Advertisement

ކްރިކެޓާ ބޯޑާ އެކު މައިލޯ އިން އަނެއްކާ ވެސް އެއްބަސްވުމަކަށް

3 އޮކްޓޯބަރު 2021 - 09:36 0

ކްރިކެޓް ބޯޑްގެ ރައީސް ފައިސަލް (ވ) އާއި ނެސްލޭގެ ފަރާތުން ރާއްޖޭގެ އެންމެ އިސް ފަރާތް ދިޝާން.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު


ކްރިކެޓާ ބޯޑާ އެކު މައިލޯ އިން އަނެއްކާ ވެސް އެއްބަސްވުމަކަށް

3 އޮކްޓޯބަރު 2021 - 09:36 0

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއޭއެމް) އާއި މައިލޯ އިން އަނެއްކާ ވެސް ކޮންޓްރެކްޓެއްގައި ސޮއިކޮށް، އެ ކުޅިވަރު ތަރައްގީ ކުރުމުގެ އާ މަސައްކަތްތަކެއް ފަށައިފި އެވެ.

ދާދި ފަހުން ބޭއްވި ކްރިކެޓް ބޯޑްގެ އާންމު ޖަލްސާގައި މެމްބަރު ކްލަބްތަކާ ވާހަކަ ދައްކަވަމުން އެ ކްރިކެޓް ބޯޑްގެ ރައީސް މުހައްމަދު ފައިސަލް ވަނީ 2030 ވަނަ އަހަރަށް ޓާގެޓްކޮށް ދުރުރާސްތާ ޕްލޭނެއް ހަދާނެ ކަމަށް އިއުލާނުކޮށްފަ އެވެ. އެ މަސައްކަތުގައި އެހީވާން އިއްޔެ ޕާޓްނަރުންނާ އެކު ސޮއިކުރިއިރު، މައިލޯއާ އެކު ވެސް ވަނީ އެގްރީމެންޓެއް ހަދައިފަ އެވެ.

ކްރިކެޓް ބޯޑްގެ ފަރާތުން ފައިސަލް އެއްބަސްވުމުގައި ސޮއިކުރެއްވިއިރު، މައިލޯގެ ފަރާތުން ސޮއިކުރެއްވީ ނެސްލޭގެ ފަރާތުން ރާއްޖޭގައި އިސްކޮށް ހުންނަވާ ދިޝާން ވިޖެޔަވަރުދަނާ އެވެ.

ކްރިކެޓް ބޯޑްގެ ރައީސް އިއްޔެ ޕާޓްނަރުންނާ އެކު އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފާހަގަކުރެއްވި އެއް ކަމަކީ މައިލޯ އަކީ ކްރިކެޓްގެ ކުރިއެރުމަށް މީގެ ކުރިން ވެސް ގިނަގުނަ މަސައްކަތްތަކެއް ކޮށްދެއްވި ޕާޓްނަރެއް ކަމަށެވެ. އަދި ދުރު ރާސްތާ ޕްލޭނެއްގެ ދަށުން މަސައްކަތްކުރާއިރު، މައިލޯ މިކަމުގައި ބައިވެރިވުމަކީ ލިބޭ ޔަގީންކަމެއް ކަމަށް ފައިސަލް ފާހަގަކުރެއްވި އެވެ.

ކްރިކެޓްގެ ގިނަ މުބާރާތްތަކެއް އާންމު ގޮތެއްގައި ބޭއްވިފައި ހުރީ ސްޕޮންސަރުންގެ ބޮޑެތި އެއްބާރުލުމާ އެކު އެވެ. އެ ގޮތުން ކުރިއަށް އޮތްތަނުގައި ކްރިކެޓުން ބާއްވާ އެކި ހަރަކާތްތަކުގައި މައިލޯގެ ބައިވެރިވުން ފެންނާނެ އެވެ.

ރާއްޖޭގެ ކުޅިވަރުތައް ކުރިއެރުވުމަށް ފަންޑް ދިނުމުގައި އަބަދުވެސް އެންމެ ކުރީ ސަފުގައި އޮންނަ މައިލޯ އިން މިހާރު އަންނަނީ އަލުން ކުޅިވަރު އެސޯސިއޭޝަންތަކާ ގުޅިގެން މަސައްކަތް ކުރަން ފަށަމުންނެވެ.

މައިލޯ އިން ވަނީ އިއްޔެ މިޑިއާ ޕާޓްނަރުންގެ ގޮތުގައި "އަދަދު" އާއި "ރާއްޖެ ޓީވީ" އާ އެކު ވެސް އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ.

މި ސަރުކާރު ފެށިގެން އައިއިރު ދުޅަހެޔޮ ހަށިހެޔޮ ސިޔާސަތުގެ ތެރެއިން އަމަލުކުރަމުން އައި އުސޫލުތައް އޮތްގޮތުން މައިލޯ އަށް ކުޅިވަރަށް އިންވެސްޓްކޮށް، އިޝްތިހާރުވުމުގައި ގޮންޖެހުންތައް ކުރިމަތިވި އެވެ. އެކަމަކު، ފަހަކަށް އައިސް މައިލޯ އިން އަންނަނީ އެކި ކުޅިވަރު އެސޯސިއޭޝަންތަކާއި އަމިއްލަ މީހުން ބާއްވާ ކުޅިވަރު މުބާރާްތްތަކަށް ވެސް ސްޕޮންސަ ދެމުންނެވެ.