Advertisement

އޮގަސްޓް ނިމުނު އިރު ދައުލަތުގެ ފައިނޭންޝަލް ލަޔަބިލިޓީ 24 ބިލިއަން ރުފިޔާގައި

14 ސެޕްޓެންބަރު 2021 - 11:56 3

އުދުމާ މަހްމޫދް

އުދުމާ މަހްމޫދް

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ އިމާރާތް. -- ފޮޓޯ: ހުސައިން ޝަޔާހް/ އަދަދު


އޮގަސްޓް ނިމުނު އިރު ދައުލަތުގެ ފައިނޭންޝަލް ލަޔަބިލިޓީ 24 ބިލިއަން ރުފިޔާގައި

14 ސެޕްޓެންބަރު 2021 - 11:56 3

ދިވެހި ދައުލަތުގެ ފައިނޭންޝަލް ލަޔަބިލިޓީގެ ޖުމުލަ އަދަދު 24.1 ބިލިއަން ރުފިޔާ އަށް އަރާފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހާމަކޮށްފި އެވެ.

ދައުލަތުގެ ފައިނޭންޝަލް ލަޔަބިލިޓީގެ ތެރޭގައި ފޮރިން ކަރަންސީ ފައިނޭންޝަލް ލަޔަބިލިޓީ އަދި ލޯކަލް ކަރަންސީ ފައިނޭންޝަލް ލަޔަބިލިޓީ ހިމެނެ އެވެ.

މިތަފާސް ހިސާބުތައް ހާމަކޮށް އެމްއެމްއޭ އިން ނެރުނު އޮގަސްޓު މަހުގެ ސްޓޭޓްމެންޓް އޮފް ފައިނޭންޝަލް ޕޮޒިޝަން ދައްކާ ގޮތުން މިދިޔަ މަހުގެ 31 ގެ ނިޔަލަށް ދައުލަތުގެ ފައިނޭންޝަލް ލަޔަބިލިޓީގެ ތެރެއިން ފޮރިން ކަރަންސީ ފައިނޭންޝަލް ލަޔަބިލިޓީ އަކީ 11.2 ބިލިއަން ރުފިޔާ އެވެ. އަދި ލޯކަލް ކަރަންސީ ފައިނޭންޝަލް ލަޔަބިލިޓީ އަކީ 12.9 ބިލިއަން ރުފިޔާ އެވެ.

މީގެ އިތުރުން ޕެންޝަނާއި އެހެނިހެން ޕޭޔަބަލްސް އަދި ޑިފާޑް ގްރާންޓްްސް ވެސް ދައުލަތުގެ ލަޔަބިލިޓީގެ ތެރޭގައި ހިމެނެ އެވެ. އެގޮތުން އަހަރުގެ މިހާތަނަށް ޕެންޝަނާއި އެހެނިހެން ޕޭޔަބަލްސް އަދި ޑިފާޑް ގްރާންޓްްސްގެ ލަޔަބިލިޓީ ހުރީ 31.5 މިލިއަން ރުފިޔާގަ އެވެ.

ދައުލަތުގެ އެސެޓްސް 24.9 ބިލިއަން ރުފިޔާގައި ހުރިއިރު އޭގެ ތެރެއިން ފައިނޭންޝަލް އެސެޓްސްގެ ޖުމުލަ އަކީ 24.6 ބިލިއަން ރުފިޔާ އެވެ. އެއީ ފޮރިން ކަރަންސީ ފައިނޭންޝަލް އެސެޓްސްގެ ގޮތުގައި ހުރި 14.5 ބިލިއަން ރުފިޔާ އާއި ލޯކަލް ކަރަންސީ ފައިނޭންޝަލް އެސެޓްސްގެ ގޮތުގައި 10.1 ބިލިއަން ރުފިޔާ އެވެ.

އެމްއެމްއޭގެ ތަފާސްހިސާބުތައް ދައްކާގޮތުން އޮގަސްޓު މަހު ދައުލަތުގެ ފައިނޭންޝަލް ލަޔަބިލިޓީގެ އިތުރުން އެސެޓްސް ވެސް ވަނީ ޖުލައި މަހާ އަޅާ ބަލާއިރު އިތުރުވެފަ އެވެ. އެގޮތުން ޖުލައި މަހު ފައިނޭންޝަލް ލަޔަބިލިޓީ 23.4 ބިލިއަން ރުފިޔާގަ ހުރި އިރު، އެސެޓްސް ހުރީ 24.1 ބިލިއަން ރުފިޔާގަ އެވެ.