Advertisement

މޯދީ, ޝާހިދާ ބައްދަލު ކުރައްވައިފި

25 ސެޕްޓެންބަރު 2021 - 20:55 0

ޝާހިދު މިއަދު މޯދީއާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން --


މޯދީ, ޝާހިދާ ބައްދަލު ކުރައްވައިފި

25 ސެޕްޓެންބަރު 2021 - 20:55 0

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ, އދ. އާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދާ ބައްދަލުރައްވައިފި އެވެ.

ރާއްޖޭގެ ފޮރިން މިނިސްޓަރުގެ ގޮތުގައި ހުންނެވި ޝާހިދު އދ. އާންމު މަޖިލީހުގެ ރައީސް ކަމަށް ވަޑައިގެންނެވީ އިންޑިއާގެ ވެސް ތާއިދާއެކު އެވެ.

މޯދީއާއެކު ޝާހިދު ބައްދަލުވުމެއް ބޭއްވީ, އދ. އާންމު މަޖިލީހުގައި ތަގުރީރު ކުރެއްވުމަށް މާދީ ވަޑައިގެންނެވުމުންނެވެ. ބައްދަލުވުމަށްފަހު, ޝާހިދު ވަނީ އޭނާގެ "އުއްމީދުގެ ރިޔާސަތު"އަށް އިންޑިއާ އާއި މޯދީ ދެއްވާ އެއްބާރުލުމާއި އެހީތެރިކަމަށް ޝުކުރު އަދާ ކުރައްވާފަ އެވެ.

އެ މަގާމަށް އިންތިހާބުވުމަށްފަހު ވެސް އެންމެ ޝާހިދު ދަތުރު ކުރެއްވީ އިންޑިއާއަށެވެ. އަދި, އެ ދަތުރުގައި ވެސް އޭނާ މޯދީއާ ބައްދަލު ކުރައްވާފައިވެ އެވެ.

އދ. އާންމު މަޖިލީހުގައި ތަގުރީރު ކުރެއްވުމަށް އެމެރިކާއަށް މޯދީ ވަޑައިގެންފައިވާއިރު މިއީ ބައިޑެން ވެރިކަމަށް ވަޑައިގެން ފަހުން މޯދީ އެ ގައުމަށް ކުރައްވާ ފުރަތަމަ ދަތުރެވެ.

ދަތުރުގައި އެމެރިކާގެ ނައިބު ރައީސްއާއެކު އިއްޔެ ވައިޓްހައުސްގައި މޯދީ ބައްދަލު ކުރެއްވިއިރު, އޭނާއާ ދެކޮޅަށް އިންޑިއާގެ ބަޔަކު އެއްވެ އަޑު އުފުލާފައިވެ އެވެ.