Advertisement

ޖެޓް ސްކީ ޓްއާ: ދެކުނަށް ދަތުރު ފަށައިފި

25 ސެޕްޓެންބަރު 2021 - 14:05 0

އުދުމާ މަހްމޫދް

އުދުމާ މަހްމޫދް

ޖެޓް ސްކީ ޓުއާ 2021 ގެ ޓީމް ފޮއްދޫއަށް ކުރި ދަތުރުވެ ތެރެއިން. -- ފޮޓޯ:ސޯޝަލްމީޑިއާ


ޖެޓް ސްކީ ޓްއާ: ދެކުނަށް ދަތުރު ފަށައިފި

25 ސެޕްޓެންބަރު 2021 - 14:05 0

މި އަހަރުގެ ޓޫރިޒަމް ދުވަހުގެ މުނާސަބަތުގައި ފެށި ޖެޓް ސްކީ ޓުއާގެ ބައިވެރިން އުތުރުން މާލެ އައުމަށް ފަހު ރާއްޖޭގެ ދެކުނަށް ދަތުރު ފަށައިފި އެވެ.

މޯލްޑިވްސް ވޯޓާ ސްޕޯޓްސް އެސޯސިއޭޝަނުން އިންތިޒާމުކުރާ ޖެޓް ސްކީ ޓުއާ ރާއްޖޭގެ އެންމެ އުތުރު, ހއ. އަތޮޅުން ފެށީ މިދިޔަ އަންގާރަ ދުވަހު އެވެ.

އޭގެ ތިން ދުވަސް ފަހުން އިއްޔެ ބައިވެރިން ޖެޓް ސްކީގައި މާލެ އައިއިރު, ދަތުރުގެ ބައިވެރިން މިހާރު ވަނީ ދެކުނަށް ދަތުރު ފަށާފަ އެވެ.

އުތުރުން ދެކުނަށް ކުރާ ޖެޓް ސްކީ ޓުއާ

ހއ. ތުރާކުނުން ޖެޓް ސްކީ ޓުއާ ފަށާފައިވާ އިރު، ހަފުތާއަކަށް މި ޓުއާ ދެމިގެންދާނެ އެވެ.

މި ޓުއާގައި ރާއްޖޭގެ ހުރިހާ އަތޮޅަކަށް ދަތުރުކުރަން ނިންމާފައިވާ އިރު، ދަތުރުގެ ބައިވެރިން ކޮންމެ އަތޮޅަކުން އެއް ރަށުގައި މަޑު ކުރާނެ އެވެ.

ވޯޓާ ސްޕޯޓްސް އެސޯސިއޭޝަނުން މައުލޫމާތުދޭ ގޮތުގައި މި ޓުއާގައި ރަސްމީކޮށް ދަތުރުކުރާނީ ހަ ޖެޓް ސްކީ ރައިޑަރުންނެވެ. ނަމަވެސް, ރާއްޖޭގެ އެކި ހިސާބުތަކުން ރައިޑަރުން ބައިވެރިވަމުންދާނެ ކަމަށް އެސޯސިއޭޝަނުން ބުނެ އެވެ.

ޓުއާ އިންތިޒާމުކުރާ ވޯޓާ ސްޕޯޓްސް އެސޯސިއޭޝަންގެ އަމާޒަކީ ހޯމަ ދުވަހަށް ރާއްޖޭގެ އެންމެ ދެކުނަށް ދަތުރުކޮށް ޓުއާ ނިންމާލުމެވެ. ޓުއާ ނިންމާލުމަށް ހަމަޖެހިފައި ވަނީ އައްޑޫ ސިޓީ, ހިތަދޫއަށެވެ.