Advertisement

ޕީޕީއެމްގެ އިންތިހާބުތަކުގައި ވާދަނުކުރެވޭ ގޮތަށް ނަހުލާ ސަސްޕެންޑްކޮށްފި

27 ސެޕްޓެންބަރު 2021 - 15:11 0

ހުސެއިން އަރުބާން ފައްވާޒް

ހުސެއިން އަރުބާން ފައްވާޒް

ވިލިމާލެ ދާއިރާގެ ކައުންސިލަރު ނަހުލާ އަލީ.


ޕީޕީއެމްގެ އިންތިހާބުތަކުގައި ވާދަނުކުރެވޭ ގޮތަށް ނަހުލާ ސަސްޕެންޑްކޮށްފި

27 ސެޕްޓެންބަރު 2021 - 15:11 0

މާލޭ ސިޓީ ކައުންސިލްގެ ޕީޕީއެމް މެމްބަރު ނަހުލާ އަލީ އަށް ޕީޕީއެމްގެ އެތެރޭގެ އިންތިހާބުތަކުގައި ވާދަނުކުރެވޭ ގޮތަށާއި ޕީޕީއެމްގެ ޖަލްސާތަކުގައި ވާހަކަނުދެއްކޭ ގޮތަށް 2024 ގެ ނިޔަލަށް ސަސްޕެންޑްކޮށްފި އެވެ.

ނަހުލާ ސަސްޕެންޑް ކުރިކަން ޕީޕީއެމް/ ޕީއެންސީ ހިމެނޭ ޕްރޮގްރެސިވް ކޯލިޝަންގެ ވަގުތީ ލީޑަރު، އަބްދުއްރަހީމް އަބްދުﷲ ވަނީ "އަދަދު" އަށް ކަށަވަރުކޮށްދެއްވައިފަ އެވެ.

އަބްދުއްރަހީމް ވިދާޅުވީ ނަހުލާ ވަނީ ޕާޓީގެ އަސާސީ ގަވާއިދުތަކާއި ހިލާފުވެފައި ކަމަށެވެ. އެކަމަކު ހިލާފުވި ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.

"ޕީޕީއެމްއަކީ ޑިމޮކްރެސީގެ ހަމަތަކަށް ލޯބިކުރާ ޕާޓީއެއް. ޕާޓީގެ ގަވާއިދުތަކާއި ހިލާފުވާ މީހުންނަށް ފިޔަވަޅު އަޅަން ފަސް ނުޖެހޭނަން،" އޭނާ ވިދާޅުވި އެވެ.

އެކަމަކު ނަހުލާ ވިދާޅުވީ އޭނާއާ މެދު އެއްވެސް ފިޔަވަޅެއް އަޅާފައިނުވާ ކަމަށެވެ.

އެނގިފައިވާ ގޮތުގައި ނަހުލާއާ މެދު ސުލޫކީ ކޮމިޓީން ފިޔަވަޅު އެޅީ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ހޮވުމަށް ބޭއްވި އެތެރޭގެ އިންތިހާބުގައި ޕާޓީގެ ނިންމުމާ ދެކޮޅަށް މަސައްކަތްކުރެއްވުމުންނެވެ.

ނަހުލާ ވަނީ 2014 ވަނަ އަހަރާއި 2019 ވަނަ އަހަރު ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވާދަކޮށްފަ އެވެ.