Advertisement

އައިފޯން 13: އެންމެ ހާއްސަ ކަމަކީ ކޮބާ؟

15 ސެޕްޓެންބަރު 2021 - 18:55 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އެޕަލް އިން ލޯންޗު ކުރި އައިފޯން 13 ގެ އެންމެ ހާއްސަ އެއް ފީޗާއަކީ ޕޯޓްރެއިޓް މޯޑުގައި ވީޑިއޯ ކުރެވުން.


އައިފޯން 13: އެންމެ ހާއްސަ ކަމަކީ ކޮބާ؟

15 ސެޕްޓެންބަރު 2021 - 18:55 0

"ޑެޕްތު އޮފް ފީލްޑް އިފެކްޓާ" އެކު ޕޯޓްރެއިޓް މޯޑުގައި ވީޑިއޯ ކުރެވޭ އެޕަލްގެ އާ އައިފޯން 13 ލޯންޗުކޮށްފި އެވެ.

އެޕަލް އިން ބުނީ މުޅިން އަލަށް ވީޑިއޯއަށް ތައާރަފު ކުރި ޕޯޓްރެއިޓް ސިނެމަޓިކް މޯޑުގައި "ފްރޭމްގެ ތެރެއަށް މީހަކު ވަދެއްޖެ ނަމަ އެ މީހަކަށް ކެމެރާ ފޯކަސް ކުރާނެ" ކަމަށެވެ. އެ ފީޗާގެ ނަމަކީ "ޕުލް ފޯކަސް" އެވެ.

އައިފޯން 13 ގައި ހިމެނޭ އެންމެ ހާއްސަ ފީޗާއަކީ ވީޑިއޯ ސިނެމަޓިކް މޯޑް.


އެޕަލްގެ ސީއީއޯ ޓިމް ކުކް ވިދާޅުވީ ވީޑިއޯ ޝޫޓު ކުރުމަށް ފަހު އެ އިފެކްޓު އެޑިޓު ކުރެވޭ ގޮތަށް މިހާތަނަށް ތައްޔާރުކޮށްފައިވާ ހަމައެކަނި ސްމާޓްފޯނަކީ އައިފޯން 13 ކަމަށެވެ.

އެހެން ނަމަވެސް، އައިފޯން 13 ގައި ހިމެނޭ އެހެން ގިނަ ފީޗާތަކަކީ ކުރީގެ އައިފޯންތަކުގައި ވެސް ހިމެނޭ ފީޗާތަކުގެ އަޕްޑޭޓުތަކެކެވެ.

އެޕަލްގެ ޑިވައިސްތަކުގައި ހިމެނޭ ސެކިއުރިޓީ މައްސަލައެއްގެ ހަބަރާ ހެދި އައިފޯން 13 ލޯންޗު ކުރުމުގެ އިވެންޓަށް އޮތީ ހިޔަނި އެޅިފަ އެވެ. ރިޕޯޓުތައް ބުނާ ގޮތުން ސެކުއިރިޓީ މައްސަލައަކާ ހެދި އެޕަލް ޑިވައިސްތަކުގައި ހުންނަ މެސެޖުތައް ހާމަވުމުގެ ފުރުސަތު އެބަ އޮތެވެ.

އެޕަލް ޑިވައިސްތައް ބޭނުން ކުރާ މީހުން ނުރައްކާތެރި ލިންކެއް ނުވަތަ ފައިލެއް ނުހުޅުވި ނަމަވެސް ހެކް ކުރާ މީހުންނަށް އައިމެސެޖު ސާވިސްއަށް ވަދެ މީހުންގެ މެސެޖުތައް ބެލިދާނެކަން ވަނީ ހާމަވެފަ އެވެ. އެހެންވެ، އެޕަލް އިން ވަނީ އެކަން ހައްލު ކުރަން ހޯމަ ދުވަހު "ސެކިއުރިޓީ ޕެޗެއް" ރިލީޒްކޮށްފަ އެވެ.

އާ ފީޗާތައް

އައިފޯން 13 ގައި ކުރީގެ ފޯންތަކަށް ވުރެ ހަލުވި އޭ15 ޗިޕަކާއި، ކުރިއަށް ވުރެ އަލިގަދަ ޑިސްޕްލޭއެއް އަދި ކުރިއަށް ވުރެ 2.5 ގަޑިއިރު އިތުރަށް ބެޓެރީގެ ބާރު ހިފަހައްޓާނެ އެވެ. އޭގެ އިތުރުން މި ފޯނު ތައާރަފު ކުރީ އާ ކުލަތަކާ އެކު އެވެ. އެއީ ފިޔާތޮށި، ނޫ، މިޑްނައިޓް، ސްޓާލައިޓް އަދި ރަތް ކުލަ އެވެ.

އައިފޯން 13 ނެރުނީ ތަފާތު ފަސް ކުލަޔަކުން.


އައިފޯން 13 ގައި 500 ޖީބީގެ ސްޓޯރޭޖް ހުންނާނެ އެވެ. ކުރީގެ މޮޑެލްތަކުގައި އެންމެ ކުޑަ ސްޓޯރޭޖެއްގެ ގޮތުގައި ހުރީ 64 ޖީބީ އެވެ. ނަމަވެސް މި ފޯނުގައި ވަނީ 128 ޖީބީއަށް މަތިކޮށްފަ އެވެ.

އެޕަލް އިން ބުނީ ތިމާވެއްޓާ ރައްޓެހިކޮށް ފޯނު ތައްޔާރު ކުރުމަށް ވިސްނި ކަމަށެވެ. އެގޮތުން އައިފޯން 13 ގެ އެންޓެނާ ލައިންތައް އުފެއްދީ ޕްލާސްޓިކް ފުޅިންނެވެ.

އައިފޯން 13 އާއެކު އައިފޯން 13 މިނީ، ޕްރޯ އަދި ޕްރޯ މެކްސް ވެސް ވަނީ ލޯންޗުކޮށްފަ އެވެ.

އައިފޯން 13 ޕްރޯ އާއި ޕްރޯ މެކްސްގައި ތިން ކެމެރާ ހިމެނެ އެވެ. އެޕަލް އިން ބުނާ ގޮތުގައި އެއީ އެ ކުންފުނިން މިހާތަނަށް ލޯންޗުކުރި އެންމެ އެޑްވާންސްޑް ކެމެރާ ސިސްޓަމް އެވެ.

އައިފޯން 13 ގެ އަގުތައް

  • އައިފޯން 13 - 799 ޑޮލަރު
  • އައިފޯން 13 މިނީ - 699 ޑޮލަރު
  • އައިފޯން ޕްރޯ - 999 ޑޮލަރު
  • އައިފޯން ޕްރޯ މެކްސް - 1،099 ޑޮލަރު