Advertisement

ޔާމީނަށް މަރުގެ އިންޒާރު ދިން މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި

4 އޮކްޓޯބަރު 2021 - 10:36 0

ހުސެއިން އަރުބާން ފައްވާޒް

ހުސެއިން އަރުބާން ފައްވާޒް

ކުރީގެ ރައީސް އަބްދުﷲ ޔާމީން: ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ނަމަވެސް މިވަގުތު ހުންނެވި ޖަލުގައި -- ފޮޓޯ: އަދަދު ފައިލް


ޔާމީނަށް މަރުގެ އިންޒާރު ދިން މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި

4 އޮކްޓޯބަރު 2021 - 10:36 0

ކުރީގެ ރައީސް އަބްދުﷲ ޔާމީންއަށް ސޯޝަލް މީޑިޔާގައި މަރުގެ އިންޒާރު ދިން މައްސަލައެއް ބެލުމަށް އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ފަރާތުން ފުލުހުންނަށް ހުށަހަޅައިފި އެވެ.

ޕީޕީއެމްގެ ސެކްރަޓަރީ ޖެނެރަލް މުހައްމަދު ތޮލާލް ވިދާޅުވީ ރައީސް ޔާމީނަށް ފޭސްބުކްގައި މަރުގެ އިންޒާރު ދިން މައްސަލައެއް ބަލައި، އެމަނިކުފާނަށް ފުރިހަމަ ރައްކާތެރިކަން ފޯރުކޮށްދިނުމަށް ފުލުހުންނަށް ސިޓީއަކުން އެދިފައިވާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ސިޓީގައި އެދިފައިވާނީ ޓެރަރިޒަމަށް ހިތްވަރު ލިބޭ ގޮތަށް ފޭސްބުކްގައި އަބްދުލް ހަމީދު ކިޔާ މީހަކު ލިޔެފައިވާ ލިޔުމުގެ މައްސަލަ ބަލައި ގާނޫނީ ފިޔަވަޅު އެޅުމަށް އަދި ރައީސް ޔާމީނަށް ހިމާޔަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް،" އޭނާ ވިދާޅުވި އެވެ.

އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ މައްސަލައިގައި ކަޅު ފައިސާ ދޮވުމުގެ ކުށް ސާބިތުވެ ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންދާ ނަމަވެސް ޔާމީން މިވަގުތު ހުންނެވީ ގެކޮޅުގައި ބަންދުކޮށްފަ އެވެ. "އަބްދުލް ހަމީދު" ގެ ނަމުގައި ފޭސްބުކްގައި ހުޅުވާފައި އިން އެކައުންޓަކުން ޔާމިނަށް ނިސްބަތްކޮށް ރޭ ކުރި ކޮމެންޓުގައި ބުނެފައި "ރައީސް ޔާމީނަކީ މަރަންޖެހޭ މީހެއް" ކަމަށެވެ.

ރައީސް ޔާމިނަށް ސޯޝަލް މީޑިޔާގައި މަރުގެ އިންޒާރު ދިން މައްސަލައެއް ބެލުމަށް ހުށަހަޅާފައިވާއިރު ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަން ގޮއްވާލާނެކަމަށް ބުނެ އިންޒާރުދިން ކަމަށް ބުނާ މީހެއްގެ މައްޗަށް ދައުލަތުން ވަނީ ދައުވާ ވެސް އުފުލައިފަ އެވެ.

ރައީސް ޔާމީންގެ މައްޗަށް ކުށް ސާބިތުވެފައި ވަނީ ނޮވެމްބަރު 8، 2019 ގަ އެވެ. އޭގެ އިތުރުން ވެސް އެމްއެމްޕީއާރްސީ ހިޔާނާތުގެ އިތުރު ފައިސާތަކެއް އަމިއްލަފުޅު އެކައުންޓަށް ޖަމާވި މައްސަލަތަކެއްގައި ދައުލަތުން އެމަނިކުފާނުގެ މައްޗަށް ވަނީ ދައުވާ އުފުލައިފަ އެވެ.