Advertisement

ނަފްރަތުގެ ބިލަކީ ރައީސަށް ދޭން އުޅުނު ލަނޑެއް، ސަލާމަތް ކޮށްދިނީ އަޅުގަނޑު: ގާސިމް

15 ސެޕްޓެންބަރު 2021 - 00:12 0

އަހުމަދު ސާއިލް އަލީ

އަހުމަދު ސާއިލް އަލީ

ގާސިމް އިބްރާހިމް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ސަލާމް ކުރައްވަނީ-- ފޮޓޯ: ރައީސް އޮފީސް


ނަފްރަތުގެ ބިލަކީ ރައީސަށް ދޭން އުޅުނު ލަނޑެއް، ސަލާމަތް ކޮށްދިނީ އަޅުގަނޑު: ގާސިމް

15 ސެޕްޓެންބަރު 2021 - 00:12 0

މުސްލިމަކީ ކާފަރެއް ކަމަށް ބުނުމާއި ވަކި މީހަކީ ދީނާ ދެކޮޅު މީހެއް ކަމަށް ބުނުން އެއީ ޖިނާއީ ކުށަކަށް ހަދަން ހުށަހެޅި ބިލަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދޭން އުޅުނު ލަނޑެއް ކަމަށާއި އެކަމުން އެމަނިކުފާން ސަލާމަތް ކުރެއްވީ އޭނާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިރޭ ވިދާޅުވެއްޖެ އެވެ.

ނަފްރަތުގެ އަމަލު ހިންގުން ކުށަކަށް ހަދައި، އާންމު ތަންތަނުގައި މީހުން ކާފަރު ކުރުމާއި ދީނާ ދެކޮޅު މީހެއް ކަމަށް ތުހުމަތު ކުރުމާއި އަގީދާއާ ގުޅުވައި ނަފްރަތުގެ އަމަލު ހިންގުން ކުށަކަށް ހަދައި ގާނޫނުލް އުގޫބާތަށް ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން އިސްލާހެއް ހުށަހެޅުމާއެކު ޖުމްހޫރީ ޕާޓީންނާއި ގާސިމް ވެސް ވަނީ އެކަން ނުކުރަން ސަރުކާރަށް ގޮވައިލައިފަ އެވެ.

ޖުމްހޫރީ ޕާޓީއަށް ގިނަ އަދަދެއްގެ މެމްބަރުން ސޮއިކޮށް ފޯމް ހަވާލު ކުރުމަށް މިރޭ އެ ޕާޓީގެ ޖަގަހާގައި ބޭއްވި ޖަލްސާއެއްގައި ގާސިމް ވިދާޅުވީ ނަފްރަތުގެ ބިލް ސަރުކާރުން ހުށަހަޅާފައި އޮއްވައި އެއްވެސް ސިޔާސީ ލީޑަރަކު ވެސް އަދި ދީނީ ބޭފުޅަކު ވެސް އެކަމުގެ ކަންބޮޑުވުން ފާޅު ނުކުރައްވަނީސް އެކަން ކުރެއްވީ އޭނާ ކަމަށެވެ.

"އަޅުގަނޑު ބުނީ ހެޔޮ ނުވާނޭ މިކަން ކުރާކަށެއް. އަޅުގަނޑު އެއް ބަޔާން ދީފައި އަދި އަނެއް ބަޔާން ދީފައި. ޕާޓީގެ ފަރާތުން ބަޔާން ނެރުނު ފަހުން އޭގެ އެތައް ހަފްތާއެއްހާ ދުވަސް ފަހުން އެހެން ބޭފުޅުންނަށް މިކިޔާ އެއްޗެއް ރޭކާލާ ހިސާބަށް ދިޔައީ ވެސް،" ގާސިމް ވިދާޅުވި އެވެ.

ހިސާން ހުށަހެޅުއްވި އެ ބިލާ މެދު ސިޔާސީ ޕާޓީތަކާއި ދީނީ އިލްމުވެރިންނާއި އާއްމުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ނަމަވެސް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީގެ ބައެއް މެމްބަރުން އެ ބިލް ފާސް ކުރުމަށް ޕްރެޝަރު ކުރި އެވެ. ނަމަވެސް ޕްރެޝަރުތަކާއެކު އެ ބިލް އިސްލާހު ކުރަން ޖެހޭ ކަމަށް ރައީސް ވެސް ވިދާޅުވި އެވެ.

ގާސިމް މިރޭ ވިދާޅުވީ ކޯލިޝަނެއްގެ ތެރެއިން މަސައްކަތް ކުރެއްވި ނަމަވެސް ނުވަތަ ކޯލިޝަނަކާ ނުލައި މަސައްކަތް ކުރެއްވި ނަމަވެސް ހައްގު ބަސް ވިދާޅުވުން ނުހުއްޓަވާނެ ކަމަށެވެ. ޑިމޮކްރަސީ ރާއްޖެ ގެނައުމަށް އެންމެ ބުރަ މަސައްކަތެއް ކުރައްވައި އެންމެ ބޮޑު ގުރުބާނީއެއްވީ ވެސް އޭނާ ކަމަށް ގާސިމް ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީން ވަކިވެ، އާ ސިޔާސީ ޕާޓީއެއް އުފެއްދުމަށް މަސައްކަތް ކުރައްވަމުން އަންނަ ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމާއި ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒަށް މިރޭ ވެސް ގާސިމް ވަނީ ފާޑުވިދާޅުވެފަ އެވެ. އެ ދެބޭފުޅުން ސިޔާސީ ދާއިރާއަށް ނެރުއްވުމަށް ކުރެއްވި ކަންކަން ހަނދާން ކޮށްދެއްވައި ގާސިމް ވިދާޅުވީ އެ ބޭފުޅުން ލަދުގަންނަން ޖެހޭ ކަމަށެވެ.