Advertisement

މެލޭޝިއާގެ ސަރުކާރުން އިދިކޮޅު ކޯލިޝަނާއެކު އެއްބަސްވުމަކަށް

14 ސެޕްޓެންބަރު 2021 - 05:22 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

މެލޭޝިއާ ބޮޑު ވަޒީރާއި އިދިކޮޅު ލީޑަރު އެއްބަސްވުމުގައި ސޮއިކުރައްވަނީ.-- ފޮޓޯ: އޭއެފްޕީ


މެލޭޝިއާގެ ސަރުކާރުން އިދިކޮޅު ކޯލިޝަނާއެކު އެއްބަސްވުމަކަށް

14 ސެޕްޓެންބަރު 2021 - 05:22 0

ކުއަލަ ލަމްޕޫރު، މެލޭޝިއާ (ސެޕްޓެމްބަރު 13) - މެލޭޝިއާ އަށް ކުރިމަތިވެފައިވާ ސިޔާސީ ހަލަބޮލިކަން ހަމައަކަށް އެޅުވުމުގެ ގޮތުން ސަރުކާރާއި އިދިކޮޅު ކޯލިޝަނުން އެއްބަސްވުމަކަށް އައިސްފި އެވެ.

ސަރުކާރުން އެއްބަސްވީ ގިނަ އިސްލާހީ ބަދަލުތަކެއް ގެނައުމަށެވެ. އިދިކޮޅު އެއްބަސްވީ ސަރުކާރަށް އެއްބާރުލުން ދިނުމަށެވެ. މި އެއްބަސްވުމަށް އައިސްފައި ވަނީ އިސްމާއިލް ސަބްރީ, ބޮޑުވަޒީރު ކަމަށް ވަޑައިގެންނެވިތާ މަހެއް ވެސް ނުވެގެން އުޅެނިކޮށެވެ.

އާ ސަރުކާރުން މަސައްކަތް ފެށުމާއެކު ސިޔާސީ ހަލަބޮލިކަން މަޑުޖެހި، ކޮވިޑް ބަލިމަޑުކަމަށް އިސްކަންދޭން ފަށާނެ ކަމުގެ ނިޝާންތައް ދަނީ ފެންނަމުންނެވެ.

ބޮޑު ވަޒީރު ސަބްރީ އާއި އިދިކޮޅު ލީޑަރު އަންވަރު އިބްރާހިމް އެއްބަސްވުމުގައި ސޮއިކުރެއްވީ ހޯމަ ދުވަހު އޮތް ޕާލިމެންޓު ބައްދަލުވުމުގަ އެވެ. މިއީ އާ ސަރުކާރު އައި ފަހުން ބޭއްވި ފުރަތަމަ ޕާލިމެންޓު ބައްދަލުވުމެވެ.

ބޮޑު ވަޒީރު ސަބްރީ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ސަރުކާރާއި އިދިކޮޅުން ސޮއިކުރި "އުއްމީދުގެ އެއްބަސްވުމަކީ" ތާރީހީ އެއްބަސްވުމެއް ކަމަށެވެ.

އެ އެއްބަސްވުމުގައި ހިމެނޭ ކަންކަމުގެ ތެރޭގައި ކޮވިޑާ ދެކޮޅަށް މަސައްކަތް ކުރުމާއި، ޕާލިމެންޓަށް އިސްލާހު ގެނައުމާއި، ޖުޑިޝަރީގެ މިނިވަންކަން ޔަގީންކުރުން ހިމެނެ އެވެ. ނަމަވެސް އޭގެ ތަފްސީލް އަދި ހާމައެއް ނުކުރެ އެވެ.

ބޮޑު ވަޒީރު ސަބްރީ ކުރިން ވެސް ވަނީ ޕާލިމެންޓަށް ބޮޑެތި އިސްލާހުތަކެއް ގެނައުމަށް ހުށަހަޅުއްވާފަ އެވެ. އެގޮތުން ޕާޓީ ބަދަލުކުރުން ހުއްޓުވުމުގެ ގާނޫނެއް ތައާރަފު ކުރުމާއި، ބޮޑު ވަޒީރުގެ ދައުރު 10 އަހަރަށް ކުޑަ ކުރުން ފަދަ ކަންކަން ހުށަހެޅުއްވި އެވެ.

މި ވަގުތު ޕާލިމެންޓުގައި ބޮޑު ވަޒީރަށް ލިބިވަޑައިގަންނަވަނީ ވަރަށް ކުޑަ މެޖޯރިޓީ އެކެވެ. އެހެންކަމުން އިދިކޮޅާއެކު އެއްބަސްވުމަކަށް އައުމުން ޕާލިމެންޓު ތެރޭގައި މަސައްކަތް ކުރަން ފަސޭހަވާނެ އެވެ.

ޕާލިމެންޓު ޖަލްސާ ފެށުމުގެ ގޮތުން ރަސްގެފާން ސުލްތާން އަބްދުﷲ ސުލްތާން އަހްމަދު ޝާހް ވިދާޅުވީ "ހުރިހާ ފަރާތްތަކެއް ހިމެނޭ ގޮތަށް މުޅިން އާ ސިޔާސީ މަންޒަރެއް ކުރެހުމަށް ކުރަމުންދާ މަސައްކަތް ބަލައިގަންނަ" ކަމަށެވެ.