Advertisement

އިންތިހާބަކާ ނުލާ ނާޒިމް އެމްއެންޕީގެ ރައީސްކަމަށް، އުޝާމް އަދި ރިޔާޒް ނައިބު ރައީސުންނަށް

4 އޮކްޓޯބަރު 2021 - 09:29 0

އަހުމަދުﷲ އަބްދުލްހާދީ

އަހުމަދުﷲ އަބްދުލްހާދީ

އެމްއެންޕީގެ އިސް ލީޑަރުން.


އިންތިހާބަކާ ނުލާ ނާޒިމް އެމްއެންޕީގެ ރައީސްކަމަށް، އުޝާމް އަދި ރިޔާޒް ނައިބު ރައީސުންނަށް

4 އޮކްޓޯބަރު 2021 - 09:29 0

އަލަށް އުފެއްދި މޯލްޑިވްްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރައީސްކަމަށް ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް އިންތިހާބަކާ ނުލާ ހޮވިއްޖެ އެވެ.

ކާނަލް ނާޒިމް ޕާޓީގެ ރައީސްކަމަށް ހޮވުނީ އެ ޕާޓީގެ ވަގުތީ އެގްޒެކެޓިވް ކައުންސިލްގެ އިންތިހާބީ މަގާމުތަކަށް ކުރިމަތިލާން ހުޅުވާލި ފުރުސަތުގައި ޕާޓީގެ ރައީސްކަމަށް އިތުރު ބޭފުޅަކު ކުރިމަތިލައްވާފައިނުވާތީ އެވެ. ޕާޓީގެ ނައިބު ރައީސުންގެ ގޮތުގައި ވެސް ހަތަރު ބޭފުޅަކު ވަނީ ހޮވިފަ އެވެ.

ނައިބު ރައީސުން

  • ދެކުނު ދާއިރާ: އަހުމަދު ޝަރީފް
    • މެދު ދެކުނު ދާއިރާ: އަބްދުﷲ ރިޔާޒް
    • މެދު ދާއިރާ: އަހުމަދު އުޝާމް
    • އުތުރު ދާއިރާ: ހުސެއިން އިސްމާއިލް

    މަތި އުތުރު ދާއިރާއަށް ތިން ބޭފުޅުން އިންތިހާބަށް ކުރިމަތިލެއްވިއިރު، އޭގެ ތެރޭގައި ހިމެނެނީ ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް، މުހައްމަދު ސައީދު އަދި އަހުމަދު އަނޫޝް އެވެ. ކައުންސިލްގައި ނައިބު ރައީސް އަންހެނުންނަށް ހާއްސަ ޖާގައަށް ދެ ބޭފުޅަކު ކުރިމަތިލެއްވި އެވެ. އެބޭފުޅުންނަކީ މިރުފަތު އިސްމާއިލް ޝަފީގު އަދި އައިޝަތު ހުސެއިން މަނިކު އެވެ.

    ޕާޓީގެ އަންހެނުންގެ ފިޔައިގެ ލީޑަރުންގެ ގޮތުގައި ވެސް ތިން ބޭފުޅަކު ކުރިމަތިލައްވާފައިވާއިރު އޭގެ ތެރޭގައި ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ހިމެނެ އެވެ. ކައުންސިލް މެމްބަރުންނަށް 26 ފަރާތަކުން ވެސް ކުރިމަތިލެއްވިއިރު ކައުންސިލްގެ އަންހެން މެމްބަރުންނަށް 12 ފަރާތަކުން ވަނީ ކުރިމަތިލައްވާފަ އެވެ.

    އެމްއެންޕީ އުފައްދަން ބާއްވާ ޖަލްސާ އަންނަ ހުކުރު ދުވަހު ބާއްވަން ވަނީ ހަމަޖެހިފަ އެވެ.

    ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރެޖިސްޓާ ކުރަން ބޭނުންވާ 5،000 މެމްބަރުންގެ ސޮޔާއެކު އެމްއެންޕީ ރެޖިސްޓަރީކުރަން އިލެކްޝަންސް ކޮމިޝަނަސް ހުށަހެޅީ މިދިޔަ މަހުގެ 15 ވަނަ ދުވަހު އެވެ.

    ޕާޓީގެ ލީޑަރު ކާނަލް ނާޒިމް ވަނީ އެއީ ސިޔާސީ ޕާޓީއަކުން އެންމެ އަވަހަށް 5،000 މެމްބަރުން ހަމަކުރިކުރުންކަމަށް އޭރު ވިދާޅުވެފަ އެވެ.