Advertisement

އިންޑިއާ ކޯޓެއްގެ ތެރޭގައި ބަޑިޖަހައި ގޭންގު ލީޑަރަކު މަރާލައިފި

25 ސެޕްޓެންބަރު 2021 - 05:18 2

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ދިއްލީ ކޯޓު ބޭރުގައި އެމްބިއެލާންސެއް މަޑުކޮށްގެން.-- ފޮޓޯ: އޭއެފްޕީ


އިންޑިއާ ކޯޓެއްގެ ތެރޭގައި ބަޑިޖަހައި ގޭންގު ލީޑަރަކު މަރާލައިފި

25 ސެޕްޓެންބަރު 2021 - 05:18 2

ނިއު ދިއްލީ، އިންޑިއާ (ސެޕްޓެމްބަރު 24) - ގިނަ ބަޔަކު މަރާފައިވާ ކަމަށް ތުހުމަތުވެފައިވާ ނުރައްކާތެރި ގޭންގު ލީޑަރެއްގެ ޝަރީއަތް ކުރިއަށް ދަނިކޮށް ބަޑި ޖަހައި އޭނާ މަރާލައިފި އެވެ.

ގޭންގު ލީޑަރެއް ކަމުގައިވާ ޖިތެންދުރަ ގޯގީ ހުކުރު ދުވަހު ދިއްލީގެ ކޯޓަށް ހާޒިރުކުރިއިރު، ކޯޓު ރޫމް ތެރޭގައި އޭނާއަށް ހަމަލާ ދިނީ ވަކީލުން ކަމަށް ހެދިގެން ވަދެ ތިބި އޭނާއާ ވާދަވެރި ގޭންގެއްގެ ދެ މީހެކެވެ. އެ ދެ މީހުންގެ ގަޔަށް ކޯޓު ކޮޓަރި ތެރޭގައި ފުލުހުން ބަޑި ޖަހައި މަރައިލި އެވެ.

މަންޒަރު ދުށް މީހަކު ބުނި ގޮތުގައި ކޯޓު ކޮޓަރި ތެރޭގައި ބަޑީގެ ހަމަލާތައް ބަދަލުކޮށް، ގޯގީގެ ހަށިގަނޑަށް ފަސް ވަޒަން އަރާފައިވެ އެވެ.

މިދިޔަ އަހަރު ހައްޔަރު ކުރި ގޯގީގެ ޝަރީއަތް ކުރިއަށް ދިޔައީ ގަސްތުގައި މީހުން މެރުމާއި އެހެން ބައެއް ދައުވާތަކުގަ އެވެ. އޭނާއާ 19 މީހެއްގެ މަރާ ގުޅުން އެބަ އޮތެވެ.

ގޯގީ މަރާލުމާއެކު، ރޯހިނީ ކޯޓު ކޮމްޕްލެކްސްގެ ސެކިއުރިޓީއާ މެދު ސުވާލުތައް ވަނީ އުފެދިފަ އެވެ. ބޮޑެތި ކުށްވެރިންގެ ޝަރީއަތް އާއްމުކޮށް ކުރިއަށް ގެންދަނީ އެ ކޯޓުގަ އެވެ.

ގޯގީ ހައްޔަރު ކުރުމަށް ފަހު އޭނާއާ ގުޅޭ ކަންކަން ހަވާލުކޮށްފައި ހުރީ ފުލުހުންގެ އިންޓެލިޖެންސް ޔުނިޓަށެވެ. ބައެއް ރިޕޯޓުތައް ބުނާ ގޮތުން ކޯޓު ގޭޓު ކައިރީގައި ހުންނަ މެޓަލް ޑިޓެކްޓަރުތައް މަސައްކަތެއް ނުކުރެ އެވެ.

އެހެނިހެން ސެކިއުރިޓީ ފިޔަވަޅުތަކަށް ވެސް އަމަލުކޮށްފައި ނުވާ ކަމަށް ވެ އެވެ. ދިއްލީ ފުލުހުން ބުނީ އެކަމާ ގުޅޭ ތަހުގީގެއް ހިންގާނެ ކަމަށެވެ.