Advertisement

ދައުލަތަށް އާމްދަނީގެ ގޮތުގައި 12.5 ބިލިއަން ރުފިޔާ

22 ސެޕްޓެންބަރު 2021 - 14:44 0

އުދުމާ މަހްމޫދް

އުދުމާ މަހްމޫދް

ފިނޭންސް މިނިސްޓްރީ ހުންނަ އިމާރާތް. -- ފޮޓޯ: ހުސެއިން ވަހީދު/އަދަދު


ދައުލަތަށް އާމްދަނީގެ ގޮތުގައި 12.5 ބިލިއަން ރުފިޔާ

22 ސެޕްޓެންބަރު 2021 - 14:44 0

އަހަރުގެ މިހާތަނަށް ދައުލަތަށް އާމްދަނީގެ ގޮތުގައި 12.5 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ދައުލަތަށް އާމްދަނީގެ ގޮތުގައި 12.5 ބިލިއަން ރުފިޔާ ލިބިފައިވާކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބުނު 15.5 ބިލިއަން ރުފިޔާ އާ އަޅާ ބަލާއިރު ތިން ބިލިއަން ރުފިޔާ މަދު އަދަދެކެވެ.

މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން އަހަރުގެ މިހާތަނަށް ދައުލަތަށް ލިބުނު އާމްދަނީގެ 73 ޕަސަންޓަކީ ޓެކުހުން ލިބުނު އާމްދަނީ އެވެ. އަދި ޓެކްސް ނޫން އެހެނިހެން ގޮތް ގޮތުން ލިބުނު އާމްދަނީ ހިއްސާކުރަނީ 27 ޕަސަންޓެވެ.

އެގޮތުން، ޓެކުހުގެ ގޮތުގައި 9.1 ބިލިއަން ރުފިޔާ ލިބިފައިވާއިރު، ޓެކްސް ނޫން ގޮތްގޮތުން ލިބިފައި ވަނީ 2.9 ބިލިއަން ރުފިޔާ އެވެ. އޭގެ އިތުރުން، ކެޕިޓަލް ރިސީޕްޓްސްގެ ގޮތުގައި 10.9 މިލިއަން ރުފިޔާ އަދި ގްރާންޓްސް ގެ ގޮތުގައި 392.6 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.

އެ މުއްދަތުގައި ދައުލަތުން ހޭދަކުރި ހޭދައަށްބަލާއިރު، އަހަރުގެ މިހާތަނަށް 20.2 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާ އިރު، އޭގެ 76 ޕަސަންޓަކީ ރިކަރެންޓް ހަރަދުތަކެވެ. އެއީ 15.5 ބިލިއަން ރުފިޔާ އެވެ. އަދި ކެޕިޓަލް ހަރަދުގެ ގޮތުގައި ހަރަދުކޮށްފައިވާ 4.8 ބިލިއަން ރުފިޔާ އަކީ ދައުލަތުގެ ހަރަދުގެ 24 ޕަސަންޓެވެ.

މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާ އިރު، މިއަހަރު ދައުލަތުން ކޮށްފައިވާ ހަރަދު 8.9 ބިލިއަން ރުފިޔާ ކުޑަ އެވެ.

މިއަހަރު ދައުލަތުން ވަނީ އަހަރުގެ މިހާތަނަށް ލޯން ރިޕޭމެންޓުގެ ގޮތުގައި 704.5 މިލިއަން ރުފިޔާ ހަރަދުކޮށްފަ އެވެ. އަދި ޕަބްލިކް ސާވިސް އިންވެސްޓްމެންޓް ޕްރޮގްރާމްސަށް 2.2 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކަ އެވެ.