަމަށާއި މި ވަސީލަތްތަކުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފުމަށް ޑިޖިޓަލް ޓެކްނޮލޮޖީތައް ބޭނުންކުރުމުގައި ދިވެހިންގެ ގާބިލުކަމާއި ހުނަރު އިތުރުކުރަން ޖެހޭ ކަމަށް ވެސް ބުނެފައިވެ އެވެ.

ކޮވިޑް-19ގެ ސަބަބުން އައި ލޮކްޑައުންތަކާ އެކު ރާއްޖޭގައި އިންޓަނެޓް މެދުވެރުކޮށް ހިދުމަތްތައް ހޯދުން އިތުރުވެގެންދިޔަ އެވެ. އަދި ކަސްޓަމަރުންގެ ޑިމާންޑާ އެއްވަރަށް ހިދުމަތް ފޯރުކޮށްދޭ ކުންފުނިތަކުން ފޯރުކޮށްދޭ ހިދުމަތްތައް ދިޔައީ ފުޅާކުރުމުންނެވެ.