Advertisement

މި ހަފްތާގައި ބަލަން ސަޅި ފަހެއް

20 ސެޕްޓެންބަރު 2021 - 06:20 0


މި ހަފްތާގައި ބަލަން ސަޅި ފަހެއް

20 ސެޕްޓެންބަރު 2021 - 06:20 0

މަނީ ހައިސްޓް އެއްކޮށް ބަލައި ނިމިއްޖެނަމަ ދެން ބަލަންވީ ހުކުރު ދުވަހު ރިލީޒްކުރި ސެކްސް އެޑިއުކޭޝަން ގެ ސީޒަން ތިނެކެވެ. ފުރާވަރު ކުދިންތަކެއް އުޅޭ މި ސިޓްކޮމް އަކީ ސީޒަން އެކަކުން ފެށިގެން ވެސް ނެޓްފްލިކްސް ބަލާ މީހުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދި ސީރީޒެކެވެ. މި ސީރީޒަށް މޫޑު ނެތް ނަމަ، އެޕަލް ޓީވީ ޕްލަސްގެ "ދަ މޯނިންގް ޝޯ" އަކީ ވެސް ސަޅި އޮޕްޝަނަކަށް ވާނެ އެވެ. މިއީ ވެސް ގިނަ ބަޔަކަށް ކަމުދާ ޓީވީ ޝޯ އެކެވެ.

މި ހިމަނާލަނީ މި ހަފްތާގައި ނެޓްފްލިކްސް އިން އަދި، ޑައުންލޯޑް ކޮށްގެން ބެލިދާނެ ބައެއް ރީތި ފިލްމު/ޓީވީ ޝޯ ގެ ލިސްޓެކެވެ.

ޝިމީ


މިއީ 20 މިނިޓްގެ ކުރު އެހެނަސް މުހިއްމު ރީތި މެސެޖެއް ދޭ ފިލްމެކެވެ. ދިޝާ ނޮޔޯނިކާ ރިންދާނީ އާއި ގުނީތު މޮންގާ ޑައިރެކްޓު ކޮށްފައިވާ މި ފިލްމުގައި ދައްކުވައިދެނީ ބައްޕަ އާއި އެކު އެކަނި ދިރިއުޅެމުން އަންނަ ފުރާވަރުގެ އަންހެންކުއްޖެއްގެ ހަޔާތުގައި ދިމާވާ ކަންތައްތަކެކެވެ. ފުރާވަރަށް އަޅަމުން އަންނަ އަންހެން ދަރިފުޅަށް ކިޔައިދޭންޖެހޭ އެކި އެކި ކަންތައްތައް ބުނެދޭން އެކަނި ބައްޕަޔަކު ކުރާ މަސައްކަތް ފިލްމުގައި ގެނެސްދީފައިވެ އެވެ.

އަންކަހީ ކަހާނިޔާ


އެއް ސީރީޒެއްގައި ތަފާތު ވާހަކަތައް ހިމަނާފައިވާ މި އެންތޮލޮޖީގައި މިފަހަރު ގެނެސްދެނީ ތަފާތު ތިން ވާހަކަ އެކެވެ. އަޝްވިނީ އައްޔަރު ތިވާރީ އާއި އަބިޝެކް ޗައުބޭ އާއި ސަކޭތު ޗައުދަރީ ޑައިރެކްޓުކޮށްފައިވާ މި ސީރީޒްގެ ތިން ލޯބީގެ ވާހަކައިގައި ވަރި އާއި ހިތާމަ އާއި އެކަނިވެރިކަން ފަދަ އާންމު ދިރިއުޅުމުގެ އިހުސާސްތަކަށް އަލިއަޅުވާލާފައިވެ އެވެ.

ސެކްސް އެޑިއުކޭޝަން 3


ފުރާވަރު ކުދިންތަކެއް އުޅޭ މި ސިޓްކޮމް އަކީ ސީޒަން އެކަކުން ފެށިގެން ވެސް ނެޓްފްލިކްސް ބަލާ މީހުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދި ސީރީޒެކެވެ. މި ސީރީޒްގެ މެއިން ލީޑް އަކީ އޯޓިސް މިލްބާން ނަމަކަށް ކިޔާ ކެރެކްޓާ އެކެވެ. ފިލްމުގެ ކާސްޓުން ދެން ފެންނަ ކުދިންނަކީ އޯޓިސްއާ އެކު އެއް ސްކޫލެއްގައި ކިޔަވާ ކުދިންނެވެ.

ފްރީ ގާއި


ރައިން ރެނޯލްޑް ބޭންކުގައި ވަޒީފާ އަދާކުރާ މީހެއްގެ ރޯލުން ފެންނަ މި ފިލްމުގައި އޭނާގެ ކެރެކްޓާ އަކީ ވީޑިއޯ ގޭމެއްގެ ތެރޭގައި އުޅޭ ގޭމުގެ އެއްވެސް ޓާސްކެއްގައި އުޅެން ނުޖެހޭ ކެރެކްޓާއެކެވެ. އޭނާ އަށް ވާނުވާ އެނގެން ފަށާ ހިސާބުން ހިނގާ ހެއްވާ މަޖާ ކަންތައްތަކެއް ފިލްމުގައި ދައްކުވައިދެ އެވެ.

ފިލްމުގެ ތަރިންގެ ތެރޭގައި "ކިލިން އީވް" ގެ ތަރި ޖޯޑި ކޯމާ ވެސް ހިމެނެ އެވެ. ފިލްމުގައި ޑައިނޮސޯރާއި ބަޑިޖަހާ ބަނީ އެއް ވެސް އުޅެ އެވެ. ރޮޓެން ޓޮމާޓޯ ރޭޓިން ގައި 80 ޕަސެންޓް ސްކޯ ކޮށްފައިވާ މި ފިލްމަކީ ވެސް ހަފްތާ ތެރޭގައި ބަލައިލަން ސަޅި ފިލްމަކަށް ވާނެ އެވެ.

ދަ މޯނިން ޝޯ 2


ކެރީ އެރީން ގެނެސްދޭ މި ޑްރާމާގައި އޭ ލިސްޓް ތަރިންތަކެއް ބައިވެރިވެ އެވެ. އޭގެ ތެރޭގައި ޖެނިފާ އެނިސްޓަން، ރީޒް ވިދަސްޕޫން އަދި ސްޓީވް ކެރެލް ހިމެނެ އެވެ.

ޝޯގެ މައިގަނޑު ވާހަކަ ބިނާކޮށްފައި ވަނީ ސީއެންއެންގެ ސީނިއާ ނޫސްވެެރިޔާ އަދި "ރިލަޔަބަލް ސޯސް" ގެ ހޯސްޓް ބްރަޔަން ސްޓެލްޓާޒް 2013 ގައި ގެނެސްދިން ނޮން-ފިކްޝަން ވާހަކަ "ޓޮޕް އޮފް ދަ މޯނިން" ގައި ކިޔައި ދީފައިވާ ބައެއް ހާދިސާތަކެވެ. އޭގައި ކިޔައިދެނީ ބޮޑު ވާދަވެރިކަމެއް އޮތް އެންބީސީގެ "ޓްޑޭ" ޝޯ އާއި އޭބީސީގެ "ގުޑް މޯނިން އެމެރިކާ" ގެ ވާހަކަ އެވެ.