Advertisement

ޓެލެގްރާމްގައި ބަރަހަނާ ފޮޓޯތައް ލީކްކުރި މައްސަލާގައި ގިނަ ދައުވާތަކެއް

26 ސެޕްޓެންބަރު 2021 - 21:25 0

ކުރިމިނަލް ކޯޓުގައި: ބަރަހަނާ ފޮޓޯ ލީކްކުރި މައްސަލާގައި 11 ދައުވާއެއް އުފުލި


ޓެލެގްރާމްގައި ބަރަހަނާ ފޮޓޯތައް ލީކްކުރި މައްސަލާގައި ގިނަ ދައުވާތަކެއް

26 ސެޕްޓެންބަރު 2021 - 21:25 0

ސޯޝަލް މީޑިއާއަށް އެކި މީހުންގެ ބަރަހަނާތައް ފޮޓޯތައް އަޅައިގެން ގްރޫޕްތައް ހިންގި ކަމުގެ ތުހުމަތުވާ މީހާގެ މައްޗަށް ގިނަ ދައުވާތަކެއް ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން އުފުލައި, މައްސަލަ ކުރިމިނަލް ކޯޓަށް ފޮނުވައިފި އެވެ.

މި މައްސަލާގައި ދައުވާ އުފުލާފައިވަނީ މިހާރު ފުލުހުންގެ ބަންދުގައި ހުރި, މއ. އިސްޕަންޖުގެ، މުހައްމަދު މަސާއިދު ބިން ސަމީއުގެ މައްޗަށެވެ.

ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ބުނާ ގޮތުގައި އެކިދުވަސްމަތިން އެކި މީހުންގެ ސޯޝަލް މީޑިއާ އެކައުންޓްތަކާއި، ޒާތީ މުއާމަލާތް ހިމެނޭ އެހެނިހެން އެކައުންޓްތައް މަސާއިދު ހެކްކުރި އެވެ. އަދި, އެކި މީހުންގެ ޒާތީ މައުލޫމާތާއި އެމީހުންގެ ބަރަހަނާ މަންޒަރު ދައްކުވައިދޭ ފޮޓޯ އަދި ވީޑިއޯ ނެގުމަށްފަހު ޓެލެގްރާމް އާއި އެހެނިހެން ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތަކުގައި އޭނާ ހާމަކުރި އެވެ.

އޭނާގެ މައްޗަށް އުފުލި ދައުވާތައް

އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގެ ތިން ދައުވާ

އޮރިޔާން ކާޑު ފެތުރުމުގެ ކުށުގެ ތިން ދައުވާ.

އެނގިހުރެ ހުއްދަނޫން ގޮތުގައި މައުލޫމާތު ހޯދުމުގެ ކުށުގެ ދައުވާ.

އެނގިހުރެ ހުއްދަނޫން ގޮތުގައި މައުލޫމާތު ހޯދަން އުޅުމުގެ ކުށުގެ ދައުވާ.

އަދުލުއިންސާފު ގާއިމުކުރުމަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާ

އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރުހިންގުމުގެ ކުށުގެ ދައުވާ

އެނގިހުރެ ހުއްދަނޫން ތަނަކަށް ވަނުމުގެ ކުށުގެ ދައުވާ.

މަސާއިދުގެ ބަންދުގެ މަޖިލީހުގައި ފުލުހުން ބުނެފައިވާ ގޮތުގައި އޭނާ ގެންގުޅުނު ހާޑްޑްރައިވަކުން މިލިއަނެއްހާ ފޮޓޯ ފެނިފައިވެ އެވެ. އޭނާގެ އަތުން ފުލުހުން ޖުމްލަ 10 ހާޑްޑްރައިވް ހޯދި އެވެ. މި މައްސަލާގައި ގިނަ އަދަދެއްގެ ވިކްޓިމް ހިމެނޭ ކަމަށް ވެސް ދައުލަތުން ވަނީ ބުނެފަ އެވެ.