Advertisement

ނެޓުހެޔޮ: އެއްބަސްވެވުނު ގޮތަށް އުރީދޫ އާއި ދިރާގުން މޮބައިލް ޑޭޓާ އަގުތައް ހެޔޮކޮށްފި

1 އޮކްޓޯބަރު 2021 - 15:11 3

އަމަން ހަލީމް

އަމަން ހަލީމް

ޓެލެކޮމިއުނިކޭޝަންސް ޓަވަރެއް. -- ފޮޓޯ: ހުސެއިން ޝަޔާހު


ނެޓުހެޔޮ: އެއްބަސްވެވުނު ގޮތަށް އުރީދޫ އާއި ދިރާގުން މޮބައިލް ޑޭޓާ އަގުތައް ހެޔޮކޮށްފި

1 އޮކްޓޯބަރު 2021 - 15:11 3

ސަރުކާރުގެ ނެޓުހެޔޮ ވައުދުގެ ތެރެއިން އިންޓަނެޓް ހިދުމަތްދޭ ކުންފުނިތަކާ އެކު އެއްބަސްވެވުނު ގޮތަށް، މިއަދުން ފެށިގެން މޯބައިލް ޑޭޓާ ޕްލޭންތަކަށް އެލަވަންސް އިތުރުކޮށްފި އެވެ.

މިގޮތުން އުރީދޫ އާއި ދިރާގުން ވެސް ވަނީ ޕްރީޕެއިޑް، ޕޯސްޓްޕެއިޑް އަދި މޮބައިލް ޑޭޓާ އެލަވަންސް ޕްލޭންތަކުގެ ޑޭޓާ އެލަވަންސް އިތުރުކޮށްފަ އެވެ. މި އިތުރުވުމުގެ ސަަބަބުން ޖީބީއަކަށް ޖެހޭ އަގު ވަނީ ތިރިކުރެވިފަ އެވެ.

އުރީދޫ: 38 ޕަސެންޓާ ހަމައަށް އަގު ދަށްކޮށްފި

އުރީދޫއިން ވަނީ ޑޭޓާ އަގުތައް ތިރިކުރަން ޕްރިޕެއިޑާއި، ޕޯސްޓްޕެއިޑާއި، ފަސޭހާ ހޯމް ބްރޯޑްބޭންޑު ޕްލޭންތަކަށް ޑޭޓާ އެލަވަންސް ބޮޑުކޮށްފަ އެވެ. މިގޮތުން:

  • ޕްރީޕެއިޑް

އުރީދޫގެ ޕްރީޕެއިޑް ޕްލޭންތަކަށް އައި ބަދަލާއެކު 60 ޕަސެންޓާ ހަމައަށް އިތުރު ޑޭޓާ އެލަވަންސް ލިބޭނެ އެވެ. އަދި މިހާރު 38 ޕަސެންޓާ ހަމައަށް ޕްރީޕެއިޑް ކަސްޓަމަރުންގެ ޑޭޓާގެ އަގު ދަށެވެ.

  • ޕޯސްޓްޕެއިޑް

އުރީދޫގެ ޕޯސްޓްޕެއިޑް ޕްލޭންތަކުގެ ޑޭޓާ އެލަވަންސްގެ ޑޭޓާ އިތުރުކުރީ 30 ޕަސެންޓެވެ. މި ބަދަލާއި ތައާރަފުކުރެވުނު އާ ޕްލޭންތަކާ އެކު ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް 29 ޕަސެންޓާ ހަމައަށް ޑޭޓާގެ އަގު ދަށެވެ.

މީގެ އިތުރުން އާ ޕްލޭންތަކުގައި ވައިބާ، ޓުވިޓާ، ވަޓްސްއެޕް، ފޭސްބުކް، އިންސްޓަގްރާމް އަދި ޓެލެގްރާމް ބޭނުންކުރަން ހާއްސަ ޑޭޓާ އެލަވަންސްއެއް ލިބިގެންދާނެ އެވެ. އަދި ނެޓުހެޔޮ ޕޯސްޓްޕެއިޑް 600 އާއި މަތީގެ ޕްލޭންތައް ގެންގުޅުއްވާ ކަސްޓަމަރުންނަށް ޑޭޓާ ރޯލްއޯވާގެ ޙިދުމަތް ލިބޭނެ އެވެ.

