Advertisement

ކްރިމިނަލް ކޯޓު ގާޒީންގެ ސެކިއުރެޓީ ކުއްލިގޮތަކަށް ވަރަގަދަކޮށްފި

21 ސެޕްޓެންބަރު 2021 - 16:16 0

ހުސެއިން އަރުބާން ފައްވާޒް

ހުސެއިން އަރުބާން ފައްވާޒް

ކްރިމިނަލް ކޯޓުގެ ބޭރުން ނަގާފައިވާ ފޮޓޯއެއް: ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ ސެކިއުރިޓީ ވަރުގަދަ ކުރީ ކުށްލިއަކަށް -- ފޮޓޯ: ހުސައިން ޝަޔާހް/އަދަދު


ކްރިމިނަލް ކޯޓު ގާޒީންގެ ސެކިއުރެޓީ ކުއްލިގޮތަކަށް ވަރަގަދަކޮށްފި

21 ސެޕްޓެންބަރު 2021 - 16:16 0

ކްރިމިނަލް ކޯޓުގައި މަސައްކަތް ކުރައްވާ ފަނޑިޔާރުންނަށް ސަލާމަތީ ބާރުތަކުން ފޯރުކޮށްދޭ ސެކިއުރިޓީ ކުއްލި ގޮތަކަށް އިއްޔެ ވަރުގަދަކޮށްފި އެވެ.

ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންނަށް ދޭ ސެކިއުރިޓީ އިއްޔެ ވަރުގަދަ ކުރި ނަމަވެސް އެކަން ރަސްމީ އިދާރާތަކުން ކަށަވަރުކޮށްދީފައެއް ނުވެ އެވެ. އެކަމާ ގުޅޭ ގޮތުން ކޯޓާއި ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ސާވިސް އަދި ސިފައިން ވެސް އެއްޗެއް ނުބުނެ އެވެ.

އެކަމަކު "އަދަދު" އަށް ކަށަވަރުވެފައިވާ ގޮތުގައި ކްރިމިނަލް ކޯޓުގެ ހުރިހާ ފަނޑިޔާރުންގެ ސެކިއުރިޓީ ވެސް ވަނީ މަތިކޮށްފަ އެވެ. ޝަރުއީ ދާއިރާގައި މަސައްކަތް ކުރާ އޮފިޝަލަކާއި ބައެއް އެހެނިހެން ފަރާތްތަކުން ވެސް މިކަން ކަށަވަރުކޮށްދެ އެވެ.

ކްރިމިނަލް ކޯޓުގެ ފަނޑިޔާރުން ފޯރުކޮށްދެމުންދިޔަ ސެކިއުރިޓީ ކުއްލި ގޮތަކަށް އިއްޔެ ވަރުގަދަ ކުރިއިރު، ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް މެއި 6، ގައި ބޮން ގޮއްވި ކަމަށް ތުހުމަތު ކުރެވޭ މީހުންގެ ޝަރީއަތް ފަށަން އޮތީ ހަމަޖެހިފަ އެވެ. ނަމަވެސް އެ އަޑުއެހުންތައް މިއަދަށް ބަދަލު ކުރީ އެވެ.

އޭގެ އިތުރުން، ފަނޑިޔާރުންގެ ސެކިއުރިޓީ ވަރުގަދަކޮށްފައި މި ވަނީ ޓެރަރިސްޓު ޖަމާއަތް އައިސިސްގެ ދިވެހިރާއްޖޭގެ ލީޑަރު މުހައްމަދު އަމީންގެ މައްޗަށް ދައުލަތުން އުފުލި ދެ ދައުވާ ބާތިލްކޮށް، ބުރާސްފަތި ދުވަހު އޭނާ މިނިވަންކޮށްފައި އޮއްވަ އެވެ.