Advertisement

ހަމަށް އަޅާލުމާއި ހަޔާތަށް ސަން ލޯޝަން ބޭނުންވާ ސަބަބުތައް

19 ސެޕްޓެންބަރު 2021 - 09:45 0

އާމިނަތު އިބްރާހިމް

އާމިނަތު އިބްރާހިމް


ހަމަށް އަޅާލުމާއި ހަޔާތަށް ސަން ލޯޝަން ބޭނުންވާ ސަބަބުތައް

19 ސެޕްޓެންބަރު 2021 - 09:45 0

"އަދަދު" ގައި ވަރަށް ފަހުން ލިޔުނު އާޓިކަލް އެއްގައި ވާނީ ގާތްގަނޑަކަށް ސަތޭކަ ވަރަކަށް ކިލޯ އިން ފަންސާސް ކިލޯ އަށް ހަށިގަނޑު ހިއްކާލައި ބައްޓަން ރީތިކޮށްލުމާ އެކު ހަންގަނޑުގެ ޝާއްބަކަން އިތުރުކޮށްދީ ކުލަ އާއި ޓެކްސްޗާ ދެމެހެއްޓުމުގައި ސަން ލޯޝަން ކުޅުނު ދައުރުގެ ވާހަކަ އާމިނަތު އިހުސާނާ ގެ ދުލުން ކުރުކޮށް ގެނެސްދީފަ އެވެ.

ގާތްގަނޑަކަށް 12 ވަރަކަށް އަހަރު ދުވަހު އެންމެ ދުވަހެއް ވެސް ވައްޓާނުލައި ސަން ލޯޝަން ބޭނުންކުރުމުން ހަންގަނޑުގެ ކުލަ އާއި ޓެކްސްޗާ އަށް އައިސްފައިވާ ޕޮޒިޓިވް ބަދަލު ފާހަގަކޮށްފައި، އިހުސާނާ ކިޔައިދިނީ ސަން ލޯޝަން ނުވަތަ ސަން ބްލޮކް އޭނާގެ ހަޔާތުގައި ކުޅޭ ރޯލުގެ މުހިއްމު ކަމެވެ.

"ޗައިނާ އަށް ބަދަލުވެ، އެ މާހައުލުގައި އުޅެން ފެށި ހިސާބުން ދުވަސްކޮޅެއް ވީތަނާ މޫނާއި އަތް ތަންތަނުގެ ހަންގަނޑު ވަރަށް ބޮޑަށް ކުރަކިވެފައި ހުންނަ ތަންތަނުން ލޭ އަންނަ ވަރަށް ހަންގަނޑު ހަލާކުވާން ފެށި. ޑޮކްޓަރަށް ދެއްކުމުން އެކަމުގެ އެންމެ ރަނގަޅު ހައްލަކަށް ދިނީ ސަން ބްލޮކް،" އޭގެ ފަހުން އެންމެ ދުވަހަކު ވެސް ސަން ބްލޮކް "ސްކިޕް" ނުކޮށްލާ ކަމަށް އޭނާ ބުންޏެވެ.

އިހުސާނާ ގަބޫލުކުރާ ގޮތުގައި ސަން ބްލޮކް ބޭނުންކުރުމުގެ ސަބަބުން އެތައް ގޮތަކުން އޭނާގެ ހަންގަނޑު ދުޅަހެޔޮ ކޮށްދިނެވެ. ކުރިން ނަގާ ގޮތަށް ބިހު ނުނެގުމާއި އިރުގެ ދޯދިތަކުން ދުވަސްވާ ވަރަށް ހަމުގައި ޖައްސާ ރޫ މަދުކޮށްދިނުމުގެ އިތުރުން ހަންގަނޑުގެ ކުލަ އެއްވަރުކޮށް ހިފަހައްޓައިދޭ ކަމަށް ބުންޏެވެ.

އެހެންކަމުން "ސަން ބްލޮކް" އިން ހަމަށް ލިބުނު ދުލަހެޔޮކަމާ އެކު އޭނާގެ ހަޔާތަށް އައި ޕޮޒިޓިވް ބަދަލަކީ "ސެލްފް ކޮންފިޑެންސް" އިތުރުވުމެވެ.

އެހެންވީމާ ސަން ބްލޮކް މުހިއްމުވަނީ ކޮންމެހެން ހަމައެކަނި ޕިކްނިކް ދާއިރު އެކަންޏެއް ވެސް ނުނެވެ.

އީކުއޭޓަރު މެދުގައި އޮންނަ ރާއްޖެއަކީ އަހަރު އެއްކޮށް ހޫނު ގައުމެކެވެ. އިރުގެ ސީދާ ދޯދިތައް ހަމަށް އެޅުމުން ލިބޭ ގެއްލުންތަކުން އަބަދުވެސް ހަންގަނޑުގެ ރައްކާތެރިކަމަށް ކޮންމެވެސް އެއްޗެއް ގެންގުޅުން މުހިއްމެވެ. ނުވަތަ ސަން ލޯޝަން ބޭނުންކޮށްގެން އެލާޖިކް ވާނަމަ އެންމެ ކުޑަވެގެން އާފްޓާ-ޓްރީޓްމަންޓެއް ނަމަވެސް ތައްޔާރުކޮށްގެން ބޭނުންކުރުން މުހިއްމެވެ.

މި ހިމަނާލަނީ ސަން ބްލޮކް ބޭނުން ނުކުރެވޭ މީހުންނަށް އިރުގެ ދޯދިތަކުން ލިބޭ ގެއްލުމުންނ ހަންގަނޑު ރައްކާތެރިކުރުމަށް ކުރެވިދާނެ ދެ ކަމެކެވެ.

"އެންމެ މޮޅީ އެލޮވެރާ"

ހަމުގެ ކަންކަމަށް އެލޮވެރާ ވަރެއް ހަމަ ނޯންނާނެ އެވެ. ހާއްސަކޮށް ސަން-ބާން އަށް އެލޮވެރާ އަކީ ހަމަ ބެސްޓެވެ. އެލޮވެރާ އިން، ހަންގަނޑުގައި އުފެދިފައި ހުންނަ ދިލަ ކުޑަކޮށްދޭނެ އެވެ. އަދި ހަންގަނޑަށް ފިނިކަން ގެނެސްދޭނެ އެވެ.

"ފޭސް މާސްކް ވެސް ޓްރައިކޮށްލުން ރަނގަޅު"

އަވީގައި ޖެހިގެން އެންމެ ބޮޑަށް ކަޅުވާނީ މޫނެވެ. ޗުއްޓީ ނިމޭއިރު ވެސް މޫނުގެ ކުލަ ބައެއް ފަހަރު ކުރީގެ ކުލައަށް ބަދަލު ނުވެ ހުރެދާނެ އެވެ. އެކަމަކު މިއަށްވުރެ ބޮޑަށް ވިސްނަންވީ އަވިން އަނދައިގެން މޫނުން ހަނފޮޅުން ކަހަލަ ކަންކަން ހުއްޓުވޭތޯ އެވެ. އެހެންވީމާ އަވީގަ އުޅެލާފަ އައިސް ކިއުކަމްބާ، ފަޅޯ ކަހަލަ ބާވަތުން ހަދާ ފޭސް މާސްކް ބޭނުންކުރެވިދާނެ އެވެ. މިއިން ހަންގަނޑު އަރާމުކޮށް ބަހައްޓަދޭނެ އެވެ. އަދި ސެލްތައް ތާޒާކޮށްލަދޭނެ އެވެ.