Advertisement

ލަންކާއަށް ގެންދަން އުޅުނު 20 މިލިއަން ޑޮލަރުގެ ހެރޮއިން ހިފަހައްޓައިފި

20 ސެޕްޓެންބަރު 2021 - 12:06 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އިރާނުން ލަންކާއަށް ދަތުރު ކުރަމުން ދިޔަ ބޯޓު ހުއްޓުވީ އިންޑިއާގެ ކަމާ ބެހޭ އިދާރާތަކުން.


ލަންކާއަށް ގެންދަން އުޅުނު 20 މިލިއަން ޑޮލަރުގެ ހެރޮއިން ހިފަހައްޓައިފި

20 ސެޕްޓެންބަރު 2021 - 12:06 0

އަހްމަދުއާބާދު، އިންޑިއާ (ސެޕްޓެމްބަރު 19) - ވިހި މިލިއަން ޑޮލަރުގެ ހެރޮއިންއާ އެކު ސްރީ ލަންކާއަށް އެތެރެވާން އުޅުނު އީރާނުގެ ބޯޓެއް އިންޑިއާއިން ހިފަހައްޓައިފި އެވެ.

އިންޑިއާގެ ހުޅަނގު އައްސޭރިފަށާ ދިމާލުން ބޯޓު ހުއްޓުވައި އޭގައި ތިބި އީރާނުގެ ހަތް މީހުން ވަނީ ހައްޔަރުކޮށްފަ އެވެ. މަސްތުވާތަކެތި އަތުލައިގަތުމަށް ހާއްސަ އޮޕަރޭޝަން ހިންގީ ބޯޓުގެ ކްރޫއަށް ފޮނުވަމުން ދިޔަ މެސެޖުތައް އަޑުއަހައިގެންނެވެ.

ގުޖަރާތުގެ ޓެރަރިޒަމާ ދެކޮޅު ފުލުހުންގެ ވެރިޔާ ހިމާންޝޫ ޝުކްލާ ވިދާޅުވީ ބޯޓު ދަތުރު ކުރަމުން ދިޔައީ އެ ސްޓޭޓާ 180 ނޯޓިކަލް މޭލު ދުރުން އީރާނުން ފުރައިގެން ލަންކާއަށް ކަމަށެވެ.

"ބެލެވޭ ގޮތުގައި ބަރުދަނުގައި 30 ކިލޯއަށް ވުރެ ގިނަ ހެރޮއިން އެ ބޯޓުން އުފުލި. އެއީ ބައިނަލްއަގްވާމީ މާކެޓުގައި 20 މިލިއަން ޑޮލަރު،" ޝުކްލާ ވިދާޅުވި އެވެ.

އެ ބޯޓު ހިފަހައްޓާފައި ވަނީ އިންޑިއާގެ ކޯސްޓުގާޑާއި ގުޖަރާތު ސްޓޭޓުގެ ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގަ އެވެ.

އީރާނުން ފުރައިގެން، ރާއްޖެ ހިމެނޭ ގޮތަށް، މި ސަރަހައްދުގެ ގިނަ ގައުމުތަކަށް މަސްތުވާތަކެތި ސްމަގްލް ކުރާ ބޯޓުތައް މީގެ ކުރިން ވެސް ހިފަހައްޓާފައި ވެ އެވެ.