Advertisement

އަންނަ މަހު އުރީދޫން އައިފޯން 13 ޕްރީއޯޑަރު ކުރެވޭނެ

25 ސެޕްޓެންބަރު 2021 - 11:24 2

އުދުމާ މަހްމޫދް

އުދުމާ މަހްމޫދް

އެޕަލް އިން ރިލީޒްކުރި އައިފޯން 13 ސީރީޒްގެ ފަސް ކުލަ އަކީ ފިޔާތޮށި، ނޫ، މިޑްނައިޓް، ސްޓާލައިޓް އަދި ރަތް ކުލަ. -- ފޮޓޯ:އެޕަލް


އަންނަ މަހު އުރީދޫން އައިފޯން 13 ޕްރީއޯޑަރު ކުރެވޭނެ

25 ސެޕްޓެންބަރު 2021 - 11:24 2

އަންނަ މަހު އުރީދޫގެ ކަސްޓަމަރުންނަށް އައިފޯން 13 ޕްރީއޯޑަރު ކުރެވޭނެ ކަމަށް އެކުންފުނިން ބުނެފި އެވެ.

އުރީދޫ އިން އައިފޯން 13 ޕްރީއޯޑަރު ކުރުމަށް ހުޅުވާލަން ނިންމާފައި ވަނީ އޮކްޓޫބަރު އަށް ވަނަ ދުވަހުން ފެށިގެންނެވެ.

އުރީދޫ އިން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ އަންނަ މަހުގެ އަށް ވަނަ ދުވަހުން ފެށިގެން އުރީދޫ މޫލީ މެދުވެރިކޮށް އައިފޯންގެ އެންމެ ފަހުގެ މޮޑެލްތައް ޕްރީއޯޑަރު ކުރެވޭނެ ކަމަށެވެ. އަދި މި ފޯނުތަކަށް އުރީދޫގެ 5ޖީ ހިދުމަތް ލިބޭނެކަން ކުންފުނިން ފާހަގަކުރެ އެވެ.

އުރީދޫ މޫލީ މެދުވެރިކޮށް އަންނަ މަހު އައިފޯން 13 ޕްރީއޯޑަރު ކުރެވޭނެ


މި މަހުގެ 14 ވަނަ ދުވަހު ލޯންޗުކޮށް އިއްޔެ އައިފޯން 13 ގެ ފޯނުތައް މާކެޓަށް ނެރެފައިވާ އިރު، މި ފޯނުތަކަކީ ކުރީގެ ފޯންތަކަށް ވުރެ ހަލުވި އޭ15 ޗިޕަކާއި، ކުރިއަށް ވުރެ އަލިގަދަ ޑިސްޕްލޭއެއް އަދި ކުރިއަށް ވުރެ 2.5 ގަޑިއިރު އިތުރަށް ބެޓެރީގެ ބާރު ހިފަހައްޓާ ފޯނުތަކަކެވެ. އަދި މިފޯނުތަކުގައި މުޅިން އަލަށް ވީޑިއޯއަށް ތައާރަފު ކުރި ޕޯޓްރެއިޓް ސިނެމަޓިކް މޯޑުގައި ފްރޭމްގެ ތެރެއަށް މީހަކު ވަދެއްޖެ ނަމަ އެ މީހަކަށް ކެމެރާ ފޯކަސް ކުރާނެ، "ޕުލް ފޯކަސް" ފީޗާއެއް ވެސް ވަނީ ހިމަނާފަ އެވެ.

އައިފޯން 13ގެ ފަސް ކުލައެއް ހިމެނެ އެވެ. އެއީ ފިޔާތޮށި، ނޫ، މިޑްނައިޓް، ސްޓާލައިޓް އަދި ރަތް ކުލަ އެވެ.

މިފޯނުތަކުގު އެންމެ ކުޑަ ސްޓޯރޭޖް 128 ޖީބީއަށް މަތިކޮށްފައި ވާއިރު، އެންމެ ބޮޑު ސްޓޯރޭޖްގެ ގޮތުގައި 500 ޖީބީގެ ހުންނާނެ އެވެ. އައިފޯން 13 އާއެކު އައިފޯން 13 މިނީ، ޕްރޯ އަދި ޕްރޯ މެކްސް ވެސް ވަނީ ލޯންޗުކޮށްފަ އެވެ.