Advertisement

ކޮޕީ ގަހުގެ ފަތް ބޮޑުކުރަން ކާނާ ދިނުމާއި އަޖިނޮމޮޓޯ ބޭނުންކުރުން

22 ސެޕްޓެންބަރު 2021 - 07:08 4

އާމިނަތު އިބްރާހިމް

އާމިނަތު އިބްރާހިމް

ކޮޕީ ފަތެއް: އަޖިނޮމޮޓޯއަކީ ގަސްތަކަށް ރަނގަޅު ފަރުވާއެއް.


ކޮޕީ ގަހުގެ ފަތް ބޮޑުކުރަން ކާނާ ދިނުމާއި އަޖިނޮމޮޓޯ ބޭނުންކުރުން

22 ސެޕްޓެންބަރު 2021 - 07:08 4

ކޮފީ ގަހުގެ ފަތްތައް ކުދިކޮށް ހުންނަ ނަމަ ގަސް ދުޅަހެޔޮކޮށްދީ ފަތްތައް ބޮޑެތިކުރަން ދޭނީ ރޫޓް ބޫސްޓާ ނުވަތަ ރޫޓް ސްޓިމިއުލަންޓް އެވެ. ރޫޓް ސްޓިމިއުލަންޓްގެ ދެ ވައްތަރެއް ހުރެ އެވެ. އެއީ އޮގަނިކް ސްޓިމިއުލަންޓާއި އޮގަނިކް ނޫން، ސިންތެޓިކް ސްޓިމިއުލަންޓް އެވެ. ގަހަށް ދޭން އެންމެ ރަނގަޅު އޮގަނިކް އެއް ސްޓިމިއުލަންޓަކީ ސިފަމިން ބީ.ކޭ އެވެ.

އޮގަނިކް ދަނޑުވެރިކަމަށް ހިތްވަރުދީ، ދަނޑުވެރިން ބާރުވެރިކުރުވަން މަސައްކަތްކުރާ "ހުބާ ޕްލާންޓް" މޫވްމަންޓްގެ ފައުންޑާ ހުސައިން ޝަރީފު ވިދާޅުވާ ގޮތުން، ސިފަމިން ބީ.ކޭ ގަހަށް ޖަހާނަމަ، އެންމެ ރަނގަޅު މިންވަރަކީ، ދެ އެމްއެލް، އެއް ލިޓަރުގެ ފެނުގައި ކޮންމެ ހަފްތާއަކު އެއް ދުވަހު، ކޮޕީ ފަތް، ކެބެޖް ފަދަ މި އާއިލާގެ ގަސްތަކުގެ ބުޑަށް ދިނުމާ އެކު ހަފްތާއަކު އެއް ދުވަހު ފަތްތަކަށް ސްޕްރޭ ކުރުމެވެ. މިހެން ހެދުމުން ގަސް ރީތިކޮށްދޭނެ އެވެ.

"ހަމަ އެގޮތަށް ހުންނަ އޮގަނިކް ސީވީޑް ބޭސްޑް އެއްޗެއް ހުންނާނެ މެކްސި ކްރޮކް ކިޔާ ބާވަތެއް. މެކްސި ކްރޮކް ވެސް ހަމަ މިބުނި ރޭޓުން މި ބުނި ދެ ގޮތަށް ދެވިދާނެ،" ހުސައިން ވިދާޅުވި އެވެ.

"ދެން މި ހުންނަނީ، މާ ބޮޑު ހަރަދެއް، އުނދަގުލެއް ނުކޮށް އަހަރެމެންނަށް ބޭނުންކުރެވިދާނެ ޑީ.އައި.ވައި ސޮލިއުޝަނެއް. އެއީ އަޖިނޮމޮޓޯ، އަޖިނޮމޮޓޯ އަކީ ވެސް ވަރަށް ރަނގަޅު އެއްޗެއްގެ ގޮތުގައި ފާހަގަވެފައިވަނީ،"

އެހެންވީމަ މި ހިމަނާލަނީ ކޮޕީ ފަތް ގަހަށް އަޖިނޮމޮޓޯ ދޭނެ ގޮތެވެ.

ކޮޕީ ގަސް ހެއްދުމުގައި އަޖިނޮމޮޓޯ ބޭނުންކުރުން

އަޖިނޮމޮޓޯ ނުވަތަ އޭގެ ކެމިކަލް ނަމުން ނަމަ، މޯނޯ ސޯޑިއަމް ގުލޫޓަމޭޓަކީ މޫދުވިނައިގައި އެކުލެވޭ މާއްދާއަކުން ޖަޕާނުގެ ސައިންޓިސްޓަކު އުފެއްދި މިނަރަލް ކްރިސްޓަލް އެކެވެ.

މި މައުލޫ އަށް ޑރ ހަސަން ހަމީދު އޭނާގެ ބްލޮގުގައި ލިޔުއްވާފައިވާ އާޓިކަލް އެއްގައި ވިދާޅުވެފައިވަނީ، އަޖިނަމޮޓޯ ގަހަށް ޖެހުމާ ބެހޭ ހަގީގަތް ބަލައި ދިރާސާކުރުމުގެ ތެރޭގައި އެކި ފަރާތްތަކުން ކޮށްފައިވާ ސައިންސްގެ ތަހުގީގުތައް ފެނިފައިވާ ކަމަށެވެ. އެ ތަހުގީގުތަކަށް ބިނާކޮށް، އަޖިނަމޮޓޯ އަކީ ގަސްކާނާގެ ގޮތުގައި، ފަތްތަކަށް ބުރުއްސުމަށް ރަނގަޅު އެއްޗެއްކަން ޔަގީން ވި ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.

އަޖިނޮމޮޓޯ ގަހަށް ޖަހާނެ ގޮތް

އަޖިނަމޮޓޯ ޖެހުމަށް އެންމެ ރަނގަޅު ގޮތަކީ ފެނަށް ގިރުވާފައި ސްޕްރޭ ކުރެވޭ ފުޅިއަކަށް އަޅައިގެން ހަފްތާއަކު ތިން ވަރަކަށް ދުވަހު ގަސްތަކަށް ޖެހުމެވެ. އެންމެ ރަނގަޅު މިންވަރަކީ، ދޮޅު ލީޓަރު ނުަވަތަ 1.5 ލިޓަރު ފެނަށް 150 މިލިގްރާމްގެ އަޖިނަމޮޓޯ އެވެ. ގަހަށް ޖެހުމުގެ ކުރިން އަޖިނޮމޮޓޯ ފެނުގެ ތެރެއަށް ރަނގަޅަށް ގިރުވާލަންވާނެ އެވެ.

ބައެއް މީހުން ކޮޕީ ފަތް ގަހުގެ ބުޑަށް ވެސް އަޖިނޮމޮޓޯ އަޅަ އެވެ. އެކަމަކު ޑރ ހަސަން ވިދާޅުވާ ގޮތުން، އެންމެ ރަނގަޅު ގޮތަކީ ސްޕްރޭ ކުރުމެވެ.

އަޖިނޮމޮޓީ ގަހަށް ޖެހުމުން ގަހުގެ ފަތްތައް ބޮޑުވުމުގެ އިތުރަށް ފަތުގެ ގްރީމން ޕިގްމެންޓް އިތުރުކޮށްދީ، ރަހަ ވެސް މީރުކޮށްދެ އެވެ. އަނެއް ފައިދާ އަކީ، ވިޔަފާރިއަށް ފަތް ހައްދާ ނަމަ ފަތުގެ ބަރުދަން އިތުރުވުމުން ވިޔަފާރިއަށް ވެސް ރަނގަޅުވާނެ އެވެ.