Advertisement

ފާޑުކިޔުންތަކާ ހެދި ކުޑަކުދިންގެ އިންސްޓަގްރާމް މަޑުޖައްސާލައިފި

28 ސެޕްޓެންބަރު 2021 - 13:33 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ކުޑަކުދިންނަށް ހާއްސަ އިންސްޓަގްރާމް ހަދަން އުޅޭތީ ބެލެނިވެރިން ކަންބޮޑުވޭ.


ފާޑުކިޔުންތަކާ ހެދި ކުޑަކުދިންގެ އިންސްޓަގްރާމް މަޑުޖައްސާލައިފި

28 ސެޕްޓެންބަރު 2021 - 13:33 0

ފޮޓޯ ޝެއާ ކުރަން ހާއްސަ އެޕް، އިންސްޓަގްރާމްގެ ކުޑަކުދިންގެ ވާޝަން އުފެއްދުން މަޑުޖައްސާލައިފި އެވެ.

އެގޮތަށް ނިންމާފައި ވަނީ އެ ޕްލެޓްފޯމުގެ ސަބަބުން ކުޑަކުދިންގެ ނަފްސާނީ ދުޅަހެޔޮކަމަށް އަސަރުކުރާނެ ކަމަށް ބުނެ، ފާޑުކިޔުން އަމާޒުވެފައި ވަނިކޮށެވެ.

އިންސްޓަގްރާމްގެ ކުޑަކުދިންގެ ވާޝަން އަމާޒު ކުރަނީ އުމުރުން 13 އަހަރުން ދަށުގެ ކުދިންނަށެވެ. ވޯލް ސްޓްރީޓް ޖާނަލްގައި ދާދި ފަހުން ޝާއިއު ކުރި ރިޕޯޓުތަކުން އެނގުނު ގޮތުގައި ފޭސްބުކްގެ އަމިއްލަ ރިސާޗުތަކުން ވެސް ވަނީ އިންސްޓަގްރާމުގެ ސަބަބުން ކުޑަ އަންހެން ކުދިންނަށް ކޮށްފާނެ ނޭދެވޭ އަސަރު ދެނެގަނެފަ އެވެ.

އިންސްޓަގްރާމްގެ ޗީފް އެޑަމް މޮސޭރީ ވިދާޅުވީ ބެލެނިވެރިންގެ ބެލުމުގެ ދަށުން ކުދިންނަށް ހާއްސަ އިންސްޓަގްރާމެއް ހަދަން އުޅޭ ޕްރޮޖެކްޓާ މެދު ނުރަނގަޅު މައުލޫމާތު ފެތުރެމުންދާ ކަމަށެވެ.

"އަޅުގަނޑުމެން ބޭނުން ވަނީ އިތުރު ވަގުތު ނަގައިގެން ބެލެނިވެރިންނާއި ދިރާސާ ކުރާ މީހުންނާއި ތަޖުރިބާކާރުންނާ ވާހަކަ ދައްކަން. އޭގެ ފަހުން ކުރިއަށް ދާނެ ގޮތަކާ މެދު ނިންމުމަކަށް އަންނާނަން،" އޭނާ ވިދާޅުވި އެވެ.

"އިންސްޓަގްރާމް ކިޑްސް"ގެ ގޮތުގައި މިހާރު ނުރަސްމީކޮށް މުހާތަބު ކުރަމުންދާ ޕްރޮޖެކްޓް މި އަހަރުގެ ކުރީކޮޅު އިއުލާނުކުރުމާ އެކު ވެސް ފާޑުކިޔުން އަމާޒުވި އެވެ.

ކުޑަކުދިންގެ އިންސްޓަގްރާމް ހެދުން މަޑުޖައްސާލަން ނިންމުމުން، ކުދިންގެ ހައްގުތަކަށް މަސައްކަތް ކުރާ ޖަމިއްޔާތަކުން ވަނީ އެކަމަށް މަރުހަބާ ކިޔާފަ އެވެ.

އިންސްޓަގްރާމުން ކުދިންނަށް ކުރާނެ އަސަރާ ގުޅޭ ގޮތުން ފޭސްބުކް އިން ހެދި ދިރާސާއާ ގުޅޭ ރިޕޯޓުތައް ވޯލް ސްޓްރީޓް ޖާނަލް ނޫހުގައި ގެނެސްދީފައިވާ ގޮތަށް އެ ކުންފުނިން ވަނީ ފާޑުކިޔާފަ އެވެ.

ފޭސްބުކް އިން ބުނީ ދިރާސާތަކުން ހޯދުނީ ހަމައެކަނި ނޭދެވޭ އަސަރު ނޫން ކަމަށާއި އިންސްޓަގްރާމުގެ ސަބަބުން ކުދިންނަށް ކުރާނެ "ޕޮޒިޓިވް" އަސަރުތައް ވެސް އެބަހުރި ކަމަށެވެ.