Advertisement

މޯދީގެ އެމެރިކާ ދަތުރު: 65 ގަޑިއިރު ތެރޭ 24 ބައްދަލުވުން ބޭއްވެވި

27 ސެޕްޓެންބަރު 2021 - 05:43 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ އާއި އެމެރިކާގެ ރައީސް ޖޯ ބައިޑެން. -- ފޮޓޯ: އޭއެފްޕީ


މޯދީގެ އެމެރިކާ ދަތުރު: 65 ގަޑިއިރު ތެރޭ 24 ބައްދަލުވުން ބޭއްވެވި

27 ސެޕްޓެންބަރު 2021 - 05:43 0

އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ އެމެރިކާ އަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި 65 ގަޑިއިރު ތެރޭ 24 ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންފި އެވެ.

އިންޑިއާގެ ނިއުސް18 ނޫހުން ރިޕޯޓު ކުރި ގޮތުގައި 20 ބައްދަލުވުން ބޭއްވީ އެމެރިކާ ފަސްގަނޑުގަ އެވެ. އަދި އަނެއް ހަތަރު ބައްދަލުވުން އޮތީ ދަތުރުމަތީގަ އެވެ.

މޯދީ އެމެރިކާ އަށް ކުރެއްވި ހަތަރު ދުވަހުގެ ދަތުރުފުޅުގައި ގިނަ އަދަދެއްގެ ބައްދަލުވުންތައް ބާއްވާފައި ވާއިރު، އާދީއްތަ ދުވަހު އެނބުރި ނިއު ދިއްލީ އަށް ވަޑައިގެން ވެސް މަސައްކަތް ކުރިއަށް ގެންދެވި އެވެ.

ސެޕްޓެމްބަރު 22 ވަނަ ދުވަހު އެމެރިކާ އަށް ފުރާވަޑައިގެން ފްލައިޓު މަތީގައި ދެ ބައްދަލުވުން ކުރިއަށް ދިޔަ އެވެ. ވޮޝިންޓަން އަށް ވަޑައިގެން ހޮޓަލުގައި ހުންނަވައި ތިން ބައްދަލުވުން ބޭއްވި އެވެ.

ޖެހިގެން އައި ސެޕްޓެމްބަރު 23 ވަނަ ދުވަހު ބޮޑެތި ކުންފުނިތަކުގެ ވެރިންނާއެކު ވަކިވަކި ފަސް ބައްދަލުވުން އޮތެވެ. އެއަށްފަހު މޯދީ ބައްދަލުކުރެއްވީ އެމެރިކާގެ ނައިބު ރައީސް ކަމަލާ ހެރިސް އާއި އޮސްޓްރޭލިއާގެ ބޮޑު ވަޒީރު ސްކޮޓް މޮރިސަން އަދި ޖަޕާނުގެ ބޮޑު ވަޒީރު ޔޮޝިހިޑޭ ސުގާ އާ އެވެ. އޭގެ ފަހުން ހަމަ އެ ދުވަހު މޯދީގެ ޓީމާއެކު އިންޑިއާ ސަރުކާރުގެ ތިން ބައްދަލުވުން އޮތެވެ.

ސެޕްޓެމްބަރު 24 ވަނަ ދުވަހު މޯދީގެ ޓީމާއެކު އިތުރު ހަތަރު ބައްދަލުވުން އޮތެވެ. އޭގެ ފަހުން އެމެރިކާގެ ރައީސް ޖޯ ބައިޑެންއާ ބައްދަލުކުރެއްވުމަށް ފަހު ކުއެޑް ބައްދަލުވުމުގައި ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ސެޕްޓެމްބަރު 25 ވަނަ ދުވަހު އެމެރިކާ އިން އެނބުރި ދިއްލީ އަށް ކުރެއްވި ފްލައިޓު ދަތުރު މަތީގައި އިތުރު ދެ ބައްދަލުވުން އޮތެވެ. އާދީއްތަ ދުވަހު ދިއްލީ އަށް ވަޑައިގެންނެވުމަށް ފަހު މޯދީ ވަނީ ހޯމް މިނިސްޓަރު އަމިތު ޝާހް އަދި ޑިފެންސް މިނިސްޓަރު ރަޖްނަތު ސިންގްއާ ބައްދަލުކުރައްވާފަ އެވެ.

އެމެރިކާ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ގައުމަށް ފުރާވަޑައިގެންނެވުމުގެ ކުރިން މޯދީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފާއިތުވި ހަތަރު ދުވަސް ތެރޭގައި ބިނާކުރަނިވި ބައިލެޓަރަލް އަދި މަލްޓިލެޓަރަލް މަޝްވަރާތަކެއް ކުރެވުނު ކަމަށެވެ.