Advertisement

ވިއްސާރާގައި އުތުރަށް ބޮޑެތި ގެއްލުންތަކެއް

27 ސެޕްޓެންބަރު 2021 - 13:51 0

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

މި މަހުގެ 25 ވަނަ ދުވަހު ހއ. ދިއްދޫއަށް ކުރި ވިއްސާރާގައި ގެ އެއްގައި ފެންބޮޑުވެފައި-- ފޮޓޯ: އެންޑީއެމްއޭ


ވިއްސާރާގައި އުތުރަށް ބޮޑެތި ގެއްލުންތަކެއް

27 ސެޕްޓެންބަރު 2021 - 13:51 0

މޫސުމް ގޯސްވެ ރާއްޖޭގެ އެކި ސަރަހައްދުތަކަށް އިއްޔެ ކުރި ވިއްސާރާގައި ބޮޑެތި ހާދިސާތަކެއް ހިނގައި ގިނަ ގެެއްލުންތަކެއް ލިބިފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖެމަންޓު އޮތޯރިޓީ (އެންޑީއެމްއޭ)އިން ބުނެފި އެވެ.

އިއްޔެ އެންމެ ގިނައިން ވިއްސާރަ ވެހިފައި ވަނީ ހދ. ކުޅުދުއްފުއްޓަށެވެ. އެއީ 93.1 މިލިމީޓަރުގެ ވާރޭ އެވެ. އަދި 46.1 މިލިލީޓަރުގެ ވާރޭ އެ އަތޮޅު ހަނިމާދޫއަށް ވެހުނު އިރު، ދެން އެންމެ ގިނައިން ވާރޭ ވެހިފައި ވަނީ ނ. މާފަރެވެ. އެއީ 33.0 މިލިލީޓަރެވެ.

ވިއްސާރައާ ގުޅިގެން އެންޑީއެމްއޭގެ ޑެޕިއުޓި އެގްޒެކެޓިވް ޗީފް އުމަރު މޫސާ ފިކުރީ "އަދަދު" އަށް ވިދާޅުވީ ހދ. ކުޅުދުއްފުށި، ހދ. ކުމުންދޫގެ އިތުރުން ހއ. ހޯރަފުއްށި އެއާޕޯޓަށް ގެއްލުން ލިބިފައިވާ ކަމަށެވެ.

އޭގެއިތުރުން, ކުޅުދުއްފުށީގެ 17 ގެއަށް ފެނުގެ އަސަރުކޮށްގެން ރިޕޯޓު ކޮށްފައިވާ ކަމަށާއި ކުމުންދޫގެ ފަސް ގެއަކަށް ގެއްްލުން ލިބިގެން ރިޕޯޓުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އިއްޔެ ކުރި ވިއްސާރާގައި ގެ އެެއްގައި ފެންބޮޑުވެފައި--


ހދ. ގެ ދެ ރަށުން ފެނުގެ އަސަރު ކުރި ގެތަކުގައި ހުރި ހިފާ ގެންގުޅޭ ތަކެއްޗަށާއި އެ ގެތަކުގެ ގޯތި ތެރޭގައި ހައްދާފައި ހުރި ގަސްތަކަށް ގެއްލުން ވެފައިވާ ކަމަށް އުމަރު ވިދާޅުވި އެވެ.

މީގެ އިތުރުން ށ. އަތޮޅާއި ނ. އަތޮޅުގެ ބައެއް ރަށްތަކަށްވެސް ބޯކޮށް ވާރޭ ވެހި ފެންބޮޑުވުމުގެ ހާދިސާތައް ހިނގާފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ. އެ ރަށްރަށުން ވާހަކަ ދައްކާލި ބައެއް ކައުންސިލްތަކުން ބުނީ ފެނުގެ އަސަރު ކުރި ގޭގޭގައި ހިފާ ގެންގުޅޭ ބައެއް ތަކެތި ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާ ކަމަށެވެ.

ވޭތުވެދިޔަ ދެތިން ދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކޮށްފައިވާއިރު ކަނޑުމަތީގެ އެކި ހާދިސާތައް ވެސް ވަނީ ހިނގާފަ އެވެ. އެގޮތުން އިއްޔެ ފަތުރުވެރިންތަކެއް ތިބި ސަފާރީއެއް ވަނީ ދިޔަވެ، އަޑިއަށް ގޮސްފަ އެވެ.

އެ ސަފާރީގައި އެ ވަގުތު ޓޫރިސްޓުންނާއެކު 17 މީހުން ތިއްބެވެ. ކޯސްޓްގާޑުން ވަނީ އެމީހުން އެހެން އުޅަނދަކަށް ނެގުމަށްފަހު މާލެ ގެނެސްފަ އެވެ.

އޭގެތެރެއިން ހަތް މީހެއްގެ ހާލު ދެރަވެ, އައިޖީއެމް ހޮސްޕިޓަލްގައި ފަރުވާދެމުން އަންނައިރު އޭގެތެރެއިން އެކަކު ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް ވަނީ މަރުވެފަ އެވެ.