Advertisement

ފިޔަވަތީގައި ހަމަނުޖެހުން ބޮޑުވެ, ރޯކޮށްލައިފި

17 ސެޕްޓެންބަރު 2021 - 20:04 1

ފިޔަވަތީގެ ފުރާޅުމަތީ ކުދިންތަކެއް: އެތަނުގައި މިރޭ ވަނީ ހުޅު ޖަހާފައި


ފިޔަވަތީގައި ހަމަނުޖެހުން ބޮޑުވެ, ރޯކޮށްލައިފި

17 ސެޕްޓެންބަރު 2021 - 20:04 1

ހުޅުމާލޭގައި ދައުލަތުން ކުޑަކުދިން ބަލަހައްޓަމުން އަންނަ ފިޔަވަތީގައި ހަމަނުޖެހުންތައް ބޮޑުވެ, އެންމެ ފަހުން އެ ތަނުގައި ހުޅު ޖަހައިފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ހަމަނުޖެހުން ބޮޑުވެފައިވަނީ އެތަނުގައި ތިބި ފިރިހެން ކުދިން ބޭރަށް ދިޔަ ނުދީ ހިފަހައްޓާތީ, އެކަމާ ހިތްހަމަނުޖެހިގެންނެވެ.

ހިތްހަމަނުޖެހުންތައް ބޮޑުވެ, މިރޭ އެންމެ ފަހުން ފިޔަވަތީގައި ތިބި ކުދިން ވަނީ އެ ތަނުގައި ރޯކޮށްލާފަ އެވެ. ނަމަވެސް, އެއްވެސް ކުއްޖަކަށް އަނިޔާއެއްވެފައެއް ނުވެ އެވެ.

އަދި, އަލިފާންގަނޑު ފެތުރިގެން ނުދަނީސް އެތަނުގެ މުވައްޒަފުންނާއި ފުލުހުން ގުޅިގެން ވަނީ އެ ނިންވާލާފަ އެވެ.

ސިފައިންގެ ފަޔާ އެންޑް ރެސްކިޔު އަދިވެސް އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދެ އެވެ. ހަމަނުޖެހުން މައިތިރި ނުކުރެވޭތީ, ފުލުހުން ވެސް ސަރަހައްދުގައި އެބަ ތިއްބެވެ.

އެ އިމާރާތަށް ވެސް އެކި ގެއްލުންތައް ދީފައިވާއިރު, އިއްޔެއިން ފެށިގެން ފިޔަވަތީގެ ފުރާޅުމަތީގައި ކުދިން އުޅޭ މަންޒަރު ފެންނަ ވީޑިއޯތައް ދިޔައީ އާންމުވަމުންނެވެ. އެ ކުދިން އެ ތަނުން ބޭލެމަށް މަސައްކަތް ކުރިޔަސް ދިޔައީ ނުކިޔަމަންތެރިކަން ދައްކަމުންނެވެ.

ފުރާމަތީގައި އެކި އުމުރުގައި ކުދިން ތިބިއިރު, އެ ކުދިން މަސައްކަތް ކުރަމުން ދަނީ އެ ތަނުން ފިލުމަށެވެ. މިހާރު ވެސް ބައެއް ކުދިން ފުރާމަތީގައި ތިބިއިރު އެތަނުގެ މުވައްޒަފުންނާއި ފުލުހުން އަންނަނީ އެ ކުދިން ކިޔަމަންކުރުމަށް މަސައްކަތް ކުރަމުންނެވެ.

ނަމަވެސް, ފުރާޅުމަތީ ތިބި އެކި އުމުރުފުރާގެ ކުދިން ގޮވަމުން ދަނީ ތަނުގެ އުސޫލުތައް ބަދަލުކުރުމުން ނޫނީ ތިރިއަށް ނުފައިބާނެ ކަމަށެވެ.

އެ ސަހަރައްދަށް ގިނަ އަދަދެއްގެ އާންމުން ވެސް އެއްވެފައިވާއިރު, އެމީހުން ވެސް އެ ކުދިންނަށް ވިސްނައިދިނުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ.

މީގެކުރިން ވެސް ކުޑަކުދިންގެ ހިޔާގައި މިފަދަ ހަމަނުޖެހުންތައް ހިނގަ އެވެ. އެގޮތުން, ވިލިމާލޭގައި ހުންނަ ހިޔާގައި ވެސް އެކި ފަހަރު މަތިން ރޯކޮށްލާފައިވެ އެވެ.