Advertisement

މާކަލް އަށް ފަހު ޗާންސެލަރު ކަމަށް އަންނާނެ މީހަކު ހޮވަން ޖަރުމަނުގައި ވޯޓުލަނީ

26 ސެޕްޓެންބަރު 2021 - 15:19 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ޖަރުމަނުވިލާތުގެ ޗާންސެލަރު އެންޖެލާ މާކަލް.-- ފޮޓޯ: އޭއެފްޕީ


މާކަލް އަށް ފަހު ޗާންސެލަރު ކަމަށް އަންނާނެ މީހަކު ހޮވަން ޖަރުމަނުގައި ވޯޓުލަނީ

26 ސެޕްޓެންބަރު 2021 - 15:19 0

ބާލިން، ޖަރުމަން ވިލާތް (ސެޕްޓެމްބަރު 26) - ސޯޅަ އަހަރަށް ފަހު އެންޖެލާ މާކަލްގެ ބަދަލުގައި ޖަރުމަނަށް އާ ޗާންސެލަރަކު ގެންނަން ބާއްވާ އިންތިހާބުގެ ވޯޓުލުން ފަށައިފި އެވެ.

އިންތިހާބުގައި އެންމެ ވާދަވެރިކޮށް އުޅެނީ މާކަލްގެ ކޮންޒަވޭޓިވް ޕާޓީ އާއި ސޯޝަލް ޑިމޮކްރެޓުންނެވެ. އިންތިހާބުގެ ކުރިން ނެގި ޕޯލްތަކުން ދައްކަނީ ސޯޝަލް ޑިމޮކްރެޓުންނަށް ކުރި ލިބޭނެ ކަމަށެވެ.

އެގޮތުން ވޯޓުގެ 25 ޕަސެންޓު ސޯޝަލް ޑިމޮކްރެޓުންނަށް ލިބޭނެ ކަމަށް ލަފާކޮށްފައި ވާއިރު، މާކަލްގެ ސީޑީޔޫ-ސީއެސްޔޫ ކޯލިޝަނަށް ލިބޭނެ ކަމަށް ބެލެވެނީ 23 ޕަސެންޓެވެ.

ވޯޓުލާން ޝަރުތު ހަމަވާ 60.4 މިލިއަން މީހުންގެ ތެރެއިން 40 ޕަސެންޓު މީހުން ބުނެފައި ވަނީ އެ މީހުން ތާއީދުކުރާނެ ކެންޑިޑޭޓަކާ މެދު ގޮތެއް ނިންމާފައި ނުވާ ކަމަށެވެ.

މިހާރު ވެސް 40 ޕަސެންޓު މީހުން ވޯޓުލާފައި ވާއިރު، ޗާންސެލަރު ކަމަށް ވާދަކުރާ މައިގަނޑު ދެ ކެންޑިޑޭޓުންނަކީ ސޯޝަލް ޑިމޮކްރެޓް ޕާޓީގެ އުމުރުން 63 އަހަރުގެ ވައިސް ޗާންސެލަރު އަދި ފިނޭންސް މިނިސްޓަރު އޯލަފް ޝޯލްޒް އާއި ސީޑީޔޫ-ސީއެސްޔޫގެ އުމުރުން 60 އަހަރުގެ އާމިން ލެޝެޓް އެވެ.

ސޯޝަލް ޑިމޮކްރެޓުން އަދި ސީޑީޔޫ-ސީއެސްޔޫ އަށް ވެސް ސަރުކާރެއް ހެދޭ ވަރަށް މެޖޯރިޓީ ލިބޭނެ ކަމަކަށް ނުބެލެވެ އެވެ. އެހެންކަމުން މޮޅުވާ ބަޔަކު އެހެން ޕާޓީތަކާ މަޝްވަރާކޮށްގެން ކޯލިޝަން ސަރުކާރެއް އުފެއްދުމަށް ގިނަ ދުވަސްތަކެއް ހޭދަވުން އެކަށީގެންވެ އެވެ.