Advertisement

ހުޅުމާލޭން ވިލާ އެޑިއުކޭޝަނަލް ސާވިސް އަށް ބިމެއް ދެނީ

21 ސެޕްޓެންބަރު 2021 - 17:48 0

އުދުމާ މަހްމޫދް

އުދުމާ މަހްމޫދް

އެޗްޑީސީ އަދި ވިލާ އެޑިއުކޭޝަނަލް ސާވިސްއާ ދެމެދު ފްރޭމްވޯކް އެގްރިމެންޓެއްގައި ސޮއިކުރުމަށް ބޭއްވި ހަފުލާގެ ތެރެއިން. -- ފޮޓޯ:އެޗްޑިސީ


ހުޅުމާލޭން ވިލާ އެޑިއުކޭޝަނަލް ސާވިސް އަށް ބިމެއް ދެނީ

21 ސެޕްޓެންބަރު 2021 - 17:48 0

ހުޅުމާލޭން ވިލާ އެޑިއުކޭޝަނަލް ސާވިސް ލިމިޓެޑަށް ބިމެއް ދިނުމަށް ފްރޭމްވޯކް އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

ވިލާ އެޑިއުކޭޝަނަލް ސާވިސަށް ބިން ދޭން ނިންމާފައި ވަނީ ހުޅުމާލެ ފޭސް އެކަކުން ނެވެ. އެއީ 35,885.98 އަކަ ފޫޓުގެ ބިމެކެވެ.

އެޗްޑީސީން މައުލޫމާތުދޭ ގޮތުގައި ހުޅުމާލެ ފޭސް އެކަކުން ވިލާ އެޑިއުކޭޝަނަލް ސާވިސަށް ދޫކުރާ މިބިމަކީ ހަ ފަންގިފިލާގެ ސްކޫލް އިމާރާތެއް އެޅުމަށް ދޫކުރެވުނު ބިމެކެވެ.

މީގެ ކުރިންވެސް އެޗްޑީސީން ވަނީ އެކި މަސައްކަތްތައް ކުރުމަށް ހުޅުމާލެއިން ވިލާ އަށް ބިން ދޫކޮށްފަ އެވެ. އަދި އެބިންތަކުގައި ކުރަން ހަވާލުކުރި މަސައްކަތްތައް ނުކުރުމުގެ ސަބަބުން ބައެއް ބިންތައް މީގެ ކުރިން ވަނީ ވިލާގެ އަތުން އަނބުރާ ނަގާފަ އެވެ.