Advertisement

ޔޫރަޕުގައި ކެންސަރު މަދު ކުރަން ރަލުގެ ޓެކްސް ބޮޑުކުރަން ލަފާ ދީފި

22 ސެޕްޓެންބަރު 2021 - 05:12 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ޑަބްލިއުއެޗްއޯގެ އޮފީސް.


ޔޫރަޕުގައި ކެންސަރު މަދު ކުރަން ރަލުގެ ޓެކްސް ބޮޑުކުރަން ލަފާ ދީފި

22 ސެޕްޓެންބަރު 2021 - 05:12 0

ކޯޕެންހޭގަން، ޑެންމާކް (ސެޕްޓެމްބަރު 20) - ކޮންމެ އަހަރަކު ކެންސަރު ޖެހިގެން ޔޫރަޕުން މަރުވާ 5،000 މީހުންގެ އަދަދު މަދު ކުރުމަށް ރަލުން ނަގާ ޓެކްސް ދެ ގުނަ އިތުރުކުރަން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ލަފާ ދީފި އެވެ.

ޑަބްލިއުއެޗްއޯގެ ޔޫރަޕް އޮފީހުން ބުނީ ރަލުގެ ބާވަތްތަކުގެ ނަގާ ޓެކްސް އިތުރު ކުރުމަކީ ކެންސަރު މަދު ކުރަން އެޅޭނެ އެންމެ މުހިއްމު އެއް ފިޔަވަޅު ކަމަށެވެ. އޭގެ ފައިދާ އެންމެ ބޮޑަށް ކުރާނީ ރަޝިއާ އަދި އިނގިރޭސި ވިލާތް ފަދަ ގައުމުތަކަށެވެ.

ޑަބްލިއުއެޗްއޯ އިން ބުނި ގޮތުގައި ރާ ބުއިމުގެ ސަބަބުން ތަފާތު އެކި ބާވަތްތަކުގެ ކެންސަރަށް މަގުފަހިވެ އެވެ. އޭގެ ތެރޭގައި އަނގައިގެ ކެންސަރާއި، ލިވާ އަދި އުރަމަތީގެ ކެންސަރު ވެސް ހިމެނެ އެވެ.

ޔޫރަޕުގައި ރަލުން ނަގާ ޓެކްސް ދެ ގުނަ މަތިކޮށްފި ނަމަ އަހަރަކު 10،700 އާ ކެންސަރު ކޭސް މަދުކުރެވޭނެ ކަމަށާއި 4،850 މީހުންގެ ފުރާނަ ސަލާމަތް ކުރެވޭނެ ކަމަށް ޑަބްލިއުއެޗްއޯ އިން ހަދާފައިވާ އަންދާޒާތަކުން ދައްކަ އެވެ.

ޑަބްލިއުއެޗްއޯ އިން ލަފާކުރާ ގޮތުގައި ރަލުގެ ސަބަބުން ކޮންމެ އަހަރަކު ވެސް 180،000 މީހުންނަށް ކެންސަރު ޖެހި، 85،000 މީހުން މަރުވެ އެވެ. ދެހާސް ވިހި ވަނަ އަހަރު ޔޫރަޕުން 4.8 މިލިއަން މީހުންނަށް ކެންސަރު ޖެހުނެވެ.