  • ފަސޭހަ ހޯމް ބްރޯޑްބޭންޑް

އުރީދޫގެ ފަސޭހަ ހޯމްބްރޯޑްބޭންޑް ކަސްޓަމަރުންނަށް 25 ޕަސެންޓު އިތުރު ޑޭޓާ އަދި އިތުރު ޑޭޓާ ލިބޭނެ އެވެ. މިހާރު މި ޕްލޭންތަކުގެ ޑޭޓާ އަގުތައް 20 ޕަސެންޓާ ހަމައަށް ދަށެވެ.

އޭގެ އިތުރުން މި އަހަރުގެ ނިޔަލަށް 80 ޕަސެންޓު ބޯނަސް ޑޭޓާ ލިބޭ ހާއްސަ އޮފާއެއް ވެސް ލިބޭނެ ކަމަށް ބުންޏެވެ. އަދި ޑޭޓާ ރޯލްއޯވާގެ ހިދުމަތް ވެސް ލިބެ އެވެ. އެކަމަކު ފަސޭހާ ޕްރިޕެއިޑް ކަސްޓަމަރުންނަށް މި ހިދުމަތް ލިބެނީ ޕެކޭޖުގެ ވެލިޑިޓީ ހަމަވުމުގެ ކުރިން އެކްޓިވޭޓް ކުރުމުންނެވެ.

ދިރާގު: 33 ޕަސެންޓާ ހަަމައަށް އަގުތައް ދަށް

ދިރާގުން ވެސް ވަނީ އެ ކުންފުނީގެ ޕްރީޕެއިޑް، ޕޯސްޓްޕެއިޑް އަދި އެލްޓީއީ ބްރޯޑްބޭންޑް ޕެކޭޖުތަކުގެ އަގު ކުޑަކޮށްފަ އެވެ. އެ ކުންފުނިން ބުނީ ގެނެވުނު ބަދަލުތަކުގެ ތެރެއިން ހުރިހާ ވައްތަރެއްގެ މޮބައިލް ޑޭޓާ ޕްލޭންތަކުގެ ޖީބީއަކަށް ޖެހޭ އަގު މިހާރު ކުޑަވާނެ ކަމަށެވެ.

  • ޕްރީޕެއިޑް

ދިރާގުގެ ޕޯސްޓްޕެއިޑް ޕެކޭޖްތަކުގެ ޑޭޓާ އެލަވަންސް ވަނީ 36 ޕަސެންޓާ ހަމައަށް އިތުރުކޮށްފަ އެވެ. މި ބަދަލުތަކާ އެކު މިހާރު ޑޭޓާގެ އަގު ވަނީ 33 ޕަސެންޓާ ހަމައަށް ދަށްވެފަ އެވެ.

  • ޕޯސްޓްޕެއިޑް

ދިރާގުގެ ޕޯސްޓްޕެއިޑް ޕްލޭންތަކުގެ ޑޭޓާ އެލަވަންސް ވަނީ 29 ޕަސެންޓާ ހަމައަށް އިތުރުކޮށްފަ އެވެ. މިހާރު ޕޯސްޓްޕެއިޑް ޕްލޭންތަކުގެ ޑޭޓާ އަގު ވަނީ 22 ޕަސެންޓާ ހަމައަށް ދަށްވެފަ އެވެ.

އޭގެ އިތުރުން ކަސްޓަމައިޒް ކުރެވޭ ޑޭޓާ ޕްލޭންތަކުގައި ކަސްޓަމަރުންނަށް ހާއްސަ އެޑްއޯންތަކެއް ވެސް ލިބޭނެ އެވެ.

  • އެލްޓީއީ ބްރޯޑްބޭންޑް

ދިރާގުގެ ވަގުތުން ގެއަށް އިންޓަނެޓް އެލްޓީއީ ބްރޯޑްބޭންޑް ޕެކޭޖްތަކުގެ ޑޭޓާ އެލަވަންސް ވަނީ މިހާރު 30 ޕަސެންޓާ ހަމައަށް އިތުރުކޮށްފަ އެވެ. އަދި ޑޭޓާ ސްޕީޑް ވަނީ 25 އެމްބީޕީއެސްއަށް މަތިކޮށްފަ އެވެ.