Advertisement

ދަރިވަރަކަށް ޖިންސީގޯނާ ކުރި ކަމުގެ ތުހުމަތުގައި އިންޑިއާ ޓީޗަރަކު ސަސްޕެންޑް ކޮށްފި

26 ސެޕްޓެންބަރު 2021 - 15:55 0

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

ގއ. ކޮލްމާފުށި: ޖިންސީ ގޯނާ ކޮށްފައި ވަނީ އެ ރަށުގައި ކިޔަވައިދޭ ބިދޭސީ ޓީޗަރެއް-- ފޮޓޯ: ޓްރެވެލް ޓްރޭޑް މޯލްޑިވްސް


ދަރިވަރަކަށް ޖިންސީގޯނާ ކުރި ކަމުގެ ތުހުމަތުގައި އިންޑިއާ ޓީޗަރަކު ސަސްޕެންޑް ކޮށްފި

26 ސެޕްޓެންބަރު 2021 - 15:55 0

ގއ. ކޮލަމާފުށީ ސްކޫލުގެ ކިޔަވަމުންދިޔަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި އެ ސްކޫލުގެ ޓީޗަރަކު ސަސްޕެންޑް ކޮށްފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އުމުރުން 17 އަހަރުގެ ކުއްޖާއަށް ޖިންސީ ގޯނާ ކޮށްފައިވާ ކަމުގެ ތުހުމަތު ވަނީ އިންޑިއާއަށް ނިސްބަތްވާ ޓީޗަރެކެވެ.

އެ މައްސަލައާ ގުޅިގެން އެޑިއުކޭޝަނުން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަހުމަދު އަލީ ވިދާޅުވީ ޖިންސީ ގޯނާގެ މައްސަލައެއް މިނިސްޓްރީ ހުށަހަޅާފައިވުމުން އެެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ.

އެގޮތުން, އެ ދަރިވަރަށް ޖިންސީގޯނާ ކުރި ކަމަށް ތުހުމަތުވާ ޓީޗަރު ސަސްޕެންޑުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މި މަސް ފެށުނީއްސުރެން އެ ޓީޗަރު ހުންނަނީ ސަސްޕެންޝަންގައި،" އަހުމަދު އަލީ "އަދަދު"އަށް ވިދާޅުވި އެވެ.

އެ މައްސަލައާ ގުޅިގެން އެ ރަށުން ބަހެއް ހޯދުމަށް ކައުންސިލަށް ގުޅުމުން ވަނީ އެކަން ދޮގުކޮށްފަ އެވެ. އެފަދަ ކަމެއް ހިގައިގެން އުޅޭނަމަ ރަށުތެރޭގައި ދެކެވޭނެ ކަމަށާއި ނަމަވެސް, އެފަދަ އެއްވެސް ވާހަކައެއް އަޑު އިވިފައި ނުވާ ކަމަށް ކައުންސިލުން ބުންޏެވެ.

މިދިޔަ ޖޫން މަހު ނ. ޅޮހީ ސްކޫލުގެ އަންހެން ޓީޗަރަކު އެ ސްކޫލްގެ ދަރިވަރަކާ ދެމެދު ބަދުއަހުލާގީ ކަންތައްތަކެއް ހިނގި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި އެ ޓީޗަރު ވެސް ސަސްޕެންޑް ކޮށްފައިވެ އެވެ.