Advertisement

ހެލްތު މުވައްޒަފުންގެ މުސާރަ މައްސަލަ ހައްލުކޮށްފި

4 އޮކްޓޯބަރު 2021 - 12:11 0

އުދުމާ މަހްމޫދް

އުދުމާ މަހްމޫދް

އައިޖީއެމްއެޗް ގައި މަސައްކަތްކުރާ މުވައްޒަފުން: މުސާރަ މައްސަލަ ދިމާވީ ރީޖަނަލް ހެލްތު ސާވިސްގައި މަސައްކަތްކުރާ މުވައްޒަފުންގެ. -- ފޮޓޯ:ހުސައިން ވަހީދު/އަދަދު


ހެލްތު މުވައްޒަފުންގެ މުސާރަ މައްސަލަ ހައްލުކޮށްފި

4 އޮކްޓޯބަރު 2021 - 12:11 0

އަތޮޅުތެރޭގައި ހުންނަ ސިއްހީ މަރުކަޒުތަކުގައި މަސައްކަތްކުރާ ބައެއް މުވައްޒަފުންނަށް ނިމުނު މަހުގެ މުސާރަ ޖަމާވުން ލަސްވި މައްސަލަ ހައްލުކޮށްފި ކަމަށް ފިނޭންސް މިނިސްޓްރީން މިއަދު ބުނެފި އެވެ.

މުސާރަ މައްސަލާގައި ފިނޭންސް އިން އިއްޔެ ބުނީ މުސާރަތައް ލަސްވީ ޕޭރޯލް ޝީޓު ނުލިބޭތީ ކަމަށެވެ. ހެލްތު މިނިސްޓްރީން ބުނި ގޮތުގައި މުސާރަ ޝީޓު ފޮނުވުން ލަސްވީ ބައެއް މުވައްޒަފުންގެ މައުލޫމާތުތައް އަދާހަމަ ކުރުމުގެ މަސައްކަތް ކުރިއަށް ދާތީ ކަމަށެވެ. ދެ މިނިސްޓްރީން ވެސް އިއްޔެ ބުނީ މިއަދުގެ ކުރިން މުސާރަ ޖަމާވާނެ ކަމަށެެވެ.

"ހުރިހާ މުވައްޒަފުންގެ މުސާރަތައް ރޭގެ ނިޔަލަށް ޖަމާކޮށް ނިންމާފައިވަނީ،" ފިނޭންސްގެ ކޮމިއުނޮކޭޝަންސް ޑިރެކްޓަރު ލަމާން ވަހީދު ވިދާޅުވި އެވެ.

މިދިޔަ މަހުގެ މުސާރަ ޖަމާކުރި އިރު ވެސް ސިއްހީ މަރުކަޒުތަކުގައި މަސައްކަތްކުރާ ބައެއް މުވައްޒަފުންގެ މުސާރަ ޖަމާވުން ލަސްވެ އެކަމުގެ ޝަކުވާ މުވައްޒަފުން ކުރި އެވެ. މިއީ ހެލްތު މިނިސްޓްރީގެ މުސާރައިގެ މައްސަލަތަކެއް ޖެހިޖެހިގެން ދިމާވި ދެވަނަ މަހެވެ. މިދިޔަ މަހު ދިމާވި މައްސަލައަކީ ބައެއް މުވައްޒަފުންނަށް ގިނައިން އަނެއް ބައި މުވައްޒަފުންނަށް މަދުން މުސާރަ ޖަމާވި މައްސަލައެކެވެ.

މިގޮތަށް ގިނައިން ޖަމާވި ފައިސާތަކުގެ ތެރެއިން ބޮޑު ބަޔެއް އަދިވެސް ނުލިބޭ ކަމަށް ފިނޭންސުން ފާހަގަކުރެ އެވެ. އެ މިނިސްޓްރީން ވަނީ އިތުރަށް ޖަމާވި ފައިސާ ރައްދު ނުކުރާ މުވައްޒަފުންގެ އަތުން އެ ފައިސާ ލިބެން ދެން، އެ މީހުންގެ މުސާރައިން އެ ބައި އުނިކުރުމަށް ނިންމާފަ އެވެ.