Advertisement

ނާޒިލް، އަސްލަމަށް ޖިންސީ ފުރައްސާރަކުރި ކަމަށް ބުނާ މައްސަލައެއް މަޖިލީހުގެ އިދާރާއަށް ހުށަހަޅައިފި

5 އޮކްޓޯބަރު 2021 - 20:56 0

އަހުމަދުﷲ އަބްދުލްހާދީ

އަހުމަދުﷲ އަބްދުލްހާދީ

މެމްބަރު ނާޒިލް (ވ) އަދި މެމްބަރު އަސްލަމް.


ނާޒިލް، އަސްލަމަށް ޖިންސީ ފުރައްސާރަކުރި ކަމަށް ބުނާ މައްސަލައެއް މަޖިލީހުގެ އިދާރާއަށް ހުށަހަޅައިފި

5 އޮކްޓޯބަރު 2021 - 20:56 0

ރައްޔިތުންގެ މަޖިލީހުގެ ހިތަަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް، ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމަށް މަޖިލީހުގެ އިދާރާގެ ތެރޭގައި ޖިންސީ ފުރައްސާރަކުރި ކަމަށް ބުނެ މައްސަލައެއް ހުށަހަޅައިފި އެވެ.

މި މައްސަލަ މިއަދުގެ ވަގުތެއްގައި ހުށަހަޅާފައިވަނީ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް (އަނދުން ހުސައިން) އެވެ. އެ ތިން މެމްބަރުންނަކީ ވެސް ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީގެ އިސް މެމްބަރުންނެވެ.

މިކަމާ ގުޅޭ ގޮތުން މެމްބަރު ހުސައިން ޝަހީމްގެ ބަހެއް ނުލިބެ އެވެ. ނަމަވެސް ހުސައިން ޝަހީމް އެ މައްސަލަ ހުށަހެޅުއްވިކަން އަސްލަމް ކަށަވަރުކޮށް ދެއްވި އެވެ.

މަންޒަރު ދުށް މެމްބަރަކު ވިދާޅުވި ގޮތުގައި އަސްލަމްއާ ދިމާއަށް ނާޒިލް ވަޑައިގަތީ ފިރިހެނުންގެ އައުރައަށްވާ ތަނަށް އިޝާރާތްކޮށް، "ވީޑިއޯ ކޮށްބަލާށޭ" ވިދާޅުވަމުންނެވެ. އަދި ވަޑައިގެން އަސްލަމްގެ ގައިގައި ޖެހޭ މިންވަރަށް ކައިރިވި ކަމަށް ވެސް އެ މެމްބަރު ވިދާޅުވި އެވެ.

"އެފަދަ ކަމެއް ހިނގި" ތަފްސީލް ނުދެއްވައި އަސްލަމް ވިދާޅުވި އެވެ.

މެމްބަރު ނާޒިލް ފޯނު ނުނަންގަވާތީ އޭނާގެ ބަހެއް ނުލިބެ އެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ހިތަދޫ ދެކުނު ދާއިރާގެ ރައީސް ކަމަށް ނާޒިލް ވާދަކުރައްވައި ނާކާމިޔާބުވެވަޑައިގެންފައި ވާއިރު، މަރުކަޒެއްގައި އޭނާ ވޯޓު ގުނަން ހުންނެވި ވީޑިއޯއެއް އެމްޑީޕީގެ އެތެރޭގެ ވަޓްސްއަޕް ގްރޫޕެއްގައި ޝެއާކޮށް، އެއީ ރަނގަޅު ކަމެއް ނޫން ކަމަށް ލިޔުއްވި ކަމަށް އަސްލަމް ވިދާޅުވި އެވެ.

"[ނާޒިލް ރުޅި އަންނަންޖެހޭ] އެ ނޫން ކަމެއް ހިނގާފައެއް ނެތް،" އަސްލަމް ވިދާޅުވި އެވެ.