Advertisement

އުރީދޫ އާއި ހަޗިންސަން ގުޅި އިންޑޮނީޝިއާގައި ހިދުމަތް ދެނީ

21 ސެޕްޓެންބަރު 2021 - 17:53 0

އުދުމާ މަހްމޫދް

އުދުމާ މަހްމޫދް

އިންޑޯސެޓް އުރީދޫގެ ނަން މިހާރު ވަނީ އިންޑޯސެޓް އުރީދޫ ހަޗިސަން އަށް ބަދަލުކޮށްފަ އެވެ. -- ފޮޓޯ:އުރީދޫ


އުރީދޫ އާއި ހަޗިންސަން ގުޅި އިންޑޮނީޝިއާގައި ހިދުމަތް ދެނީ

21 ސެޕްޓެންބަރު 2021 - 17:53 0

ގަތަރުގެ އުރީދޫ އާއި ހޮންކޮންގެ ސީކޭ ހަޗިސަން ގުޅި ދެ ކުންފުނިން އިންޑޮނޭޝިއާގައި ފޯރުކޮށްދެމުން އައި ހިދުމަތް އެއް ކުންފުންޏެއްގެ ދަށުން ދޭން ފަށައިފި އެވެ.

ސީކޭ ހަޗިސަން ހޯލްޑިންސް ލިމިޓެޑަކީ މަލްޓިނޭޝަނަލް ކުންފުންޏެކެވެ. ކުންފުނީގެ އެކި ބްރާންޗުތައް 50 ގައުމެއްގައި ހުރެ އެވެ. އިންޑޮނޭޝިއާގައި އެކުންފުނިން ޓެލެކޮމިއުނިކޭޝަންގެ ހިދުމަތް ދެމުންދިޔައީ ހަޗިސަން 3 އިންޑޮނޭޝިއާ (އެޗް3އައި) ގެ ދަށުންނެވެ. އެޗް3އައި އަކީ 2007 ވަނަ އަހަރުން ފެށިގެން އިންޑޮނޭޝިއާގައި ޓެލޮކޮމިއުނިކޭޝަން ހިދުމަތް ދެމުން ދިޔަ ކުންފުންޏެކެވެ.

އުރީދޫ އާއި ހަޗިސަނުން އިންޑޮނޭޝިއާގައި ޓެލެކޮމިއުނިކޭޝަން ހިދުމަތް ފޯރުކޮށްދެމުން ދިޔަ ދެ ކުންފުނި އެއްކޮށްލައި މިހާރު ހިދުމަތް ދެނީ އިންޑޯސެޓް އުރީދޫ ހަޗިސަންގެ ނަމުގަ އެވެ.

އިންޑޯސެޓް އުރީދޫ ހަޗިސެން ކުންފުނި ވެގެން ގޮސްފައި މިވަނީ އިންޑޮނޭޝިއާގައި ޓެލެކޮމިއުނިކޭޝަން ހިދުމަތްދޭ ދެ ވަނަ އަށް އެންމެ ބޮޑު ކުންފުންޏަށެވެ. މި ކުންފުންޏަށް އަހަރަކު ތިން ބިލިއަން އެމެރިކާ ޑޮލަރު އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާކުރެ އެވެ.

އިންޑޯސެޓް އުރީދޫ އާއި އެޗް3އައިގެ ހިދުމަތްތައް ގުޅާލުމުން އެގައުމުގެ ރައްޔިތުންނަށް ފޯރުކޮށްދެމުންދިޔަ ހިދުމަތް އިތުރަށް ފުޅާކުރެވި ފުރިހަމަ ހިދުމަތެއް ދިނުމަށް މަގުފަހިވެގެންދާނެ އެވެ. އަދި މީގެ ސަބަބުން އިންޑޮނޭޝިއާގެ އިގުތިސާދު ކުރިއެރުމަށް އެހީތެރިވާނެ ކަމަށްވެސް ވަނީ ލަފާކޮށްފަ އެވެ.

އުރީދޫ ގްރޫޕްގެ މެނޭޖިން ޑިރެކްޓަރު އަޒިޒް އަލުތުމަން ވަނީ މި ދެކުންފުނި އެއްކޮށްލުމުގެ ސަބަބުން އުރީދޫ ގްރޫޕް އަދި އިންޑޯސެޓް އުރީދޫގެ ޝެއާހޯލްޑަރުންނަށް ބޮޑެތި ފައިދާތަކެއް ކުރާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި މި ނިންމުމަކީ ކުންފުނީގެ މުވައްޒަފުންނަށާއި ކަސްޓަމަރުންގެ އިތުރުން އިންޑޮނޭޝިއާއަށް ފައިދާ ހުރި ނިންމުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

މިއަހަރުގެ ފުރަތަމަ ކުއާޓާ ނިމުނު އިރު އިންޑޯސެޓް އުރީދޫން 60 މިލިއަން މޯބައިލް ކަސްޓަމަރުންނަށް ހިދުމަތްދޭ ކަމަށް ވަނީ ރިޕޯޓުކޮށްފަ އެވެ.

އުރީދޫ ގްރޫޕުން ދަނީ ރާއްޖޭގައި ވެސް އެކުންފުނީގެ ހިދުމަތްތައް ފޯރުކޮށްދެމުންނެވެ.