Advertisement

ބޮޑެތި ގައުމުތަކަށް ޝާހިދު ގޮވާލެއްވީ މޫސުމީ ވައުދުތައް ފުއްދަން

26 ސެޕްޓެންބަރު 2021 - 12:52 0

އަހުމަދުﷲ އަބްދުލްހާދީ

އަހުމަދުﷲ އަބްދުލްހާދީ

އދ. ގެ އާއްމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު.


ބޮޑެތި ގައުމުތަކަށް ޝާހިދު ގޮވާލެއްވީ މޫސުމީ ވައުދުތައް ފުއްދަން

26 ސެޕްޓެންބަރު 2021 - 12:52 0

ބޮޑެތި ގައުމުތަކުން މީގެ ފަސް އަހަރު ކުރިން މޫސުމަށް އަންނަ ބަދަލުތަކަށް އަހަރެއްގެ މައްޗަށް މާލީ ގޮތުން 100 ބިލިއަން ޑޮލަރުގެ އެހީ ފޯރުކޮށްދިނުމަށް ވީ ވައުދު ފުއްދުމަށް އދ. ގެ އާއްމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެ ގައުމުތަކަށް ގޮވާލައްވައިފި އެވެ.

މިނިސްޓަރު ޝާހިދު މިހެން ގޮވާލެއްވީ ދަ ގްލޯބަލް ސިޓިޒެން ލައިވް ޕްލެޓްފޯމްގައި އިއްޔެ ވާހަކަދައްކަވަމުންނެވެ. މިނިސްޓަރުގެ ވާހަކަފުޅުގައި މުއްސަނދި ބޮޑެތި ގައުމުތަކުން ފޯރުކޮށްދޭން ވައުދުވި އެ މާލީ އެހީތެރިކަމުގެ ދެބައިކުޅަ އެއްބައި، މިހާރު ކުރަމުންދާ މޫސުމީ އަސަރުތަކަށް އަހުލުވެރިކުރުވުމަށް ބޭނުންވާ އެހީކަން ފާހަގަކުރެއްވި އެވެ.

މިނިސްޓަރުގެ ކުރު ވާހަކަގައި އެމަނިކުފާނު ވަނީ އެއްވެސް މީހަކު އަމިއްލަ ފައިދާއަށް ނުވިސްނުމަށް ދުނިޔެއަށް ގޮވާލައްވާފަ އެވެ. އަދި މި ކާރިސާތަކާއި ކުރިމަތިލާއިރު އުންމީދީ ކުރިމަގެއް ލިބޭނޭފަދަ މަގެއް އިހްތިޔާރުކުރުމަށް ވެސް މިނިސްޓަރު ޝާހިދު އެދިވަޑައިގަތެވެ.

އޭގެ އިތުރުން އާއްމު ފަރާތްތަކުން މިހާރު ވެސް ބޭނުންކުރާ ހަކަތައާއި އެމީހުން ދިރިއުޅޭ ގޮތަށް އިހްތިޔާރީ ބަދަލުތަކެއް ގެނައުމަށް ވެސް މިނިސްޓަރު އާއްމުންގެ ކިބައިން އެދިވަޑައިގަތެވެ.

"ކޮންމެ މީހަކުވެސް އަމިއްލަ ކުރަންވީ ކަމެއް މޫސުމީ މި ކާރިސާ. ހުރިހާ އެންމެންނަށް ވެސް އަސަރު ކުރާނެ. މި ބަލިމަޑުކަމުގެ ކުރިން ކަންކަން އޮތް ގޮތަކަށް ރުޖޫއައެއް ނުވެވޭނެ، އަލުން އާބާދު ކުރަން ޖެހޭނީ ކުރިޔަށް ވުރެ ރަނގަޅަށް." އިނގިރޭސި ބަހުން މިނިސްޓަރު ޝާހިދު ވިދާޅުވި އެވެ.

އެ ހުރިހާ ކަމެއް ވެސް ކުރެވޭނީ އެކުއެކީގައި އެއްބައިވަންތަކާއެކުގައިކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. އަދި އެއީ ދުނިޔޭގެ ކިބައިގައި ހުރި ގާބިލު ކަމެއް ކަމަށް ގަބޫލު ކުރައްވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑަކީ ރާއްޖެއިން އައިސް ހުރި މީހެެއް، ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން އަސަރުކުރާނެ އެންމެ ފުރަތަމަ އެއް ގައުމު. ދުނިޔެ އަވަހަށް އަމަލުނުކޮށްފިނަމަ އަދި މި މޫސުމީ ބަދަލުތަކާ ދެކޮޅަށް މަސައްކަތްނުކޮށްފިނަމަ، 1.5 ޑިގްރީ އަށް ދުނިޔެ ހޫނުވެ، އޭގެން އެ ނިކުންނަ ކާރިސީ އަސަރުތަކުން ރާއްޖެއާއި އެކު އެހެން ކުދި ޖަޒީރާ ގައުމުތައް ކަނޑުގެ އަޑިޔަށް ގޮސް ގެއްލިދާނެ މި ގަރުނު ނިމޭއިރު،" މިނިސްޓަރު ޝާހިދު ވިދާޅުވި އެވެ.

ދުނިޔޭގެ ލީޑަރުންނަށް މިނިސްޓަރު ގޮވާލެއްވީ މޫސުމީ އަޒުމުތައް އިތުރަށް އުފުލުމަށެވެ. އަދި އެއީ ދެމެހެއްޓެނިވި ޒީރޯ-އެމިޝަން ކުރިމަގަކަށް ދިޔުމަށްޓަކައި ކޮންމެހެންވެސް ބޭނުން ކަމެއްކަމަށް މިނިސްޓަރު ވިދާޅުވި އެވެ.